Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19

ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިޙާބު ބޭއްވޭކަށް ނެތް: އީސީ

މި ދެ އިންތިހާބު ބާއްވަން ކުރިން ނިންމީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 އެޕްރީލު 2020 | ހޯމަ 11:50
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން

ކޮވިޑް-19 އާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިޙާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޙާބު ފަސްކޮށްފިއެވެ.

ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނެރުނު ބަޔާނެއްގައި ބުނީ، މި 2 އިންތިހާބު އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ކުރިން ނިންމާފައިވީނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އޭޕްރީލް މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ދެމެހެއްޓުމަށް މިނިސްޓްރީ އޮފް ހެލްތުން ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތް ކަމަށާއި، ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިޙާބު ބޭއްވެން ނެތް ކަމަށް އީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އިންތިޙާބުގެ ކަންކަން ހިނގަނީ ބިރުވެރިކަމެއް ނެތް މާހައުލެއްގައި ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާ ކުރެވޭ ގޮތަށްކަން ކަށަވަރު ކުރުމަކީ ޤާނޫނުން އީސީގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އީސީން އިތުރަށް ބުނީ، ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުނިމި، އިންތިޙާބު ބޭއްވޭނެ މާޙައުލެއް ޤާއިމުވުމާއެކު، ނުވަތަ މިކަމުގައި އަމަލުކުރާނެ ޤާނޫނީ ހައްލެއް ލިބުމާއެކު މި އިންތިޙާބުތަކާއި ގުޅިގެން އީސީން ކަނޑައަޅާނެގޮތެއް އިއުލާނު ކުރާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ނިންމީ މިމަހުގެ 4 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން އިލެކްޝަންސް ކޮމިޝަނުން އިންތިހާބު މި މަހުގެ 18 ވަނަ ދުވަހަށް ފަސްކުރި އެވެ. އަދި 18 ވަނަ ދުވަހު އިންތިހާބު ބާއްވާނަމަ، ކެމްޕޭންކުރުމުގެ ހައްޤުވެސް ގެއްލޭނެތީވެ އެކަމުގައި ޤާނޫނީ ހައްލެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ކޯޓަށްވެސް މައްސަލަ ހުށަހެޅި އެވެ. ނަމަވެސް މަޖިލީހުން އެކަމުގައި ޤާނޫނީ ހައްލުތަކެއް ހޯދުމުގެ މަސައްކަތް ފެށުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު ފަސްކުރުމުގެ މައްސަލަ ކޯޓުން ނަގާފަ އެވެ.

މަޖިލީހުން މިހާރުވެސް އަންނަނީ އިންތިހާބާއި ގުޅިގެން އަމަލުކުރަންޖެހޭގޮތެއް ކަނޑައެޅުމަށް ގިނަ ބިލްތަކެއްގެ މަސައްކަތް ކުރިއަށްގެންދަމުންނެވެ. އެގޮތުން ޤާނޫނެއް ވުޖޫދުކޮށްގެން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރާއި، ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށްވެސް ހުށަހެޅި އެވެ. ޤާނޫނު އަސާސީއަށް ގެންނަން ހުށަހެޅި އިސްލާހަކީ، ކައުންސިލްތަކުގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު ދިގުވާގޮތަށް ގެންނަން ހުށަހެޅި ބަދަލު އެވެ. ނަމަވެސް މިހާލަތުގައި ޤާނޫނު އަސާސީ އިސްލާހްކުރެވިދާނެތޯ އުފެދުނު ސުވާލުތަކާއެކު ފަހުން ވަނީ އެކަމަށް ހާއްސަ ޤާނޫނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މި ބިލުގައިވާގޮތުން މިހާރު ހިނގަމުންދާ ކައުންސިލްތައް އިންތިޚާބުކުރެވިފައިވަނީ 3 އަހަރުގެ ދައުރަކަށް ކަމަށް ވީނަމަވެސް، ކައުންސިލްތަކުގެ އުމުރު ޤާނޫނުއަސާސީއިން 5 އަހަރަށް ބަދަލުކޮށްފައިވާތީއާއި، ހިނގަމުންދާ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު, އައު ކައުންސިލްތައް އިންތިޚާބު ނުކުރެވުމުގެ ސަބަބުން ޤާނޫނީ ހުސްކަމެއް ކުރިމަތިވާނެ ކަމަށްވެއެވެެ. މީގެ އިތުރުން ޤާނޫނުއަސާސީގެ 230 ވަނަ މާއްދާ ނިޔާކުރާގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން މެނުވީ ނުހިންގޭނޭތީ، ލާމަރުކަޒީ އުސޫލުން ހިންގާނީ ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްތައް މެދުވެރިކޮށްގެންކަން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގައިވާކަމަށް ބިލުގައިވެއެވެ.

ބިލުގައިވާގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ ދަށުން ބާއްވަންޖެހޭ އިންތިޚާބު ބާއްވައި، ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވަންދެން މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު އިންތިޚާބުކުރެވިފައިވާ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން އެ މީހުންގެ މަޤާމުގައި ދެމިތިބޭނެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން ނިންމާނިންމުންތަކަކީ ޤާނޫނުއަސާސީއާއި، ޤާނޫނުގައިވާ ގޮތުގެމަތީން ފުރިހަމަބާރުވެރިކަން ލިބިގެންވާ، އަދި އެ ނިންމުންތަކަށް ކައުންސިލްތަކުން ޒިންމާވާންޖެހޭނޭ ނިންމުންތަކެއްކަމުގައި ބެލެވޭނެކަމަށް ބިލްގައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނުގެ ދަށުން ބާއްވަންޖެހޭ އިންތިޚާބުބޭއްވި އަލަށް އިންތިޚާބު ކުރެވޭ ކައުންސިލަރުން އެ މީހުންގެ މަޤާމާ ޙަވާލުވާތާރީޚުން ފެށިގެން މި ޤާނޫނު އުވޭނެކަމަށް ބިލްގައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ހައްޔަރުކުރި މީހުންގެ އަދަދު 110 އަށް އަރާ: އެމްޑީޕީ

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ހައްޔަރުކުރި މީހުންގެ އަދަދު 110 އަށް އަރާ: އެމްޑީޕީ

05 މާރިޗު 2018
ރައީސަށް ކަމެއް ދިމާވީމައި ސިފައިންނާއި ފުލުހުން ޤާނޫނުގައި އޮތީ ކޯއްޗެއްތޯ ބަލަން ނުޖެހޭ: ރައީސް ޔާމީން

ރައީސަށް ކަމެއް ދިމާވީމައި ސިފައިންނާއި ފުލުހުން ޤާނޫނުގައި އޮތީ ކޯއްޗެއްތޯ ބަލަން ނުޖެހޭ: ރައީސް ޔާމީން

28 ފެބުރުއަރީ 2018
ގާނޫނުގައި ބުނާ މުއްދަތުގައި އިންތިޚާބު ބާއްވާނެ ކަމަށް ނުބެލެވޭ: އިބޫ

ގާނޫނުގައި ބުނާ މުއްދަތުގައި އިންތިޚާބު ބާއްވާނެ ކަމަށް ނުބެލެވޭ: އިބޫ

22 ޖެނުއަރީ 2018
ކުށްވެރިވެދާނެތީ  އިލެކްޝަންސް ކޮމިޝަނަކަށް އިންތިޚާބު ބޭއްވޭކަށް ނެތް:ޢަލީ ނިޔާޒް

ކުށްވެރިވެދާނެތީ އިލެކްޝަންސް ކޮމިޝަނަކަށް އިންތިޚާބު ބޭއްވޭކަށް ނެތް:ޢަލީ ނިޔާޒް

25 ސެޕްޓެމްބަރު 2017
ގާނޫނު ބުނާ މުއްދަތުގައި ބައި އިލެކްޝަން ނުބޭއްވި، ގާނޫނު އަސާސީއާއި ހުކުމާ ވެސް ޚިލާފު ވެއްޖެ

ގާނޫނު ބުނާ މުއްދަތުގައި ބައި އިލެކްޝަން ނުބޭއްވި، ގާނޫނު އަސާސީއާއި ހުކުމާ ވެސް ޚިލާފު ވެއްޖެ

20 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު