Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްކޮޓްލެންޑް ލީގުތައް ނިންމާލުން

ލީގު ވޯޓާ މެދު ޖެރާޑް ނުރުހުން ފާޅުކޮށްފި

ލީގުތައް ނިންމާލަން ނަގާ ވޯޓު ފާސްވުމަށް ބޭނުންވާ އަދަދު ވަނީ ހަމަވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 އެޕްރީލު 2020 | ހުކުރު 18:36
ރޭންޖާސްގެ ކޯޗު ސްޓީވަން ޖެރާޑް

ރޭންޖާސްގެ ކޯޗު ސްޓީވަން ޖެރާޑް

ސްކޮޓްލެންޑްގެ ލީގުތަކާއި މެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ސްކޮޓިޝް ޕްރޮފެޝަނަލް ފުޓްބޯލް ލީގު (އެސްޕީއެފްއެލް) އިން އިސްވެ ނަގާ ވޯޓާ މެދު ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު އަދި ރޭންޖާސްގެ ކޯޗު ސްޓީވަން ޖެރާޑް ނުރުހުން ފާޅުކޮށްފިއެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ސްކޮޓްލެންޑުގައިވެސް ވަނީ ފުޓްބޯޅަ މުބާރާތްތައް މެދު ކަނޑާލާފައެވެ.

ސްކޮޓިޝް ޕްރިމިއާޝިޕް (އެއްވަނަ ޑިވިޝަން) ނޫން ދަށް ޑިވިޝަނުގެ ލީގުތައް ނިންމާލަން ނަގާ ވޯޓު ފާސްވުމަށް ބޭނުންވާ އަދަދު ބުރާސްފަތި ހަމަވީ ޑަންޑީން ވޯޓު ބަދަލުކުރުމުންނެވެ. ޑަންޑީން ވަނީ އެސްޕީއެފްއެލް އިން ލީގު ކެންސަލްކުރަން ހުށަހެޅުމުން އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ. އެކަމަކު ކުއްލިއަކަށް ޑަންޑީން ނިންމުން ބަދަލުކުރުމުން މިހާރު ވަނީ ދަށް ޑިވިޝަނުގެ ލީގުތަށް ކެންސަލްކުރަން ނިންމަން ތައްޔާރުވެފަ އެވެ.

ސްކޮޓްލެންޑްގެ 42 ކްލަބުގެ ވޯޓުގެ 81 އިންސައްތަ ވަނީ ދަށް ޑިވިޝަންތަކުގެ ލީގު ނިންމާލަން ލިބިފައެވެ. މިއީ މެޖޯރިޓީ އަށް ވުރެން ވެސް ގިނަ ވޯޓުތަކެއް ކަމަށް ބަލައި، ސްކޮޓިޝް ޕްރިމިއާޝިޕް ވެސް ކެންސަލްކުރުމުގެ އިޚުތިޔާރު އެސްޕީއެފްއެލް ބޯޑަށް ލިބެ އެވެ. އެސްޕީއެފްއެލްގެ ބޯޑުން އަންނަނީ ޕްރިމިއާޝިޕް ވެސް ނިންމާލަން މަޝްވަރާކުރަމުންނެވެ.

މިކަމާއި ބެހޭ ގޮތުން ޖެރާޑް ބުނީ ކަންތައްތައް މިދަނީ ގަބޫލުކުރަން އުނދަގޫ ގޮތަކަށް ކަމަށާއި މިއީ އެސްޕީއެފްއެލް އިން ލީޑަރުންގެ ގޮތުގައި ގޮތް ނިންމަންވީ ވަގުތުކަމަށެވެ. މީގެ އިތުރުން ޖެރާޑް ބުނީ މިހާރު ކަންތައްތައް މިދަނީ ރަނގަޅަށް ނޫން ކަމަށާއި ފުޓުބޯޅަގެ ރަނގަޅު އުސޫލުން ބޭރުން ކަމަށެވެ.

ޖެރާޑުގެ ވިސްނުމަށް އޭނާގެ ކްލަބުން ވެސް ވަނީ ތާއިދުކޮށްފައެވެ. ޖެރާޑުގެ ނިންމުމަށް ތާއިދުކޮށް ރޭންޖާސްއިން ބުނީ އެސްޕީއެފްއެލްއިން ކަންތައް ކުރާގޮތް ތަހުގީގުކުރަން ޖެހޭ ކަމަށެވެ.

މިހާރު އޮތް ހިސާބުން ލީގު ނިންމާލަން އެސްޕީއެފްއެލް އިން ކަނޑައަޅައިފިނަމަ، ޕްރިމިއާޝިޕްގެ ޗެމްޕިއަންކަން ލިބޭނީ ސެލްޓިކަށެވެ. ލީގުގެ އެއްވަނައިގައި ސެލްޓިކް އޮތީ 13 ޕޮއިންޓުގެ ލީޑަކާ އެކުއެވެ. ދެވަނައިގައި އޮތީ ޖެރާޑްގެ ރޭންޖާސް އެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު