Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭރުގައި ތިބި ދިވެހިންނަށް ދެވޭ އެހީ

ބޭރުގައި ތިބި އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ އުސޫލުތަކެއް ކަނޑައަޅައިފި

ބޭރުގައި ތިބި ފަރާތްތަކުގެ ތެރެއިން އާމްދަނީ ލިބުން ހުއްޓުނު މީހުންނަށް އެހީތެރިކަން ދޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 އެޕްރީލު 2020 | ބުރާސްފަތި 16:57
އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު

ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންތިޒާމެއްގެ ތެރެއިން ރޭވިގެން ވަކިގޮތަކަށް ކުރުމަށް ނިންމާފައިވާ ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މި އުސޫކުގެ ދަށުން ރާއްޖެއިން ބޭރަށް ކުރު ދަތުރެއްގައި (ޓުއަރިސްޓް ވިސާގައި) ގޮސް ތިބި ފަރާތްތަކުގެ ތެރެއިން ނާދެވި ތާށިވެފައި ތިބި ފަރާތްތަކާއި، ބޭސްފަރުވާއަށް ގޮސް ނާދެވި ތިބި ފަރާތްތަކަށް ދޭނެ އެހީ ތެރިކަން ހަމަޖައްސާފައިވާ ކަމަށެވެ. މީގެއިތުރުން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19 އާއި ގުޅިގެން އެމީހަކު ހުރި ގައުމަކުން ލިބެމުން އައި އާމްދަނީއެއް ހުއްޓިފައިވާނަމަ އެ ފަރާތްތަކާއި، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ

އެހީތެރިކަން ދޭނެ ގޮތުގެ ތަފްސީލުތަކަށް ބަލާއިރު، ބޭސްފަރުވާއަށް ގޮސްތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އެންސްޕާގެ ފަރާތުން ކުރިއެކޭ އެއްގޮތަށް ކުރިއަށްގެންދާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ދަތުރުމަތީގައި ތާށިވެފައި ތިބި މީހުން އަދި ބޭރުގައުމުގަތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން އެމީހުންނަށް ލިބެމުން އައި އާމްދަނީ މެދުކެނޑިފައިވާ މީހުންނަށް ދޭންޖެހޭ އެހީތެރިކަން ފޮރިން މިނިސްޓްރީގެ ފަރާތުން އިންތިޒާމްކުރުމަށް ހަމަޖެހިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ތިބި ކިޔަވާ ކުދިންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭގެ ލޮކްޑައުންއާއި ގުޅިގެން ޖެންޑަރ މިނިސްޓްރީއާއި ސޯޝަލް ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން 124 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ލޮކްޑައުންއާއި ގުޅިގެން ކާބޯތަކެތީގެ ދަތިކަން ދިމާވި 60 މީހަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ސޯޝަލް ކައުންސިލުން މިހާރު ތައްޔާރުވެފައި އޮތީ ރަމަޟާން މަސް ކުރިމަތީގައި އޮތްއިރު މިފަދަ މައްސަލަތައް ދިމާވާނެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް ތައްޔާރު ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އަދި އެގޮތުން ރެޑްކްރެސެންޓާއި ގުޅިގެން ބިދޭސީން ދިރިއުޅެމުން އަންނަ ކެއްކެން ހުންނަ ލޭބާ ކުއާޓާތައް ހުންނަ ތަންތަނަށް ހަނޑޫ ހަކުރު ފުށް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި، މާލޭގައި ތިބި މީހުންގެ ތެރެއިން ދަތި ދިމާވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ގޮތްތަކެއް ވެސް ހަމަޖެއްސުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު