Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރޮހިންގާ މުސްލިމުން ހާލުގަޖެހިފަ

ގިނަ އަދަދެއްގެ ރޮހިންގާ މުސްލިމުން ކަނޑުމަތީ ހާލުގަ ޖެހިފައި، ބަންގްލަދޭޝުން ބުނަނީ ޒިންމާ ނުނެގޭނެ ކަމަށް

ޙާލުގައި ޖެހުނު ދެ ބޯޓުގައި 500ށް ވުރެ ގިނަ މީހުން ތިބި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 26 އެޕްރީލު 2020 | އާދީއްތަ 11:45
ރޮހިންގާ މުސްލިމުން އުފުލައިގެން ދަތުރުކުރި މަސްބޯޓެއް

ރޮހިންގާ މުސްލިމުން އުފުލައިގެން ދަތުރުކުރި މަސްބޯޓެއް

ބޭއި އޮފް ބެންގާލް ޞަރަޙައްދުގައި ކަނޑުމަތިވެފައިވާ މިޔަންމާގެ ރޮހިންގާ ދަރިކޮޅުގެ 500 މުސްލިމުންނަށް ހިމާޔަތް ދިނުމަށް ބަންގްލަދޭޝް ސަރުކާރުން ދެކޮޅު ހަދައިފިއެވެ.

އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އޭކޭ އަބްދުލް މޫމިން ވިދާޅުވީ 2 މަސްބޯޓެއްގައި ބޭއި އޮފް ބެންގާލްގައި ދަތުރުކުރަމުންދާ ރޮހިންގާ މުސްލިމުންގެ ޒިންމާ ބަންގްލަދޭޝް ސަރުކާރަށް ނުނެގޭނެ ކަމަށެވެ.

ބޭއި އޮފް ބެންގާލްގެ ކަނޑުގެ ޞަރަޙައްދުގައި ޙާލުގައި ޖެހި ދަތުރުކުރަމުންދާ މިޔަންމާގެ މަސްބޯޓުގައި 500އާ ގާތްކުރާ ޢަދަދަކަށް މީހުން އެބަތިއްބެވެ. އޭގެތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިންވެސް ހިމެެނެއެވެ.

އދ ގެ ރެފިއުޖީންނާއި ބެހޭ މައި އިދާރާ އިން ބުނާ ގޮތުގައި ކަނޑުމަތިވެ، ޙާލުގައި ޖެހިފައި ތިބި މި މީހުން އަތުގައި ކާބޯތަކެއްޗާއި ފެނެއް ވެސް ނެތެވެ. އެމީހުން ކަނޑުގައި ދަތުރު ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. ފުރަތަމަ މަސައްކަތް ކުރީ މެލޭޝިޔާއަށް ވަނުމަށެވެ. އެހެންނަމަވެެސް މެލޭޝިޔާ ސަރުކާރުން އެމީހުން އެޤައުމަށް އެތެރެވުމަށް ހުރަސް އެޅިއެވެ. މިހާރު އެމީހުން މަސައްކަތް ކުރަމުން ދަނީ ބަންގްލަދޭޝްގެ ހިމާޔަތް ހޯދުމަށެވެ.

މިިދިޔަ ހަފުތާގައި ވެސް މިގޮތައް ހާލުގައިޖެހުނު މިޔަންމާގެ 396 މީހުންނަށް ބަންގްލަދޭޝުން ހިމާޔަ ތްދިނެވެ. އެމީހުން ވެސް ބަންގްލަދޭޝަށް އައީ މެލޭޝިޔާ އިން އެކަމަށް އިންކާރު ކުރުމުންނެވެ. ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ވިދާޅު ވަނީ ދެން އިތުރު ބުރައެއް ނުއުފުއްލެވޭނެ ކަމަށެވެ.

އިންސާނީ ޙައްޤުތަކައް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗް އިން ހޮނިހިރު ދުވަހު ބުނެފައިވަނީ، ކަނޑުމަތިވެފައިވާ ރޮހިންގާ އިން ބަންގްލަދޭޝަށް ވަނުމުގެ ހުއްދަ ވަގުތުން ދީ، އެމީހުންނަށް ބޭނުންވާ ޞިއްޙީ ފަރުވާގެ އިތުރުން ކާނާ އާއި ބޯފެން ބަންގްލަދޭޝް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

ބަންގްލަދޭޝް ކޯސްޓްގާޑުން ބުނެފައިވަނީ ރޮހިންގާއިންގެ އުޅަނދެއް މިހަފުތާގައި ބަންގްލަދޭޝްގެ ކަނޑުގެ ޞަރަހައްދަށް ވަދެފައެއް ނުވެއެވެ. ނަމަވެސް ބަންގްލަދޭޝްގެ މަސްވެރިންނާއި ޙަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި މިޔަންމާ މަސްބޯޓުތަކެއް ބަންގްލަދޭޝްގެ ކަނޑުގެ އިޤުތިޞާދީ ޚާއްޞަ ޞަރަޙައްދުގައި ޙަރަކާތްތެރި ވެފައިވެއެވެ.

ހިއުމަންރައިޓްސް ވޮޗް އިން ބުނާ ގޮތުންނަމަ، މިފަހަރު ކަނޑުމަތިވެގެން އުޅޭ ރޮހިންގާ މުސްލިމުންނަކީ ކުރިން ބަންގްލަދޭޝްގައި އުޅުމަށްފަހު، އެތަން ދޫކޮށް މެލޭޝިޔާއަށް ދަތުރުކުރި މީހުންނެވެ. އަދި މެލޭޝިޔާއިން އެމީހުން ވައްދަން ދެކޮޅު ހެދުމުން އަނބުރާ ބަންގްލަދޭޝަށް ވަންނަން އެމީހުން ބޭނުންވި ކަމަށެވެ. ބަންގްލަދޭޝްގެ ކޮކްސަސް ބާޒާރުގައި ޤާއިމުކޮށްފައިވާ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެމުންދާ މީހުން އެމީހުންގެ ޢާއިލާތަކުގެ މެންބަރުން ގެއްލިގެން އުޅޭ ރިޕޯޓުތަކެއް ވެސް ލިބިފައިވާ ކަމަށް ހިއުމަން ރައިޓްްސް ވޮޗް އިން ބުނެއެވެ. ޤައުމުތަކުން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކުގައި އެއްބަސްވެފައިވާ ގޮތައް ތައިލޭންޑާއި މެލޭޝިޔުާ ފަދަ ޤައުމުތަކުން ކަނޑުމަތިވެފައިވާ މީހުންނަށް އެހީތެރިވުމަށް ހިއުމަން ރައިޓްސް ވޮޗްއިން ވަނީ ގޮވާލާފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިންވެސް ވަނީ ކަނޑުމަތިވެފައިވާ ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް އޭޝިޔާ ޤައުމުތަކުގެ ސަރުކާރަށް ގޮވާލާފައެވެ. އެމްނެސްޓީން ބުނީ ކޮވިޑް-19ގެ ބަލިމަޑުކަމަކީ، އެ ޤައުމެއްގެ ޒިންމާއިން ރެކެން އޮތް ބަހަނާއެއް ނޫންކަމަށެވެ.

ބަންގްލަދޭޝުންވެސް ބުނަމުންދަނީ މިއީ އެހެން ޤައުމުތަކުން ކުރިޔަށް ނިކުމެ ރޮހިންގާއިންނަށް އެހީތެރިވާންވީ ވަގުތު ކަމުގައެވެ. ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެޤައުމުގެ ހިމާޔަތުގައި މިހާރު ވަޒަންވެރިވެ ތިބި ރޮހިންގާއިންގެ ފުރިހަމަ ޒިންމާ ބަންގްލަދޭޝް ސަރުކާރުން ނަގާނެ ކަމަށެވެ. އަދި އދ އާއި ދުނިޔޭގެ އެހެނިހެން ޤައުމުތަކުން މިފަހަރު ޒިންމާ ނަގާ ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު