Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކަރަންޓީނު ފެސިލިޓީތަކުން ލިބޭ ކާބޯތަކެތި

ކަރަންޓީނު ފެސިލިޓީތަކުން ކާންލިބޭ ތަކެތީގެ ބަހުސްގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް

ކަރަންޓީނު ފެސިލިޓީތަކުގައި ހުރި ރޫމްތައް ސަރުކާރުން ނަގާފައި އެވަނީ ރޫމަކަށް ދުވާލަކު 750 ރުފިޔާގެ ރޭޓުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 26 އެޕްރީލު 2020 | އާދީއްތަ 14:05
ރާއްޖޭގެ ކަރަންޓީނު ފެސިލިޓީތަކުން ކާންދޭތަކެތި ކަމަށް ބުނެ ބައެއް މީހުން ޕޯސްޓްކޮށްފައިވާ ކާތަކެތި

ރާއްޖޭގެ ކަރަންޓީނު ފެސިލިޓީތަކުން ކާންދޭތަކެތި ކަމަށް ބުނެ ބައެއް މީހުން ޕޯސްޓްކޮށްފައިވާ ކާތަކެތި

ކޮވިޑް-19 ރާއްޖެއިން މަރޗް މަހުގެ 7 ވަނަ ދުވަހު ފެނުމާއެކު ކަރަންޓީނު ފެސިލިޓީތަކުގެ ވާހަކަތައް ފެންމަތިވި އެވެ. އަވަސްކަމާއެކު ފެތުރެމުންދާ ބައްޔަށް ޝައްކުކުރެވޭ ފަދަ އަލާމާތްތައް ހުންނަ މީހުންނާއި އެވައިރަސްއަށް ހުށަހެޅިފައި ހުރެދާނެ ކަމަށް ގަބޫލު ކުރެވޭފަދަ ހާލަތެއްގައި ތިބި އެންމެން ކަރަންޓީނު ފެސިލިޓީތަކަށް ގެންދަން ޖެހޭއިރު އެކަން ކުރެވޭނެ ތަނެއް ނެތެވެ. އެއާއެކު ސަރުކާރުން އަވަސްވެ ގަތީ އާންމު ރައްޔިތުން ދިރިނޫޅޭ ތާކު ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރާށެވެ.

އެންމެ ފުރަތަމަ ކަރަންޓީނު ފެސިލިޓީ ގާއިމުކުރުމަށް މަޝްވަރާކުރި އެއްތަނެއްގެ ގޮތުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެ ފައިވަނީ މާލެ ކުރިމަތިން މިއޮތް އެސްޓިއޯގެ ތެޔޮ ރައްކާ ކުރާ ރަށް ފުނަދޫ އެވެ. މީގެއިތުރުން ހުޅުމާލޭގެ މަރުކަޒަކާއި ރިޔާސީ ރަށް ކ. އާރަށްވެސް ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް ނިންމިއެވެ. ނަމަވެސް އެންމެ ފަހުން ރާއްޖޭގެ ރިސޯޓްތައް ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރެވި އެވާހަކަ ދުނިޔޭގެ ހެޑްލައިންތަކުންވެސް ޖާގަ ހޯދިއެވެ.

ނަމަވެސް އޭރުވެސް ކަރަންޓީނު ފެސިލިޓީތަކުގައި ތިބޭ މީހުން ދައްކަމުންދިޔަ ވާހަކަ އެއް އޮތެވެ. އެއީ އެތަނުން ލިބޭ ކާއެއްޗެހީގެ ވާހަކަ އެވެ. އެކަމާމެދު ހިތްހަމަ ނުޖެހި އެތަންތަނުގައި ތިބި ބައެއް މީހުން ސޯޝަލް މީޑިޔާއަށް ޝުއޫރުތައް ބަންޑުން ކޮށްލަމުން ދިޔައިރު އާންމުންގެ ގިނަ މީހުން ބުނާ އެއް ވާހަކައަކީ އެވަރުވެސް ލިބޭކަމަށް ޝުކުރުނުކުރަނީ ކީއްވެ ހެއްޔެވެ؟ ގޭގައި ކާންހުންނަނީ ހަމަ އެފެންވަރުގެ ކާތަކެތި ހެއްޔެވެ؟ އޭގެ ޖަވާބުގައި މިކަމާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ އޮންނަނީ ވަރަށް ސީދާ ޖަވާބެކެވެ. އެޖަވާބަކީ ކަރަންޓީނު ފެސިލިޓީތަކުގައި ހުރި ރޫމްތައް ސަރުކާރުން ނަގާފައި އެވަނީ ރޫމަކަށް ދުވާލަކު 750 ރުފިޔާގެ ރޭޓުންނެވެ. އެހެންކަމަށްވާނަމަ ލިބޭ ކާބޯތަކެތިވެސް ރަނގަޅުވާން ވާނެއެވެ.

މިވާހަކަތަކުގެ އަޑު ރަމަޟާން މަސް ފެށުމާއެކު އަނެއްކާވެސް މިވަނީ ގަދަވެފަ އެވެ. ހާރުކާށާއި ރޯދަ ވީއްލަން ކަރަންޓީނު ފެސިލިޓީތަކުގައި ތިބި ބައެއް މީހުންނަށް ގެނައި ކާއެއްޗިއްސާމެދު އެމީހުން ހިތްހަމަ ނުޖެހިގެން ސޯޝަލް މީޑިޔާއަށް ޕޯސްޓްތައް ބަންޑުންކޮށްލި އެވެ. ކަންދިމާކުރި ގޮތުން މިވަގުތަކީ މާލޭގައި ކޮވިޑް-19 ފެތުރެމުންދާތީ މާލެ ސިޓީ ސަރަހައްދު ލޮކްޑައުންކޮށް ރާއްޖޭގެ ހުރިހާ ރަށަކުން އަރާ ފޭބުން މަނާކޮށްފައިވާ ދުވަސްވަރެކެވެ. އެހެންކަމުން އެންމެންކަހަލަ ގޮތަކަށް މިދުވަސްވަރު އުޅެނީ ރަމަޟާން މަހު ކާންބޭނުންވާ ތަކެތި ނުލިބިގެންނެވެ. އެޔާއެކު މިމައުޟޫގައި ދެކެވޭ ވާހަކަތައް ވަނީ ވަރަށްވެސް ފުޅާވެ، އަޑު ބާރުވެފަ އެވެ.

މިފަދަ އެތައް ޕޯސްޓްތަކަކުން ސޯޝަލް މީޑިޔާގެ ފީޑްތައް މިދެދުވަހު ފުރާލަމުން ދާއިރު ރައްޔިތުން ކުރަމުންދާ މިބަހުސްގެ ތެރެއަށް އެންމެ ފަހުން ވަދެ ވަޑައިގަންފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދެވެ. އާދިއްތަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ބައެއް ކަރަންޓީނު ފެސިލިޓީތަކުގައި ހޮނިހިރު ދުވަހު ހުރި މެނޫތައް ހާމަކުރައްވާފަ އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކުގައި ރޯދަ ވީއްލުމުގެ ކަންކަން ރަނގަޅަށް ގެންދިޔުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދަވާކަމަށާއި އެކަމުގައި ހުރިހާ ވަޒީރުންވެސް އަވަދިނެތި އުޅުއްވާކަމަށެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުގެ ކަންކަން ހަމަޖައްސާ ޓޫރިޒަމް މިނިސްޓްރީގެ ވަޒީރުގެ ހާލަތުވެސް ރައީސް ނަޝީދު ސާފުކޮށް ދެއްވި އެވެ.

ކޮންމެއަކަސް ރާއްޖޭގައި ހުރި ކަރަންޓީނު ފެސިލިޓީތަކުގެ ހާލަތު ރަނގަޅުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މިވަނީ ދެއްވާފަ އެވެ. އެހެންނަމަވެސް ހުރިހާ އެންމެން އެންމެ ހިތްހަމަޖެހޭ ގޮތަށް ހުރިހާ ކަމެއް ނުދާނެ ކަމީ ޔަގީންކަމެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހޮނިހިރު ދުވަހުގެ ރޭ ގަނޑު 21:30 ގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ އެކި ކަރަންޓީނު ފެސިލިޓީތަކުގައި 1371 މީހުން އެބަތިއްބެވެ. މީގެތެރޭގައި ރާއްޖެއިން ބޭރުން އައި ގިނަ އަދަދެއްގެ ދިވެހިންވެސް ހިމެނެ އެވެ. މިއިން ކޮންމެ މީހަކުވެސް ކަރަންޓީނު ފެސިލިޓީތަކުން ދޫކޮށްލަނީ 14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިން އިންގެ ޚިދުމަތާއެކީ ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުގެ އުންމީދު އާވެއްޖެ!

ޑައިން އިންގެ ޚިދުމަތާއެކީ ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުގެ އުންމީދު އާވެއްޖެ!

02 ޖުލައި 2021
ރިޕޯޓް: މަސްތުވާތަކެތީގެ އެކި ފަރުވާތަކަށް ޙުކުމްކޮށް، ފަރުވާ ނުފެށި ކިއޫގައި 880 އަށް ވުރެ ގިނަ މީހުން!

ރިޕޯޓް: މަސްތުވާތަކެތީގެ އެކި ފަރުވާތަކަށް ޙުކުމްކޮށް، ފަރުވާ ނުފެށި ކިއޫގައި 880 އަށް ވުރެ ގިނަ މީހުން!

23 ނޮވެމްބަރު 2020
އައްޑޫއިން އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލާގައި ޕާކިސްތާނުގެ އަތެއްވޭތަ؟

އައްޑޫއިން އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލާގައި ޕާކިސްތާނުގެ އަތެއްވޭތަ؟

05 އޮކްޓޯބަރު 2020
ކަރަންޓީނުގައި ހުރި ދިވެއްސެއްގެ ވާހަކަ: ފަތުރުވެރިންނާ އެއްފެންވަރުގެ ހިދުމަތް ލިބޭ

ކަރަންޓީނުގައި ހުރި ދިވެއްސެއްގެ ވާހަކަ: ފަތުރުވެރިންނާ އެއްފެންވަރުގެ ހިދުމަތް ލިބޭ

21 މާރިޗު 2020
ކާބޯތަކެތީގެ ރައްކާތެރިކަން އެއްވެސް ސަރުކާރަކަށް މުހިންމު ނުވަނީބާ؟

ކާބޯތަކެތީގެ ރައްކާތެރިކަން އެއްވެސް ސަރުކާރަކަށް މުހިންމު ނުވަނީބާ؟

02 ޖެނުއަރީ 2020

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު