Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޓީނިއޯ އަލުން ބާސާއަށް ބަދަލުވުން

ބާސާގައި ކުޓީނިއޯ މަޑުކުރާނެ ކަމުގެ އުންމީދު އެބައޮތް: ސެޓިއެން

ކުޓީނިއޯ މިހާރު ބަޔާނަށް ކުޅެމުން އަންނަނީ ބާސާގެ ލޯނު އެއްބަސްވުމެއްގެ ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 އެޕްރީލު 2020 | ހުކުރު 00:27
ބްރެޒިލްގެ ތަރި ފިލިއްޕޭ ކުޓީނިއޯ ބާސާ ޖާޒީގައި

ބްރެޒިލްގެ ތަރި ފިލިއްޕޭ ކުޓީނިއޯ ބާސާ ޖާޒީގައި

ބްރެޒިލްގެ ތަރި ފިލިއްޕޭ ކުޓީނިއޯ އަންނަ ސީޒަނުގައި ބާސެލޯނާގައި މަޑުކުރާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެޓީމުގެ ކޯޗު ކިކޭ ސެޓިއެން ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯ ބަޔާނަށް ކުޅެމުން އަންނަނީ ބާސެލޯނާގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މި ސީޒަން ނިމުމުން ބަޔާންގެ ލޯނު އެއްބަސްވުން ހަމަވާއިރު، ބަޔާނުން ބޭނުންވެއްޖެނަމަ ކުޓީނިއޯ ދާއިމީކޮށް ގަނެވޭ ގޮތަށް އެއްބަސްވުމުގައި ވަނީ ހިމަނާފަ އެވެ. ކުޓީނިއޯގެ އެއްބަސްވުން ދާއިމީ ކުރަން ބަޔާނުން 110 މިލިއަން ޕައުންޑް ބާސާއަށް ދައްކަން ޖެހޭއިރު، ބަޔާނުން މިހާތަނަށް ކުޓީނިއޯއާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލޯނު އެއްބަސްވުން ހަމަވުމުން، އަންނަ ސީޒަނުގައި ކުޓީނިއޯ ބާސާއަށް އަލުން ބަދަލުވާނެއެވެ.

ދާދި ފަހުން ބާސާގެ ކޯޗު ކިކޭ ސެޓިއެން ބުނީ ކުޓީނިއޯ އަކީ އަދިވެސް ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި، އަންނަ ސީޒަނުގައި އޭނާ ބާސާގައި މަޑުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އެގޮތުން ކުޓީނިއޯ އަކީ އަދިވެސް ބާސާ ކުޅުންތެރިއެއް ކަމަށާއި، އޭނާއަކީ ވަރަށް ގަޔާވާ ކުޅުންތެރިއެއް ކަމަށް ސެޓިއެން ވަނީ ބުނެފައެވެ.

ސެޓިއެން މިހެން ބުނިއިރު، ކުޓީނިއޯ ހޯދަން ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ކުޓީނިއޯ ހޯދުމަށް ޗެލްސީން އަންނަނީ މަސައްކަތް ކުރަމުން އަންނަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިވަޕޫލުން 142 މިލިއަން ޕައުންޑަށް ބާސާއަށް ބަދަލުވި ކުޓީނިއޯއަށް އެ ކްލަބުގައި އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެ އެވެ. އެގޮތުން ކުޓީނިއޯ ބާސެލޯނާގައި ކުޅުނު 76 މެޗުގައި ޖެހިފައިވަނީ 21 ލަނޑެވެ.

އޭގެ ފަހުން މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ބަޔާނަށް ބަދަލުވި ކުޓީނިއޯއަށް މިހާތަނަށް އެޓީމަށް ކުޅެދިން 32 މެޗުގައި ކާމިޔާބުކރެވިފައިވަނީ އެންމެ 9 ލަނޑެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު