Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކެމަރޫން ރައްޔިތުންނަށް އެޓޫ އެހީވުން

އެޓޫގެ ދީލަތި އެހީއެއް ކެމަރޫން ރައްޔިތުންނަށް

16 އެޕްރީލު 2020 | ބުރާސްފަތި 17:08

ކެމަރޫންގެ އެއް ލައްކަ މީހުންނަށް އެހީ ފޯރުކޮށްދޭން ވަނީ ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 އެޕްރީލު 2020 | ބުރާސްފަތި 17:08
ކެމަރޫން ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ސަމުއެލް އެޓޫ

ކެމަރޫން ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ސަމުއެލް އެޓޫ

ކެމަރޫން ރައްޔިތުންނަށް ދީލަތި އެހީއެއް ވާން ބާސެލޯނާ އަދި ކެމަރޫން ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ސަމުއެލް އެޓޫ ނިންމައިފި އެވެ.

މުޅި ދުނިޔޭގައި ހަލިވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ އަސަރު ކެމަރޫނަށްވެސް ކޮށްފައިވާއިރު، އެޓޫގެ އަމިއްލަ ފައުންޑޭޝަނުން ވަނީ ކެމަރޫންގެ އެއް ލައްކަ މީހުންނަށް އެހީ ފޯރުކޮށްދޭން ނިންމާފައެވެ. އެގޮތުން އެ ގައުމުގެ ހަތަރު ސިޓީއެއްގެ ބައި ލައްކަ މީހުންނަށް ކާބޯތަކެތީގެ އިތުރަށް ސެނިޓައިޒާ ހަދިޔާކުރަން ވަނީ ނިންމާފައެވެ. އޭގެ އިތުރުން ޓެކްސީ ޑްރައިވަރުންނަށް ހާއްސަ ކޮށްގެން ބައި ލައްކަ ފޭސް މާސްކް ހަދިޔާކުރަން ވެސް ވަނީ ނިންމާފައެވެ.

އެޓޫ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދަނޑިވަޅަކީ ހުރިހާ އެންމެންވެސް އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. އަދި އާންމު ރައްޔިތުން ސިއްހީ ކަންކަމަށް އިތުރަށް ފަރުވާތެރިވުމަށް މި ބަޔާނުގައި ވަނީ ގޮވާލާފައެވެ.

އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ އެޓޫ، ކެމަރޫން ރައްޔިތުންނަށް ދީލަތި އެހީއެއް ވިއިރު، މީގެ ކުރިން އޭނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ އުސޫލުތަކަށް ބޯލެނބުމަށް އާންމުންނަށް ނަސޭހަތްތެރިވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ކެމަރޫންގައިވެސް ފުޓްބޯޅަ ހަރަކާތްތައް ހުއްޓާލާފައިވާއިރު، އެ ގައުމުން މިހާތަނަށް 800 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި މި ވައިރަސް ޖެހިގެން އެ ގައުމުން 17 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

އިތުރަށް ކިޔާލަން

04 އެޕްރީލު 2020

ކޮރޯނާވައިރަހުން ސަލާމަތްވުމަށް ޕްރިމިއާ ލީގު ކްލަބުތަކުގެ ބޮޑު އެހީއެއް

04 އެޕްރީލު 2020
ކޮރޯނާވައިރަހުން ސަލާމަތްވުމަށް ޕްރިމިއާ ލީގު ކްލަބުތަކުގެ ބޮޑު އެހީއެއް
04 އެޕްރީލު 2020

ކޮރޯނާވައިރަހުން ސަލާމަތްވުމަށް ނޭމާގެ ދީލަތި އެހީއެއް

04 އެޕްރީލު 2020
ކޮރޯނާވައިރަހުން ސަލާމަތްވުމަށް ނޭމާގެ ދީލަތި އެހީއެއް
28 މާރިޗު 2020

ގެދޮރު ނެތް މީހުންނަށް އެމްބާޕޭގެ ދީލަތި އެހީއެއް

28 މާރިޗު 2020
ގެދޮރު ނެތް މީހުންނަށް އެމްބާޕޭގެ ދީލަތި އެހީއެއް
25 މާރިޗު 2020

ރޮނާލްޑޯ އާއި މެސީގެ ދީލަތި އެހީތައް ހޮސްޕިޓަލްތަކަށް

25 މާރިޗު 2020
ރޮނާލްޑޯ އާއި މެސީގެ ދީލަތި އެހީތައް ހޮސްޕިޓަލްތަކަށް
24 މާރިޗު 2020

ވައިރަހުން އަމިއްލަ ގައުމު ސަލާމަތްކުރަން ގާޑިއޯލާގެ ދީލަތި އެހީއެއް

24 މާރިޗު 2020
ވައިރަހުން އަމިއްލަ ގައުމު ސަލާމަތްކުރަން ގާޑިއޯލާގެ ދީލަތި އެހީއެއް
21 މާރިޗު 2020

ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތަށް ލެވަންޑޯސްކީގެ ދީލަތި އެހީއެއް

21 މާރިޗު 2020
ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތަށް ލެވަންޑޯސްކީގެ ދީލަތި އެހީއެއް
18 މާރިޗު 2020

ފީފާއިން ޑަބްލިއުއެޗްއޯއަށް 10 މިލިއަން ޑޮލަރުގެ ބޮޑު އެހީއެއް ދޭން ހުށަހަޅަނީ

18 މާރިޗު 2020
ފީފާއިން ޑަބްލިއުއެޗްއޯއަށް 10 މިލިއަން ޑޮލަރުގެ ބޮޑު އެހީއެއް ދޭން ހުށަހަޅަނީ
17 މާރިޗު 2020

ކޮރޯނާވައިރަހުން އަމިއްލަ ގައުމު ދިފާއުކުރުމަށް މާނޭގެ ދީލަތި އެހީއެއް

17 މާރިޗު 2020
ކޮރޯނާވައިރަހުން އަމިއްލަ ގައުމު ދިފާއުކުރުމަށް މާނޭގެ ދީލަތި އެހީއެއް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް