Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުން

އައްޑޫއާއި ފުވައްމުލަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އަންގައިފި

18 އެޕްރީލު 2020 | ހޮނިހިރު 12:59

މިއަދުގެ މަޣްރިބް ނަމާދުން ފެށިންގެ މިމަހުގެ 23 ވަނަ ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 އެޕްރީލު 2020 | ހޮނިހިރު 12:59
މިސްކިތެއްގައި ބަޔަކު ދަރުސް އަޑުއަހަނީ (ފައިލް ފޮޓޯ)

މިސްކިތެއްގައި ބަޔަކު ދަރުސް އަޑުއަހަނީ (ފައިލް ފޮޓޯ)

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީގޮތުން މެދުކަނޑާލަން އިސްލާމިކް މިނިސްޓަރީން އަންގައިފި އެވެ.

ހޮނިހިރު ދުވަހު އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީއާއި އާއި ފުވައްމުލަކު ސިޓީގައި 18 އޭޕްރީލް ވަނަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން 23 އޭޕްރީލް ވަނަ ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް ފަރުޟު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނެހެދުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިއީ މާލެ ސަރަހައްދު ފިޔަވައި، މީހުން ދިރިއުޅޭ ރަށެއްގައި ފަރުޟު ނަމާދު ޖަމާއަތް މިސްކިތުގައި ކުރުން މެދުކަނޑާލަން ޖެހުނު ފުރަތަމަ ފަހަރެވެ.

އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަކީ މާލެ ފިޔަވައި އެންމެގިނަ މީހުން ދިރިއުޅޭ ދެ ސިޓީ އެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ، މިހާލަތަށް ރިޔާއަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިއްމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން، މިދިއަ މާރޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން، މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ސަރުކާރުން ފޭބުން މަނާކުރާ ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައި ވެއެވެ.

އެގޮތުން މާލެ ސަރަހައްދާއި އަރާފޭބުން މަނާ ކޮށްފައިވާ ރިސޯޓުތަކުން ޖަމާތުގައި ނަމާދު ކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތްއޮތުން މި އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށާއި، އަދި ލޮކްޑައުން ކޮށްފައި އޮތްނަމަ ލޮކްޑައުން މުއްދަތު ނިމެންދެން މިހާލަތު ދެމިއޮންނާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިޙާލަތުގައި މިސްކިތުގައި ހަމައެކަނީ ބަންގި ގޮވުމަށާއި، ބަންގީގެ ފަހުގައި އަރަބި ބަހުންނާއި އަދި ދިވެހިބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!" މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވާކަމަށެވެ.

މިދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވަޞިއްޔަތް ކުރައްވާފައެވެ.

މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް އުޅުމަށްވެސް ވަނީ އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެފައެވެ.

ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާ އާއި މިސްރުފަދަ ބޮޑެތި އިސްލާމީ ގައުމުތަކުގައިވެސް ކޮވިޑް-19 އާ ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2017

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޮޑު ޖަމާއަތުގައި ކުރާ މަޣްރިބް ނަމާދު މިރޭ އިސްލާމީ މަރުކަޒުގައި

19 ޑިސެމްބަރު 2017
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޮޑު ޖަމާއަތުގައި ކުރާ މަޣްރިބް ނަމާދު މިރޭ އިސްލާމީ މަރުކަޒުގައި
20 ނޮވެމްބަރު 2017

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާ ލިބުނު ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެންނަނީ

20 ނޮވެމްބަރު 2017
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާ ލިބުނު ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެންނަނީ
20 ނޮވެމްބަރު 2017

ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

20 ނޮވެމްބަރު 2017
ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ
23 ސެޕްޓެމްބަރު 2017

ފުވައްމުލަކުގައި ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހާއްސަ ހަރަކާތްތަކެއް ހިންގަނީ!

23 ސެޕްޓެމްބަރު 2017
ފުވައްމުލަކުގައި ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހާއްސަ ހަރަކާތްތަކެއް ހިންގަނީ!
18 ޖުލައި 2017

ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައިފި

18 ޖުލައި 2017
ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައިފި
25 ޖޫން 2017

މާލެއާއި އަތޮޅުތަކުގައި ބޮޑު ޖަމާއަތުގައި ގިނަ އަދަދެއްގެ ބަޔަކު އީދު ނަމާދު ކޮށްފި

25 ޖޫން 2017
މާލެއާއި އަތޮޅުތަކުގައި ބޮޑު ޖަމާއަތުގައި ގިނަ އަދަދެއްގެ ބަޔަކު އީދު ނަމާދު ކޮށްފި
25 ޖޫން 2017

މިފަހަރުގެ ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުން ސްޓޭޑިއަމްގައި

25 ޖޫން 2017
މިފަހަރުގެ ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުން ސްޓޭޑިއަމްގައި
20 ޖޫން 2017

މިފަހަރުގެ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ސްޓޭޑިއަމްގައި

20 ޖޫން 2017
މިފަހަރުގެ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ސްޓޭޑިއަމްގައި
16 ޖޫން 2017

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު ސީރިއަސް ހާލަތުގައި

16 ޖޫން 2017
ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު ސީރިއަސް ހާލަތުގައި
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް