Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސަލާމަތީ ބާރުތަކުގެ މަސައްކަތް

މުގުރާ ޕެޕަރސްޕްރޭ ދޫކޮށް ޑެލިވަރީ ކޮތަޅުތައް އަތަށް މަހާލައިފި!

ރައްޔިތުންގެ ގެތަކަށް ބޭނުންވާ ފެނާ ގެއަށް ބޭނުންވާ ސާމާނު އުފުލުމުގެ މަސައްކަތް ކުރަމުންދޭ

އަހުމަދު ސިރާޖް
އަހުމަދު ސިރާޖް, ރާއްޖެ އެމްވީ | 21 އެޕްރީލު 2020 | އަންގާރަ 07:17
ސަލާމަތީ ބާރުތަކުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެނީ

ސަލާމަތީ ބާރުތަކުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެނީ

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ނުފޫޒް ގަދަ ސިޔާސީ ބަޔަކު އަޑީގައި ތިބެ، ސިފައިންނާ ފުލުހުން މަގުފުރައްދައި، އޭރު ގައުމުގެ ވެރިޔަކަށް ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ދެކޮޅަށް ބަޣާވާތްކޮށް، ވެރިކަން ވައްޓާލިއެވެ. އެދުވަހު ސިފައިންނާ ފުލުހުންނަށް ހެދުނު ގޯހުގެ ފައިދާ ނެންގެވީ 2013 ވަނައަހަރުން ފެށިގެން ސިޔާސީ ބޭފުޅުންނެވެ.

މި ވެރިކަމުގެ ފަސް އަހަރު ދިވެހި ފުލުހުންނާ ސިފައިން ލައްވާ ބޮޑެތި ގޯސްތަކެއް ހެދިއެވެ. އާންމުންނަށް އެތަކެއް އަނިޔާއެއް ދިނެވެ. މީގެ ސަބަބުން ދިވެހިންގެ ގިނަބަޔަކު ފުލުހުންނާ ސިފައިންނަށް ކުރަމުންދިޔަ އިޙްތިރާމާއި އިތުބާރު ގެއްލި ނަފްރަތު ކުރަމުން ދިޔައެވެ. އެދުވަހު މި ދެ މުއައްސަސާ އޮތީ ނުފޫޒް ގަދަ ވެރިއެއްގެ މަޅީގައި ޖެހިފައެވެ. އެދުވަހު ހިގަމުންދިޔަ ޖަރީމާތަކާ އިދިކޮޅަށް ބަސް ބުނާ ފުލުހުންނާ ސިފައިންނަށް ބޮޑެތި އަދަބުދީ ހައްޔަރުކޮށް، ވަޒީފާއިން ވަކިކުރަމުން ދިޔައެވެ. ނަމަވެސް ރައްޔިތުންގެ ބާރުދައްކަން ލިބުނު ދުވަހު މިވަނީ އެ ބާރުވެރިކަން ނިކަން ރަގަޅަށް ދައްކާލައިފައެވެ.

2018 ވަނައަހަރުގެ ނޮވެންބަރް 16 ވަނަދުވަހު މިރާއްޖެ ޞާލިހު މަގަށް ގެންދިއުމަށް އިބްރާހިމް މުހައްމަދު ސޯލިހަށް، މިގައުމުގެ ވެރިކަން ހަވާލު ކުރެވުނެވެ. އެދުވަހަށްފަހު ދިވެހި ފުލުހުންނާއި ސިފައިންނަށް ގެއްލިފައިވީ ރައްޔިތުންގެ އިތުބާރާއި ލޯބި އަނބުރާ ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވެވި މަސައްކަތް ވަރަށް ކާމިޔާބެވެ. މިއަދު މިފެންނަނީ މުގުރާ ޕެޕަރސްޕްރޭ ދޫކޮށްލައި އެ އަތްތަކަށް ޑެލިވަރީ ކޮތަޅުތައް މަހާލާފައިވާ މަންޒަރެވެ. ރައްޔިތުންގެ ގެތަކަށް ބޭނުންވާ ފެނާ ގެއަށް ބޭނުންވާ ސާމާނު އުފުލުމުގެ މަސައްކަތް ކުރަމުންދާ މަންޒަރެވެ. އަމިއްލަ ވެހިކަލްތަކުގައި ސާމާނުތައް އުފުލަމުން އެދަނީ މިގައުމުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މާތް މަޤްސަދުގައެވެ. ތިމާގެ އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ރައްޔިތުމީހާ ގެއަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާ ތަނެވެ.

މިއަދު މިފެންނަނީ އެ ފުލުހުންނާ ސިފައިންގެ ހަގީގީ ބޭނުން ހިފަމުންދާ މަންޒަރެވެ. ސިޔާސީ ފިކުރުތަކުން އެއްކިބާވެ ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރާ މަންޒަރެވެ. ކޮވިޑް-19އާ އެންމެ ގަދައަށް ހަނގުރާމަ ކުރަމުންދާ ޑޮކްޓަރުންނާއި ނަރުހުންގެ ނިވާފަތް ގަޑެއްގެ ގޮތުގައި، މިއަދު ފެންނަމުން މިދަނީ ދިވެހި ސިފައިންނާ ފުލުހުންނެވެ. މިބަލިމަޑުކަން ފެތުރުނަނުދީ 24 ގަޑިއިރު މަގުތައް މަތީ އެ ހޭދަކުރަމުން އެދަނީ ދިވެހި ފުލުހުންނާ ސިފައިންނެވެ.

މި ބިރުވެރި ވަގުތުގައި އަނބިދަރިންނާއި އާއިލާއާ ދުރުގައި، އެ ހޭދަ ކުރަމުންދާ ކޮންމެ ސިކުންތެއް ދިވެހި ކޮންމެ ރައްޔިތެއް، ފަހުރުވެރި ކަމާއެކު ބަލައިގަންނާނެއެވެ. މިއަދު އޯގާތެރިކަމާއެކު އެ ދެއްވާ މެސެޖަކީ ހުރިހާ ރައްޔިތުންމެ ގެއަށް ވެންނެވުމަށެވެ. ތަންފީޒީ އިދާރާތަކުން އެ އަންގާ އެންގުންތަކަށް ދިވެހިރައްޔިތުން ބޯލަނބައި ކިޔަމަން އެވަނީ ހިތުން ރުހުމުންނެވެ. އެދުވަހު ކަރުނަގޭހުން ރޮއްވާލި ލޯތައް މިއަދު ތެންމާ އެލަނީ ސިފައިންނާއި ފުލުހުންގެ އޯގާތެރިކަންފެނިފައެވެ. އުފާވެރި ކަރުނައިންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓީވީން ފެންނަ އިބޫ ބޭބެ ފެނި، ޖުނާނާ ދޫކޮށްލާކަށް ބޭނުމެއް ނުވި

ޓީވީން ފެންނަ އިބޫ ބޭބެ ފެނި، ޖުނާނާ ދޫކޮށްލާކަށް ބޭނުމެއް ނުވި

15 އޯގަސްޓު 2018
މި ތުއްތު ކުއްޖާ އިބޫ ދޫކޮށްލާކަށް ބޭނުމެއް ނުވި

މި ތުއްތު ކުއްޖާ އިބޫ ދޫކޮށްލާކަށް ބޭނުމެއް ނުވި

12 އޯގަސްޓު 2018
ސަންޖޫގެ ރެކޯޑް މުގުރާލެވިދާނެތަ؟

ސަންޖޫގެ ރެކޯޑް މުގުރާލެވިދާނެތަ؟

02 ޖުލައި 2018
ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

06 އެޕްރީލު 2018
ކުއްލި ހާލަތު އުވިއްޖެ؟ ހައްގުތައް އިޔާދަކޮށް، ހައްޔަރީން ދޫކޮށްލަންޖެހޭ!

ކުއްލި ހާލަތު އުވިއްޖެ؟ ހައްގުތައް އިޔާދަކޮށް، ހައްޔަރީން ދޫކޮށްލަންޖެހޭ!

10 މާރިޗު 2018

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު