Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކަޕިލް ޝަރްމާ ޝޯވ

ކަޕިލް ޝަރްމާ ޝޯވ: ރިޝީ އާއި އިރުފާންގެ އެޕިސޯޑް ރީ ޓެލެކާސްޓް ކުރަނީ

3 މެއި 2020 | އާދީއްތަ 15:41

މި އެޕިސޯޑްތައް ދައްކާނީ ސޮނީ ޓީވީ އިން

އައިޝަތު ޝާން
އައިޝަތު ޝާން | 3 މެއި 2020 | އާދީއްތަ 15:41

ކަޕިލް ޝަރްމާ ޝޯވ އިން ހަނދާން އާކުރުމުގެ ގޮތުން މި ހަފްތާ ބަންދުގައި އިރްފާން ޙާން އާއި ރިޝީ ކަޕޫރުގެ އެޕިސޯޑްތައް ރީ ޓެލެކާސްޓް ކުރަން ނިންމައިފިއެވެ.

މި އެޕިސޯޑްތައް ދައްކާނީ ސޮނީ ޓީވީ އިންނެވެ. ބޮލީވުޑްގެ މަޝްހޫރު ތަރި އިރްފާން ޙާން ބުދަ ދުވަހު ނިޔާވެފައިވާއިރު ޖެހިގެން އައި ދުވަހު ރިޝީ ކަޕޫރު ވެސް ވަނީ މުމްބައިގެ ހޮސްޕިޓަލެއްގައި ނިޔާވެފައެވެ.

އިރްފާން ނިޔާވެފައި ވަނީ މުމްބާއީގެ ކޮކީލާބެން ދިރުއަމްބާނީ ހޮސްޕިޓަލުގައި ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އުމުރުން 53 އަހަރުގެ އިރްފާނު ނިޔާވީ ހޮސްޕިޓަލުގެ އައީސީޔޫގައި ފަރުވާ ހޯދަމުން ގެންދަނިކޮށެވެ. އިރުފާން ނިޔާވެފައިވަނީ ކެންސަރާ ހަނގުރާމަ ކުރަމުން އަންނަނިކޮށެވެ. އިރްފާން އަށް ކެންސަރު ޖެހުނުކަން އިނގުނީ 2018 ވަނަ އަހަރުގައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ރިޝީ ވެސް ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށެވެ.

އެހެންކަމުން ކަޕިލް ޝަރްމާ ޝޯވްގެ ޕްރޮޑިއުސަރުން ވަނީ އެ ދެ ތަރިންގެ އަގުވަޒަންކޮށް ހަނދާން އާ ކުރުމުގެގޮތުން އެ ދެ ތަރިންގެ ޝޯވ އަލުން އެއަރ ކުރަން ނިންމާފައެވެ. މިކަން ކަށަވަރުކޮށްދެމުން އެކްޓަރު އަދި ކޮމޭޑިއަން ކިކޫ ޝަރްދާ ވަނީ 2 ޓްވީޓެއް ކޮށްފައެވެ.

ޓްވީޓްގައި ކިކޫ ބުނީ މި ދެ ތަރިންގެ ހަނދާން ކުރުމުގެގޮތުން މި ހަފްތާ ބަންދުގައި ޝޯވތައް ދައްކާނެ ކަމަށެވެ. އަދި ދެ ތަރިންވެސް ވަރަށް ހަނދާންވާ ކަމަށް 2 ޓްވީޓްގައި ވެސް ކިކޫ ބުނެފައިވެއެވެ. އަދި ރިޝީ ކަޕޫރުގެ އެޕިސޯޑްގައި އޭނާގެ ލޯބިވާ އަންހެނުން ނީތޫ ކަޕޫރު ވެސް ފެނިގެންދާނެ ކަމަށް ބުންޏެވެ.

މި ދެ އެޕިސޯޑް ވެސް ހޮނިހިރު އަދި އާދީއްތަ ދުވަހުގެ ރޭގަނޑު އިންޑިއާ ގަޑިން 21:00 ގައި އެއަރ ކުރެވޭނެ އެވެ.

މީގެ އިތުރުން ވެސް ކީކު ވަނީ އިރްފާން ޙާން އެންމެ ފަހުން ފެނިގެންދިޔަ "އަންގްރޭޒީ މީޑިއަމް"ގެ ސެޓުގައި އިރްފާން ޙާން އާއި އެކު ނަގާފައިވާ ފޮޓޯ އެއް ރީ ޓްވީޓް ކޮށްފައެވެ. ރީ ޓްވީޓް ކުރަމުން ކީކު ބުނީ އިރްފާން ޙާން އާއި އެކުވަގުތުކޮޅެއް ހޭދަ ކޮށްލަން ފުރުސަތު ލިބުމުން ވަރަށް އުފާވާކަމަށެވެ. މިއީ ކިކޫގެ ފޭނަކު ކޮށްފައިވާ ޓްވީޓެކެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

3

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
31 ޖެނުއަރީ 2017

"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ

31 ޖެނުއަރީ 2017
"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ
08 ޖެނުއަރީ 2017

"ހައިވާނަކަށް" ނުވަނީސް ކޮންމެ މީހަކުވެސް އެމީހެއްގެ ފިރިހެން ދަރިން ސަލާމަތްކުރޭ: އަނުޝްކާ ޝަރްމާ

08 ޖެނުއަރީ 2017
 "ހައިވާނަކަށް" ނުވަނީސް ކޮންމެ މީހަކުވެސް އެމީހެއްގެ ފިރިހެން ދަރިން ސަލާމަތްކުރޭ: އަނުޝްކާ ޝަރްމާ
07 ޖެނުއަރީ 2017

ޒިންމާ ނަގަން ޖެހޭނީ ޝޯވގެ ޕްރޮޑިއުސަރުން، އެ މީހުން ބޭނުންވީ މަރާޔާ ކެރީ ފެއިލްވާން: ޓީމް

07 ޖެނުއަރީ 2017
ޒިންމާ ނަގަން ޖެހޭނީ ޝޯވގެ ޕްރޮޑިއުސަރުން، އެ މީހުން ބޭނުންވީ މަރާޔާ ކެރީ ފެއިލްވާން: ޓީމް
07 ޖެނުއަރީ 2017

އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި

07 ޖެނުއަރީ 2017
އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް