Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

"އިޓާލިއަން ލީގު ކެންސަލް ނުކޮށް ފުރިހަމަ ކުރާނަން"

އިޓާލިއަން ލީގު ވަނީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 އެޕްރީލު 2020 | އަންގާރަ 12:44
އިޓާލިއަން ލީގުގައި ޔުވެންޓަސް އާއި އިންޓަ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ޔުވެންޓަސް އާއި އިންޓަ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގު އަލުން ފަށަން ހަތް ކްލަބަކުން ދެކޮޅު ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، ލީގު ކެންސަލް ނުކޮށް ފުރިހަމަކުރާނެ ކަމަށް ލެގާ ސެރިއޭ ކައުންސިލުން ބުނެފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބްރެޝިއާ، ޓޮރިނޯ، ސަމްޕްޑޯރިއާ، އުދިނޭޒީ، ސްޕާލް، ޖެނޯއާ އަދި ކަލިއާރީން ލީގު އަލުން ފަށަން ބޭނުމެއް ނުވެއެވެ. އެކަމަކު އިޓާލިއަން ލީގުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ހުއްދަދޭ ނަމަ، ލީގު ފުރިހަމަކުރަން ރުހުން ލެގާ ސެރިއޭ ކައުންސިލުން ދީފައިވާ ކަމަށެވެ. އެކަމަކު އަލުން ލީގު ފަށާނީ ފީފާ އާއި ޔުއެފާ އިން ކަނޑައަޅާފައިވާ އުސޫލުގެ މަތިން ކަމަށް ވެސް ވަނީ ބުނެފައެވެ.

އިޓާލިއަން ލީގު އަލުން ފަށަން ބައެއް ކްލަބުތަކުން ދެކޮޅު ހެދި ނަމަވެސް، ޔުއެފާއިން މީގެ ކުރިން ވަނީ އެ އިދާރާގެ ހިއްދަ ނުހޯދައި އެއްވެސް ލީގެއް ކެންސަލް ނުކުރަން އަންގާފައެވެ.

މީގެ ކުރިން އިޓާލިއަން ފުޓްބޯލް ފެޑަރޭޝަނުގެ ރައީސް ގެބްރިއަލީ ގްރަވީނާ ވެސް ވަނީ އިޓާލިއަން ލީގުގެ މެޗުތައް ކެންސަލް ނުކޮށް، ހާލަތު ތަންދިނުމުން ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ. ގްރަވީނާ ވިދާޅުވީ އިޓާލިއަން ލީގުގެ މެޗުތައް ކުޅުމަށް ހާލަތު ތަންދިންހާ އަވަހަށް ލީގު ފަށާނެ ކަމަށާއި، ލީގު މެދުކެނޑިފައި މިއޮތް ވަގުތު އެއްވެސް ކްލަބަކުން އެކަމުގެ ފައިދާ ނެގިޔަނުދޭނެ ކަމަށެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް އިޓާލިއަން ލީގު މެދު ކަނޑާލާފައި ވާއިރު، އިޓަލީގެ ސަރުކާރުން ވަނީ މެއި މަހުގެ 3 ގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް އެ ގައުމުގައި ބޭއްވުން މަނާ ކޮށްފައެވެ.

އިޓާލިއަން ލީގު މެދުކަނޑާލިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ތާވަލުގެ އެއްވަނައިގައި 26 މެޗުން 63 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ލާޒިއޯއަށް 26 މެޗުން ވަނީ 62 ޕޮއިންޓު ލިބިފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު