Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންމެ ބޮޑު ކްލަސްޓަރ ފެނުނީ ބާޒާރުމަތިން

އެންމެ ބޮޑު ކްލަސްޓަރ އޮތީ މާލޭ ބާޒާރުމަތީގައި

ބާޒާރު މަތިން ފެނުނު ކްލަސްޓާގައި މިހާތަނަށް 40 މީހަކު ވަނީ ޕޮޒިޓިވްވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 އެޕްރީލު 2020 | ހޯމަ 12:19
މާލޭގެ ދަތުރުވެރިންގެ މާކެޓް ހުންނަ ބާޒާރު ސަރަހައްދު - މި ސަރަހައްދަކީ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި އެއްތަން

މާލޭގެ ދަތުރުވެރިންގެ މާކެޓް ހުންނަ ބާޒާރު ސަރަހައްދު - މި ސަރަހައްދަކީ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި އެއްތަން

ކޮވިޑް-19 ގެ އިތުރު ކޭސްތަކެއް މާލެއިން ފެނިފައިވާ އިރު، މިހާތަނަށް ފެނުނު އެންމެ ބޮޑު ކްލަސްޓަރ އޮތީ މާލޭގެ ބާޒާރުމައްޗާއި ގުޅިފަައިކަމަށް ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ބާޒާރުމަތީގެ ކްލަސްޓަރއަކީ އެންމެ ގިނަ ޢަދަދެއްގެ މީހުން ހިމެނޭ ކްލަސްޓަރ ކަމަށާއި، ކުރިޔަށް އޮތް ހަފުތާއެއްގެ ތެރޭގައި އިތުރު ފެސިލިޓީސްތައް މާލެއިން ބޭރުން ޤާއިމުކޮށް މިޞަރަޙައްދުތަކުގައި މަސައްކަތްކުރާ ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާނެ ކަމަށެވެ.

ޢަލީ ވަހީދު ވިދާޅުވީ ބާޒާރުމަތީގައި މަސައްކަތްކުރާ ބިދޭސީން ނިދަނީ ކޮންތަނެއްގައި ކަންވެސް ކުންފުނިތަކަށްވެސް ނޭނގޭ ބިދޭސީން އެބަތިބި ކަމަށާއި، މި ބޭދީސީންނަށް ޢާންމު ޙާލަތެއް ހޯދާ އަދި މާލެ މިކަމުން ސަލާމަތްކުރުމަށްޓަކައި ކުރެވެން ހުރިކަމެއް ސަރުކާރުން ކުރައްވާނެ ކަމަށެވެ.

އަދި ގުޅީ ފަޅުގަޔާއި ވިލިވަރުގައި އަދި ހުޅުމާލޭގައި ޤާއިމުކުރާ އިތުރު ކަރަންޓީނު ފެސިލިޓީތައް ޑޮކްޓަރުންގެ ލަފަޔަކާއެކު ގައިދުރުކަން ބެހެއްޓުމަށްފަހު ބިދޭސީން މާލެއިން މިޞަރަޙައްދުތަކުން ސިފައިންނާއި ފުުލުހުންނާއި އެހެން މިނިސްޓްރީ ގުޅިގެން ބޭރު ކުރުމުގެ މަސައްކަތްކުރާނެ ކަމަށެވެ.

މީގެ އިތުރުން މި މަސައްކަތުގައި އެމީހުންގެ އިންސާނީ ޙައްޤުތައް ކަށަވަރުވޭތޯ ޔަޤީންކުރައްވާނެ ކަމަށާއި، އެމީހުން ދިރިއުޅޭ ޙާލަތަށްވުރެ ރަގަނޅު ޙާލަތުގައި ކަންކަންކުރެވޭތޯ މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބާޒާރު މަތިން ފެނުނު ކްލަސްޓަރގައި މިހާތަނަށް 40 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އިތުރު އެތައްސަތޭކަ މީހަކު ކޮންޓެކްޓްސްގެ ތެރޭގައި ފާހަގަ ކުރެވިފައިވެއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު