Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުއްލި ނުރައްކަލުގެ ހާލަތު

ރައީސަށް ކަމެއް ދިމާވީމައި ސިފައިންނާއި ފުލުހުން ޤާނޫނުގައި އޮތީ ކޯއްޗެއްތޯ ބަލަން ނުޖެހޭ: ރައީސް ޔާމީން

ރައީސަށް އޮންނަންވާ އިހްތިރާމާއި ތެދުވެރިކަން ސަރުކާރުގައި ތިއްބެވި ބޭފުޅުންނާއި ފުލުހުންނާއި ސިފައިންގެ ތެރޭގައި އޮންނަން ވާނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2018 | ބުދަ 01:46
ޕީޕީއެމްއިން އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ

ޕީޕީއެމްއިން އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާއަށް ކަމެއް ދިމާވީމައި ސަރުކާގައި ތިއްބެވި ބޭފުޅުންނާއި ސިފައިންނާއި ފުލުހުން ޤާނޫނުގައި އޮތީ ކޯއްޗެއްތޯ ބަލަން ނުޖެހޭނެ ކަމަށް ދޭހަވާފަދަ މޭރުމަކުން ރައީސް ޔާމީން ވާހަކަ ދައްކަވައިފިއެވެ.

"ސަލާމަތީ ބާރުތަކާއިއެކު ދިވެހިން"ގެ ނަމުގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައެއްގައި އަންގާރަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސަށް އޮންނަންވާ އިހްތިރާމާއި ތެދުވެރިކަން ސަރުކާރުގައި ތިއްބެވި ބޭފުޅުންނާއި ފުލުހުންނާއި ސިފައިންގެ ތެރޭގައި އޮންނަން ވާނެކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކީ އޮޑިއެއްގެ ކައްޕިއެއްކަމަށާއި، ސަރުކާރާއި ސަލާމަތީ ޚިދުމަތްތަކަކީ އޮޑީގެ ފަޅުވެރިންގެ ގޮތުގައި ސިފަކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

"ކައްޕިއަށް އޮންނަ އިހްތިރާމާއި ކައްޕިއަށް އޮންނަ ތެދުވެރިކަން ހުރިހާ ފަޅުވެރިންގެ އޮންނަންވާނެ. ފަޅުވެރިންނަށް ކަމެއް ދިމާވީމައި، ކައްޕިއަށް ކަމެއް ދިމާވީމައި ގަދަ ކޮޅިގަނޑެއްގެ ތެރޭގައި ދަތުރުކުރާއިރު، ފަޅުވެރިންނެއް ސުވާލެއް ނުއުފައްދާނެ ޤާނޫނުގައި އޮތީ ކިހިނެއްތޯ. އޭގެ ތެރޭގައި ޑިމޮކްރަސީއެއް ނޯންނާނެ. ސިފައިންނާއި ފުލުހުންގެ ތެރޭގައި އެކަން އޮންނާނީ އެގޮތަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅާއި ގުޅިގެން ބައެއް ސިޔާސީ ފަރާތްތަކުން ބުނީ އެމަނިކުފާނުގެ ވާހަކަފުޅުން ދޭހަވެގެން ދިޔައީ އެމަނިކުފާނުގެ ވެރިކަމަށް ޤާނޫނީ އިމުގެ ތެރެއިން ކަމެއް ދިމާވިނަމަވެސް، ސިފައިންނާއި ފުލުހުން ޤާނޫނު އެކަހެރިކުރުމަށްފަހު އެމަނިކުފާނުގެ ދިފާޢުގައި ނިކުންނަން ޖެހޭކަމަށް އެމަނިކުފާނަށް ހީފުޅުކުރެވިފައި އޮންނަކަމަށެވެ. އެހެން ނަމަވެސް ފުލުހުންނާއި ސިފައިންވެސް މަސައްކަތްކުރަން ޖެހޭނީ ރައްޔިތުންނާއި ދައުލަތުގެ ދިފާޢުގައިކަމަށާއި، ވެރިމީހާގެ ވެރިކަން ދިފާޢުކުރަން ނޫންކަމަށް އެބޭފޫޅުން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ފުލުހުންނާއި ސިފައިން ރައީސް ޔާމީނަށް ތެދުވެރިވާން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިނަމަވެސް، ފުލުހުންނާއި ސިފައިން ތެދުވެރިވަން ޖެހޭނީ ދައުލަތަށާއި ޤައުމަށްކަމަށް އެބޭފުޅުން ފާހަގަކުރެއްވިއެވެ. ހަމައެއާއިއެކު، ފުލުހުންގެ ވާހަކަ ރައީސް ޔާމީން ދެއްކެވިނަމަވެސް ފުލުހުންގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބާރު ނުހިނގާނެކަމަށް ޤާނޫނުގައި ބުނެފައިވާކަން ގިނަ ބޭފުޅުން ފާހަގަކުރައްވައެވެ.

ކަމެއް ދިމާވެއްޖެނަމަ ފުލުހުންނާއި ސިފައިން ޤާނޫނަށް ނުބަލައި ކޮމާންޑަރުން އަންގާ ގޮތަކަށް ކަންތައްކުރުމަށް ރައީސް ޔާމީން ނަސޭހަތް ދެއްވިނަމަވެސް، ނުރައްކާތެރި ޙާލަތްތަކުގައިވެސް ފުލުހުންނާއި ސިފައިން އަމަލުކުރަން ޖެހޭ ގޮތްތައް ޤާނޫން އަސާސީ އާއި ފުލުހުންގެ ޤާނޫނާއި ސިފައިންގެ ޤާނޫނުގެ އިތުރުން ރާއްޖެއިން ސޮއެކޮށްފައިވާ އެތައް މުޢާހަދާތަކަކާއި ފުލުހުންނާއި ސިފައިންގެ ތެރޭގައި އޮންނަ ރޫލްސް އެފް އެންގޭޖްމަންޓާއި ކަމާއި ގުޅޭ އެހެން އުޞޫލުތަކުގައި ބަޔާންކޮށްފައިވާކަން ގިނަ ޤާނޫނީ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ކޮންޓްރޯލް ރައީސް ޔާމީނަށް ގެއްލުނީމާ ޑިމޮކްރަސީގެ ނިޒާމަށް ބަލާކަށް ނުޖެހޭނެކަމަށް ދޭހަވާފަދަ މޭރުމަކުން ރައީސް ޔާމީން ވާހަކަ ދެއްކެވިއެވެ. ފާޑުކިޔާ ގިނަ ފަރާތްތަކުން ސިފަކުރާ ގޮތުގައި މި ފެބްރުއަރީ މަހު ރައީސް ޔާމީން އެއަމަލުކުރައްވަމުން ގެންދަވަނީ ޑިމޮކްރަސީގެ އުޞޫލުތަކާއި ޚިލާފަށްކަމަށާއި، ފުލުހުންނާއި ސިފައިން މަސައްކަތްކުރަމުންދަނީ ޤާނޫނާއި ޚިލާފަށް ރައީސް ޔާމީންގެ ވެރިކަން ދިފާޢުކޮށްދިނުމަށްކަމަށް ރައީސް ޔާމީން ވަނީ ނުސީދާކޮށް އަންގާރަ ދުވަހުގެރޭ އިއުތިރާފްވެވަޑައިގެންފައެވެ.

ކައްޕިއެއްގެ މިސާލު ނަންގަވަމުން ރައިސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރަކީ އެއްވެސް މީހަކަށް އެއާއިމެދު ސުވާލު އުފެއްދޭނެ ބާރެއް ނޫންކަމަށެވެ.

"ޤާނޫން އަސާސީގައި ކައްޕިއަށް ދޭ ބާރުތަކެއް މިހިރީ އެބާރު އެހެން އެއްވެސް މީހަކާއި ހިއްސާ ނުކުރާ، އަދި އޭގެއިން އެއްވެސް މީހަކާއި ބައިވެރިނުކޮށް އޭނާއަށް ދީފައި ހުންނަ ވަރުފަދަ އެބްޒޮލިއުޓް ބާރުތަކެއް މިހުންނަނީ. އެބާރަކީ އެހެން މީހަކަށް ޗެލެންޖް ކުރެވޭނެ ބާރެއް ނޫން. ކައްޕިއާއި ސުވާލު ކުރެވޭނީ ހަމައެކަނި ޤާނޫން އަސާސީއާއި ޚިލާފަށް ކަމެއް ކުރަންޏާ. ނުވަތަ ކައްޕި ހޮވުމަށްޓަކައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވެއްޖެއްޔާ. މިސާލަކަށް ކައްޕިވެސް ބުއްދި ގޯސްވެއްޖެކަމަށްވަންޏާ ކައްޕިއާއި ސުވާލު އުފައްދާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާއަކީ ހިތްޕުޅަށް އަރާވަޑައިގަންނަވާހާ ގޮތަކަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު ޤާނޫނު އަސާސީއިން ދީފައިވާ ބޭފުޅެއް ނޫންކަން ޤާނޫނީ ވަކީލުން އަންގާރަ ދުވަހުގެރޭ ރައީސް ޔާމީން ވާހަކަ ދެއްކެވި ގަޑީގައިވެސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު