Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޒިމްބާބުވޭ

ތޮއްޖެހިފައިވާ ޖަލުތަކަށް ލުޔެއް ދޭން ޒިމްބާބުވޭގައި 3،000 ކުށްވެރިން މިނިވަންކޮށްފި

ހުކުމް ތަންފީޒު ނުކޮށް 10 އަހަރު ޖަލުގައި ތިބި މީހުންނަށް މަރުގެ އަދަބު ތަންފީޒު ނުކުރާ ގޮތަށް ވަނީ ނިންމަވާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 22 މާރިޗު 2018 | ބުރާސްފަތި 16:19
ރައީސް ނަންގަގްވާ

ރައީސް ނަންގަގްވާ

ޒިމްބާބުވޭގެ ތޮއްޖެހިފައިވާ ޖަލުތަކަށް ލުޔެއް ދިނުމުގެ ގޮތުން އެގަައުމުގެ ރައީސް އެމަސަން ނަންގަގްވާ މަދުވެގެން 3،000 ކުށްވެރިންނަށް މައާފުދެއްވައިފިއެވެ.

މި އަފޫއާންމުގެ ދަށުން މުޅި އުމުރަށް ޖަލުހުކުމް ތަންފީޒުކުރަމުންދާ އަންހެނުން ފިޔަވައި ހުރިހާ އަންހެނުންނާއި ހާއްސައެހީއަށް ބޭނުންވާ މީހުންނާއި އަދި ކުޑަކުދިން މިނިވަންވާނެއެވެ. މީގޭ އިތުރުން ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުންދާ ގައިދީންގެ އިތުރުން އުމުރުން 60 އަހަރުން މަތީގެ ގައިދީންގެ ތެރެއިން ޖަލު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވާ ގައިދީން ވެސް މިނިވަން ވާނެއެވެ.

ރައީސް ނަންގަގްވާ ޒިމްބާބްވޭގެ ތޮއްޖެހިފައިވާ ޖަލުތަކަށް ލުޔެއް ދިނުމުގެ ގޮތުން 3000 ކުށްވެރިއަކަށް މައާފުދެއްވުމާ ގުޅިގެން ޒިމްބާބުވޭގެ ޕްރިޒަންސް އެންޑް ކަރެކްޝަނަލް ސާވިސް (ޒެޑްޕީސީއެސް) އިން ނެރުނު ބަޔާނެއްގައި ބުނީ "ޒިމްބާބުވޭގެ ގާނޫއަސާސީގެ ތަރަހައިގެ ތެރެއިން ގައިދީންނަށް އަފޫއާންމު ދީފައިވާ" ކަމަށެވެ. ބަޔާނުގައި އިތުރަށް ބުނީ މިކަމުގެ ސަބަބުން ޒިމްބާބުވޭގެ ޖަލު އަބާދީ 1700 އަށް ދަށްވެގެން ދާނެ ކަމަށެވެ. މަރަން ހުކުމްކޮށް އެކަމަކު ހުކުމް ތަންފީޒު ނުކޮށް 10 އަހަރު ޖަލުގައި ތިބި މީހުންނަށް މަރުގެ އަދަބު ތަންފީޒު ނުކުރާ ގޮތަށް ރައީސް ނަންގަގްވާ ނިންމަވާފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި އެ މީހުންގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ލުއިކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ. ޒިމްބާބުވޭގައި އެންމެ ފަހުން މީހަކަށް މަރުގެ އަދަބު ދީފައި ވަނީ 2005 ވަނަ އަހަރު ކަމަށް ވާއިރު ރައީސް ނަންގަގްވާއަކީ މަރުގެ އަދަބު ދިނުމާ ދެކޮޅަށް ވަރަށް ހަރުއަޑުން ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

އިތުރަށް ކިޔާލަން

21 ޖޫން 2017

ޤަތަރާއިމެދު ފިޔަވަޅު އެޅި ޤައުމުތަކުން އެކަންކުރި ސަބަބު ހާމަކޮށްދޭން ޖެހޭ: އެމެރިކާ

21 ޖޫން 2017
ޤަތަރާއިމެދު ފިޔަވަޅު އެޅި ޤައުމުތަކުން އެކަންކުރި ސަބަބު ހާމަކޮށްދޭން ޖެހޭ: އެމެރިކާ
21 ޖޫން 2017

ބެލްޖިއަމްގެ ރޭލު ސްޓޭޝަނެއްގައި ޖާނުންފިދާ ވެގެން ބޮމުގެ ހަަމަލާ ދޭން އުޅުނު މީހަކު ފުލުހުން މަރާލައިފި

21 ޖޫން 2017
ބެލްޖިއަމްގެ ރޭލު ސްޓޭޝަނެއްގައި ޖާނުންފިދާ ވެގެން ބޮމުގެ ހަަމަލާ ދޭން އުޅުނު މީހަކު ފުލުހުން މަރާލައިފި
28 މެއި 2017

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި
22 މެއި 2017

ސުލްހަ ހޯދައިދޭން ޓްރަމްޕް ފަލަސްތީނާއި އިޒްރާއީލަށް!

22 މެއި 2017
ސުލްހަ ހޯދައިދޭން ޓްރަމްޕް ފަލަސްތީނާއި އިޒްރާއީލަށް!
11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު