Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 އަށް އިތުރު މީހުން ޕޮޒިޓިވްވުން

މާލެއިން އިތުރު ދިވެއްސެއް ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ

މިހާތަނަށް ރާއްޖެއިން 84 މީހަކު ވަނީ ޕޮޒިޓިވްވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 އެޕްރީލު 2020 | އަންގާރަ 12:27
ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުންގެ ސާމްޕަލްތައް އައިޖީއެމްއެޗް ލެބޯޓަރީގައި ޓެސްޓް ކުރަނީ

ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުންގެ ސާމްޕަލްތައް އައިޖީއެމްއެޗް ލެބޯޓަރީގައި ޓެސްޓް ކުރަނީ

މާލެއިން އިތުރު ދިވެއްސެއް ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

އަންގާރަ ދުވަހު ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒު ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު, އަންގާރަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ހަމައަށް 17 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެޗްޕީއޭއިން އަމަލު ކުރަމުން އަންނަ ގޮތުން ޕޮޒިޓިވްވާ ފަރާތްތައް އައިސޮލޭޝަނަށް ވަގުތުން ގެންދިއުމުގެ މަސައްކަތް ކުރާނެއެވެ.

17 ވަނަ މީހަކު އަންގަރަ ދުވަހު ޕޮޒިޓިވްވެއްޖެ ކަމަށް މަބްރޫކް ވިދާޅުވި ނަމަވެސް އެމީހާގެ އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ހަމައެކަނި މަބްރޫކް ވިދާޅުވީ އެއީ ދިވެއްސެއް ކަމަށެވެ.

މިއާއެކު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 84ށް އަރާފައެވެ. އަދި މާލޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 64ށް އަރާފައެވެ.

ރާއްޖެއިން ކޮމިއުނިޓީ ސްޕްރެޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައިވަނީ މިހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް އައިއިރު ދުވާލެއްގެ މައްޗަށް ގިނަ ޕޮޒިޓިވް ކޭސްތަކެއް ދަނީ ފެންނަމުންނެވެ. އަދި އެ ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގއާ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މާލެ ސަރަޙައްދު ވަނީ ލޮކްޑައުންވެސް ކޮށްފައެވެ.

ކޮމިއުނިޓީ ސްޕްރެޑް ފެނުނު ފަހުން މިހާތަނަށް ފެނުނު ކޭސްތައް

އޭޕްރީލް 15: 1 ކޭސް

އޭޕްރީލް 16: 2 ކޭސް

އޭޕްރީލް 17: 5 ކޭސް

އޭޕްރީލް 18: 7 ކޭސް

އޭޕްރީލް 19: 17 ކޭސް

އޭޕްރީލް 20: 15 ކޭސް

އޭގެ އިތުރުން، ހޯމަ ދުވަހުގެ ރޭ ދަންވަރު ޕޮޒިޓިވްވި 2 މީހުންނާއި، އަންގާރަ ދުވަހުގެ ހެނދުނު ޕޮޒިޓިވްވި 13 މީހުންނާއި، މެންދުރު ޕޮޒިޓިވް 1 މީހަކާއި، ހަވީރު ޕޮޒިޓިވްވި 1 އާއެކު އަންގާރަ ދުވަހު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 17ށް އަރާފައެވެ.

ހޯމަ ދުވަހު އެކަނި 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، އާދީއްތަ ދުވަހު ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 17 ގައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު