Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާފުށީ ކައުންސިލަށް ނަސޭހަތްތެރިވުން

ކ. މާފުއްޓަށް ދިޔަ މީހަކު ރަށަށް ނޭރުވި މައްސަލައިގައި އެލްޖިއޭއިން އެރަށު ކައުންސިލަށް ނަސޭހަތްތެރިވެއްޖެ

3 މެއި 2020 | އާދީއްތަ 00:47

ޤާނޫނާ ޤަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ނުކުރުމަށާއި ކައުންސިލުން ކަންކަން ނިންމާއިރު އެކަމަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު ކަށަވަރުކުރުމަށް ވަނީ އަންގާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 މެއި 2020 | އާދީއްތަ 00:47
ކ. މާފުށި - ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ރަށަށް އަނބުރާ ދިޔަ މީހަކު ނޭރުވި މައްސަލައިގައި އެލްޖީއޭއިން ވަނީ އެ ރަށު ކައުންސިލަށް ނަސޭހަތްތެރިވެފައި

ކ. މާފުށި - ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ރަށަށް އަނބުރާ ދިޔަ މީހަކު ނޭރުވި މައްސަލައިގައި އެލްޖީއޭއިން ވަނީ އެ ރަށު ކައުންސިލަށް ނަސޭހަތްތެރިވެފައި

ކަރަންޓީން މުއްދަތު ހަމަކުރުމަށްފަހު ކ.މާފުއްޓަށް ދިޔަ މީހަކު ރަށަށް ނޭރުވި މައްސަލައިގައި ލޯކަލް ގަވަރމެންތް އޮތޯރިޓީން މާފުށީ ކައުންސިލަށް ނަސޭހަތްތެރިވެއްޖެއެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީން މާފުށީ ކައުންސިލަށް ނަސޭހަތްތެރިވެފައިވާ ކަމަށް މި މައްސަލަ އެލްޖީއޭއަށް ހުށަހެޅި ފަރާތަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޤާނޫނާ ޤަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ނުކުރުމަށާއި ކައުންސިލުން ކަންކަން ނިންމާއިރު އެކަމަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު ކަށަވަރުކުރެވިފައި ނުވާނަމަ ނުވަތަ ސުވާލު އުފެދޭފަދަކަމެއް އޮތްނަމަ އެކަމެއްގައި އަތޮޅު ކައުންސިލާއި އެލްޖީއޭގެ ލަފާ ހޯދުމަށް އަންގާ އެ އޮތޯރިޓީން މާފުށީ ކައުންސިލަށް ނަސޭހަތްތެރި ވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އިންޑިއާއިން އައުމަށްފަހު ކަރަންޓީންގައި 14 ދުވަސް ހަމަކުރުމަށްފަހު ކޮވިޑް-19 ގެ ޓެސްޓް ނެގެޓިވް ވުމުން މާފުއްޓަށް ދިޔަ އަންހެނަކު ރަށަށް ނާރުވާ އެރަށު ކައުންސިލުން އިންޒާރު ދީފައިވަނީ ހުކުރު ދުވަހުއެވެ.

މި މައްސަލައާއި ގުޅިގެން އެ އާއިލާއިން ބުނެފައިވަނީ މާފުއްޓަށް ނާރުވާ އިންޒާރު ދީފައިވާ މީހާއަކީ އިންޑިއާއިން އައިސް މަޑިވަރުގައި ކަރަންޓީން ފުރިހަމަކޮށް ކޮވިޑް-19 އަށް ނެގެޓިވްވީމަ ދޫކޮށްލާފައިވާ ފަރާތެއް ކަމަށެވެ. އަދި އެ މީހާ ބޭނުންވީ ކުދިން ކައިރިއަށް ކ. މާފުއްޓަށް ދިއުމަށް ކަމަށާއި، ކޮވިޑް-19 ގެ ނެގެޓިވްވި ނަތީޖާ ކައުންސިލް ރައީސް އުސްމާން ރަޝީދު އަށް ފޮނުވާފައިވާނެ ކަމަށެވެ.

އަދި އެމްއެންޑީއެފް، އެންއީއޯސީ އަދި އެޗްޕީއޭއިން ހުއްދަ ދިނުމުން އެމްއެންޑީއެފް ލޯންޗްގައި މާފުއްޓަށް ދިއުމުން އެމްއެންޑިއެފް ލޯންޗް ކައިރި ކުރިޔަ ނުދީ ކައުންސިލް ރައީސް އުސްމާން ރަޝީދު އިސްވެ ހުރެ ހަޑި ހުތުރު ބަހުން މުއާލަމާތްކޮށް ރަށަށް އަރައިފިނަމަ ފައި ބިންދާލާފަ މޫދަށް އެއްލާލާނެ ކަމުގެ އިންޒާރު ދިން ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނަ އިރު ޑިރެކްޓަރ ޖެނެރަލް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ނެރުއްވާފައިވާ އަމުރާ ހިލާފަށް ބައެއް ކައުންސިލްތަކުން ހަރުކަށިކޮށް އަމަލުކުރަމުންދާ ކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ވަނީ އަންގަވާފައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް