Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިންޓަނެޓް އަނެއްކާވެސް ޓްރަމްޕަށް ނޫނެކޭ ބުނެފި!

ފަހުން އެއީ ސަމާސާއެއްކަމަށް ވިދާޅުވި ނަމަވެސް ގިނަ ބަޔަކު ދަނީ މަލާމަތް ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 އެޕްރީލު 2020 | ހޮނިހިރު 06:09
ޓްރަމްޕް ވަނީ އަޖުމަބެލުމުގެ ގޮތުން ހަށިގަނޑަށް ޑިސްއިންފެކްޓެންޓް އިންޖެކްޓް ކުރެވިދާނެކަމަށް ވިދާޅުވެފަ

ޓްރަމްޕް ވަނީ އަޖުމަބެލުމުގެ ގޮތުން ހަށިގަނޑަށް ޑިސްއިންފެކްޓެންޓް އިންޖެކްޓް ކުރެވިދާނެކަމަށް ވިދާޅުވެފަ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދައްކަވާ ބައެއް ވާހަކަފުޅުތަކަކީ މާބޮޑު އޮއްޓަރެއް ނުހުންނަ، ނުވަތަ ގިނަ ފަހަރު ދެއުޅި އެއްނުވާ ވާހަކަތަކެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. މިސާލަކަށް އެއްފަހަރަކު ނިއުޔޯކްގެ ފިނި މޫސުމާ ދިމާކޮށް، ފިނިކަމުން ކެތްނުވާ ކަމަށް ވިދާޅުވެ ދުނިޔެއަށް "ގްލޯބަލް ވާރމިންގ" (ދުނިޔެ ހޫނުވުން) އަވަހަށް ބޭނުންވާކަމަށް ވިދާޅުވިއެވެ. އެހެން ފަހަރަކު ދުނިޔެ ހޫނުވުމުގެ ކޮންސެޕްޓަކީ ޗައިނާ މީހުން އެމެރިކާގެ އުފެއްދުންތެރިކަން ދަށް ކުރުމުގެ ގޮތުން ދައްކާ ފްލޯކި ވާހަކައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. ނުވިތާކަށް ގާތުން ކިރުދޭ މައިންނަކީ އެމަނިކުފާނު ގަޔާވެނުލައްވާ ބައެއް ކަމުގައިވެސް ވިދާޅުވިއެވެ. މިއިން ކޮންމެ ފަހަރަކުވެސް އިންޓަނެޓުން އެމަނިކުފާނަށް ބޮޑުތަނުން ނޫނެކޭ ބުނެއެވެ. އެތައް ބަޔަކު ޓްރަމްޕަށް ޖޯކު ޖަހައި އެންމެ ފަހުން އެމަނިކުފާނު ވެގެންދަނީ ބޮޑު ޖޯކަކަށެވެ. މިފަހަރުވެސް މިވީ އެހެންނެވެ.

މުޅި ދުނިޔެއަށް ކޮވިޑް-19 ގެ ބިރުވެރިކަން ކުރިމަތިވެފައިވާ މި ބިރުވެރި ދަނޑިވަޅުގައި އެމެރިކާގެ ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް އަނެއްކާވެސް މިވަނީ މުޅި ދުނިޔެ ހައިރާން ކޮށްލާ ވަރުގެ ވާހަކަފުޅެއް ދައްކަވާފައެވެ. ޤައުމެއްގެ ރައީސެއްގެ ގޮތުގައި ހުންނަވައި ދެއްކެވި ވާހަކަފުޅުން މިފަހަރުވެސް އިންޓަނެޓުގައި ޓްރަމްޕް މިވަނީ ބޮޑު ޖޯކަކަށްވެފައެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް ނުވަތަ ކޮވިޑް-19 ގެ ފަރުވާއަކަށް ޑިސްއިންފެކްޓަންޓް ގަޔައް އިންޖެކްޓް ކުރުމަކީ އަޖުމަ ބަލާލަން ރަނގަޅުކަމެއް ކަމަށް ވިދާޅުވެފައެވެ. ފަހުން އެއީ ސަމާސާއެއްކަމަށް ވިދާޅުވި ނަމަވެސް އިންޓަނެޓުގައި އެމަނިކުފާނުގެ ވާހަކަފުޅު މިވަނީ ގުގުމާލާފައެވެ. ޖޯކް ޖަހާ މީހުންނާއި އެއަށް އެކި "މީމްސް" އާއި ޓްރޯލް ހެދުމުގައި މުޅި އިންޓަނެޓް ވަނީ ފުރާލާފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ވާދަ ކުރައްވާ އެޤައުމުގެ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންވެސް މިވަނީ އެކަމާ ގުޅޭގޮތުން ޓްވީޓް ކުރައްވާފައެވެ. އެގޮތުން ބައިޑަން ވިދާޅުވީ، އެއްވެސް ރައްޔިތަކު ބްލީޗް ނުބޮއުމަށް އެދިލައްވާ ކަމަށާއި، ދުވަހަކުވެސް އެފަދަ ވާހަކަފުޅެއް ވިދާޅުވާން ޖެހޭނެ ކަމަށް ހީފުޅު ނުކުރައްވާ ކަމަށެވެ.

ބައެއް މީހުން ދަނީ ލައިސޯލްއާއި، ޑެޓޯލް ފަދަ ޑިސްއިންފެކްޓެންޓް ބޭނުންކޮށްގެން ބަލި މީހުންނަށް ފަރުވާދޭ މަންޒަރު ދައްކުވައިދޭ ފޮޓޯތައް ހަދައި މީސްމީޑިއާގައި ހިއްސާކުރަމުންނެވެ. އޭގެ އިތުރުން، ބްލީޗްއާއި އެފަދަ ޑިސްއިންފެކްޓް ހަށިގަނޑު ތެރެއަށް ފޮނުވައިގެން ފަރުވާދެވިދާނެތޯ ޓްރަމްޕް ސުވާލު އުފައްދާފައިވާތީ ބައެއް މީހުން ވަނީ ބްލީޗް ބޭސް ގުޅައާއި، އިންހޭލަރ ގެ އިތުރުން، އައިވީފަދަ ތަކެތި އުފެއްދުމުގެ ހިޔާލު ހުށައަޅައި ޓްރަމްޕަށް ޖޯކް ޖަހާފައެވެ.

އޭގެ ތެރެއިން ބައެއް މީހުން ވަނީ ޓްރަމްޕް ދެއްވި މި ފަރުވާއަށް ޝުކުރު އަދާކުރާ ކަމަށް ބުނެ، ޓްރަމްޕަކީ ޖީނިއަސްއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ޓްރަމްޕްގެ މި "މޮޅު" ފަރުވާ ބޭނުންކުރި މީހުން މިހާރު ދުނިޔޭގައިވެސް ނެތްކަމަށް ބުނެ، ޓްރަމްޕަށް މަލާމާތުގެ ބަސްތައް ރައްދުކޮށްފައިވެއެވެ.

ދެން ދައްކަން އޮތީ ޓްރަމްޕްގެ މި ވާހަކަފުޅު އަޑުއަހަން އިން އަސްލު ސައިންޓިސްޓެއް މި ވާހަކަފުޅު އަޑުއަހާފައި ހެދިގޮތުގެ ވާހަކައެވެ. މަޑުމަޑުން ސޯފާގައި ޓްރަމްޕްގެ ވާހަކަފުޅު އަޑުއަހަން އިނދެފައި އޭނާވެސް ދިޔައީ ސިއްސައިގެންނެވެ. ވަގުތުން ނޫނެކޭ ބުނެވުނީ އެއްވެސް އިޚުތިޔާރެއް ނެތިއެވެ. ޓްރަމްޕްގެ ވާހަކަފުޅު އަޑުއަހަން އިން އިރު، ބޮލުގައި އަތް އަޅުވާލެވުނީ ބުނާނެ ހަމަ އެއްވެސް އެއްޗެއް ނޭނގިގެންނެވެ. އެއީ ކެންސަރަށް މަގުފަހިވެ، މީހާގެ ފުރާނައަށްވެސް ނުރައްކާވާނެ ކަމަށް ބުނިއިރު، ސައިންޓިސްޓްވެސް އިނީ ހަމަ ބޯގޮވާފައެވެ. ޔޫއެސް ހައުސްއޮފް ރިޕްރެޒެންޓޭޓިވްގެ ކެނޑިޑޭޓެއްކަމަށްވާ ބްރިއާން ވޫ ވަނީ އޭނާގެ ފިރިމީހާގެ މި "ރިއެކްޝަން" މީސްމީޑިއާއާ ހިއްސާކުރައްވާފައެވެ.

ޓްރަމްޕްގެ މި ވާހަކަފުޅުގެ ސަބަބުން ހައިރާންވީ އާންމު ރައްޔިތުން އެކަންޏެއް ނޫނެވެ. ޚުދު އެމަނިކުފާނުގެ ޓާސްކްފޯސްގައި ހިމެނިވަޑައިގަންނަވާ މެންބަރުންވެސް ތިއްބެވީ ލަދުން އިސްޖަހާލައިގެންނެވެ. އޭގެ ތެރެއިންވެސް އެމެރިކާގެ ކޮވިޑް-19 ޓާސްކްފޯހުގެ މެންބަރެއްކަމަށްވާ ޑެބޯރާ ބާޒްގެ ހަރަކާތް ފާހަގަކޮށްލެވެއެވެ. ޓްރަމްޕްގެ ވާހަކަފުޅު އަޑުއައްސަވަން އިންނަވައި ވަކި ހިސާބަކުން އިސްޖެއްސެވި މަންޒަރު ފެންނަ ވީޑިއޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

ބައެއް މީހުން ދަނީ ހަށިގަނޑަށް ބޭނުންވާ ބޭސް ބަރާބަރަށް ކެއިންތޯ މީހުން ޗެކް ކުރާ ބީދައިން އެ ދުވަހެއްގެ މައްޗަށް ހަށިގަނޑަށް "އިންޖެކްޓް ކުރަން ޖެހޭ" ޑެޓޯލް އިންޖެކްޓް ކޮށްފިންތޯ ޓްރަމްޕް ރައްޔިތުން ގާތުގައި އަހާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ހަދައި އެވެސް ހިއްސާކުރަމުންނެވެ. މުޅި އިންޓަނެޓް މިވަނީ ޓްރަމްޕަށް އެއްވާނަކަށް މަލާމަތް ކުރުމުގައި ގުގުމާލާފައެވެ.

ބައެއް މީހުން ބުނަމުންދަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ޓްރަމްޕް އެ ދެއްވީ ރަނގަޅު ޚިޔާލެއް ކަމަށެވެ. ސަބަބަކީ ބްލީޗާއި ޑިސްއިންފެކްޓެންޓް ހަށިގަނޑަށް އިންޖެކްޓް ކޮށްގެން މަރުވުމުން، ދެން އިތުރަށް ވައިރަސްއެއްގައި މީހާ މަރުވާކަށް ޖާގައެއް ނޯންނާނެއެވެ.

ކޮންމެއަކަސް، ޓްރަމްޕްގެ މި ވާހަކަފުޅުތަކާއި ގުޅިގެން ލައިސޯލް އާއި ޑެޓޯލްއިން އަދި ޑިސްއިންފެކްޓަންޓް އުފައްދާ އެހެނިހެން ކުންފުނިތަކުން ވަނީ މިއީ "އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫން"ކަމަށް ބުނެފައެވެ. އަދި މިއީ ސަމާސާއެއްގެ ގޮތުގައި ޓްރަމްޕް ވިދާޅުވި ނަމަވެސް، މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި އެމަނިކުފާނު އެބީދައިން ޖޯކް ޖެއްސެވުމުން އެކަމާ ނުރުހުން ފާޅުކުރަމުންދާ ރައްޔިތުންނެއްވެސް މަދެއް ނޫނެވެ. މަލާމާތާއި ރުޅިއާއެކު އަނެއްކާވެސް އިންޓަނެޓް މިވަނީ ޓްރަމްޕަށް ބޮޑުތަނުން ނޫނެކޭ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބު: ކޮރަޕްޝަނާއި އެޑްވާންސްކޮށް ވައްކަން ކުރުމަށް ރައްޔިތުން ބުނީ ނޫނެކޭ

ރިޔާސީ އިންތިހާބު: ކޮރަޕްޝަނާއި އެޑްވާންސްކޮށް ވައްކަން ކުރުމަށް ރައްޔިތުން ބުނީ ނޫނެކޭ

27 ސެޕްޓެމްބަރު 2018
އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

24 އެޕްރީލު 2018
ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

05 މާރިޗު 2018
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

02 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު