Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ޓޮޓެންހަމްގެ ނިންމުން ބަދަލުކޮށްފި

13 އެޕްރީލު 2020 | ހޯމަ 13:07

ޓޮޓެންހަމުން މީގެ ކުރިން ވަނީ 550 މުވައްޒަފުންގެ މުސާރައިން 20 އިންސައްތަ އުނިކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 އެޕްރީލު 2020 | ހޯމަ 13:07
ޓޮޓެންހަމް ހޮޓްސްޕާގެ ވައިޓް ހާޓް ލޭން ސްޓޭޑިއަމް

ޓޮޓެންހަމް ހޮޓްސްޕާގެ ވައިޓް ހާޓް ލޭން ސްޓޭޑިއަމް

މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށާއި، ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލަން ޓޮޓެންހަމް ހޮޓްސްޕާއިން ނިންމި ނިންމުން ބަދަލުކުރަން ނިންމައިފި އެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ޓޮޓެންހަމުން މީގެ ކުރިން ވަނީ އެ ކްލަބުގެ 550 މުވައްޒަފުންގެ މުސާރައިން 20 އިންސައްތަ އުނިކުރަން ނިންމާފައެވެ. އަދި މުސާރަ ކުޑަކުރަން އެއްބަސްނުވާ މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުގައި ނޯޕޭއަށް ފޮނުވާލާ މުވައްޒަފުންނަށް ސަރުކާރުން ކަނޑައަޅާފައިވާ ސްކީމްގެ ދަށުން އެމީހެއްގެ މުސާރައިގެ 80 އިންސައްތަ ލިބެއެވެ.

ޓޮޓެންހަމްގެ މި ނިންމުމަށް އެޓީމުގެ ސަޕޯޓަރުން ފާޑު ކިޔުމާ ގުޅިގެން ހޯމަ ދުވަހު އެ ކްލަބުން ވަނީ އެ ނިންމުން ބަދަލުކުރަން ނިންމާފައެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ ބަރާބަރަށް ދިނުމަށް އެ ކްލަބުން ވަނީ ނިންމާފައެވެ. އަދި މުސާރަ ކުޑަކުރާނީ ހަމައެކަނި އެ ކްލަބުގެ ބޯޑު މެމްބަރުންގެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ސަބަބުން ޓޮޓެންހަމަށް މާލީގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެ ޓީމުން އަލަށް ތަރައްގީ ކުރި ފުޓްބޯޅަ ދަނޑުގެ މަސައްކަތަށް ނަގާފައިވާ އެއް ބިލިއަން ޕައުންޑުގެ ލޯނު އަދި ނުނިމެއެވެ. މި ލޯނުގައި އަދި ބާކީ ނުދައްކާ 637 މިލިއަން ޕައުންޑު އެބަހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓޮޓެންހަމުން އެ ކްލަބުގެ ނިންމުން ބަދަލުކުރިއިރު، ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުންވެސް ވަނީ މުވައްޒަފުން ނޯޕޭއަށް ފޮނުވުމަށް ނިންމި ނިންމުން ބަދަލުކޮށްފައެވެ. މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ނިއުކާސަލް ޔުނައިޓެޑާއި، ބޯންމަތު އަދި ނޯވިޗް ސިޓީގެ ބައެއް މުވައްޒަފުން ވަނީ ނޯޕޭއަށް ފޮނުވާލާފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިތުރަށް ކިޔާލަން

15 ޖުލައި 2017

ޓޮޓެންހަމްގެ ކައިލީ ވޯކާ މެންޗެސްޓާ ސިޓީ އަށް ސޮއިކޮށްފި

15 ޖުލައި 2017
ޓޮޓެންހަމްގެ ކައިލީ ވޯކާ މެންޗެސްޓާ ސިޓީ އަށް ސޮއިކޮށްފި
02 ޖުލައި 2017

17 އަހަރުން ދަށުގެ ވޯލްޑްކަޕް: އިންޑިއާގެ މެޗުތައް ނިއު ދިއްލީއަށް ބަދަލުކޮށްފި

02 ޖުލައި 2017
17 އަހަރުން ދަށުގެ ވޯލްޑްކަޕް: އިންޑިއާގެ މެޗުތައް ނިއު ދިއްލީއަށް ބަދަލުކޮށްފި
29 ޖޫން 2017

އެމްބަޕޭ އަކީ "ޕްރައިޒްލެސް" މީހެއްހެން ދޭހަވާގޮތަށް އޭނާގެ ޓްވީޓާ އެކައުންޓްގެ ކަވާ ބަދަލުކޮށްފި

29 ޖޫން 2017
އެމްބަޕޭ އަކީ "ޕްރައިޒްލެސް" މީހެއްހެން ދޭހަވާގޮތަށް އޭނާގެ ޓްވީޓާ އެކައުންޓްގެ ކަވާ ބަދަލުކޮށްފި
22 މެއި 2017

ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި

22 މެއި 2017
ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި
11 މެއި 2017

ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި

11 މެއި 2017
ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި
29 އެޕްރީލު 2017

ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހި ހަމަނުޖެހުން ބޮޑުވި މެޗުން މޮޅުވެ ނިއު އެއްވަނައަށް

29 އެޕްރީލު 2017
ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހި ހަމަނުޖެހުން ބޮޑުވި މެޗުން މޮޅުވެ ނިއު އެއްވަނައަށް
26 އެޕްރީލު 2017

ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި

26 އެޕްރީލު 2017
ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި
13 އެޕްރީލު 2017

ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް

13 އެޕްރީލު 2017
ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް