Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

އަވަހަށް ލީގު ފަށަން ސްޕެއިން ސަރުކާރު ދެކޮޅު

27 އެޕްރީލު 2020 | ހޯމަ 11:53

ސްޕެނިޝް ލީގު ވަނީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 އެޕްރީލު 2020 | ހޯމަ 11:53
ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ ސްޕެނިޝް ލީގުގެ ކުޅުން ކައިރި މުސްތަގުބަލެއްގައި ފަށަން ހުއްދަ ދޭން ސްޕެއިންގެ ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

ކޮވިޑް-19 ގެ ނުރައްކާ ޔޫރަޕަށް ބޮޑުވާން ފެށުމާއެކު، އޭގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަ އެއް ގައުމަކީ ސްޕެއިނެވެ. ސްޕެއިންގައި މިހާތަނަށް ކޮވިޑް-19 އަށް ދެ ލައްކަ އަށް ވުރެން ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، އެ ގައުމުން 23،000 އަށް ވުރެން ގިނަ މީހުން ވަނީ މި ވައިރަސް ޖެހިގެން މަރުވެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސްޕެނިޝް ލީގު މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައިވާއިރު، ސްޕެނިޝް ލީގު މެއި މަހު ފަހުކޮޅު ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެކަމަކު އެކަމަށް ސްޕެއިންގެ ސަރުކާރުން ދެކޮޅެވެ.

ސްޕެއިނުގެ ސަރުކާރުގެ ތަރުޖަމާނާ ހަވާލާދީ ސްޕެއިނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އަވަހަށް ލީގު ފެށޭނެ ފުރުސަތެއް އަދި ނެތެވެ. އަދި މިހާރު އޮތް ހާލަތުން މީހުން އެއްވެ އުޅޭ އެއްވެސް ހަރަކާތެއް ބޭއްވުމަށް ހުއްދަ ނުދެވޭނެ ކަމަށާއި، އެކަންކަމާ މެދު ވިސްނާނާނީ ހާލަތު ރަނގަޅުވުމުން ކަމަށް ތަރުޖަމާނާ ހަވާލާދީ ސްޕެއިން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމަކު ދާދި ފަހިން ސްޕެނިޝް ލީގުގެ ކްލަބުތަކަށް ވަނީ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ދޭން ލަލީގާ އާއި ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން އެއްބަސްވެފައެވެ. އަދި މި ހުއްދަ ދިނީ، އެ ގައުމުގެ ހެލްތު މިނިސްޓްރީން ކަނޑއަޅާފައިވާ ގަވާއިދުތަކުގެ ދަށުން ފަރިތަކުރުންތަކުގައި އަމަލުކުރުމަށް އިލްތިމާސް ކުރުމަށްފަހު އެވެ. އެގޮތުން ފަރިތަކުރުންތަކުގައިވެސް ކުޅުންތެރިން ހަރަކާތްތެރުވާން ޖެހޭނީ އިޖުތިމާއީ ގައިދުރުކަމުގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އަވަހަށް ލީގު ފަށަން ސްޕެއިން ސަރުކާރު ދެކޮޅު ނަމަވެސް، ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަންގެ ވިސްނުން ހުރީ ފުޓްބޯޅަ ސީޒަން ފުރިހަމަކުރާށެވެ. އަދި ސީޒަން ފުރިހަމަ ކުރަން ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އެލްއެފްޕީން ވަނީ ޔުއެފާ އަށް ދީފަ އެވެ.

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

5

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް