Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ހައްޔަރުކުރި މީހުންގެ އަދަދު 110 އަށް އަރާ: އެމްޑީޕީ

5 މާރިޗު 2018 | ހޯމަ 16:00

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮށްފައިވާ ޓްވީޓަކީ ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކޮށްފައިވާ ޓުވީޓެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 5 މާރިޗު 2018 | ހޯމަ 16:00
އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރަު ހައްޔަރުކޮށްގެން ގެންދިއުމަށް ފުލުހުން މަސައްކަތްކުރަނީ

އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރަު ހައްޔަރުކޮށްގެން ގެންދިއުމަށް ފުލުހުން މަސައްކަތްކުރަނީ

ޤާނޫނުއަސާސީއާ ޚިލާފު ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގެ ތެރޭގައި ހައްޔަރު ކުރި މީހުންގެ ޖުމްލަ ޢަދަދު 110 އަށް އަރާ ކަމަށާއި، ފުލުހުން އާންމު ކޮށްފައިވާ ތަފާސް ހިސާބަކީ ހަޤީޤަތް ރައްޔިތުންނަށް އޮޅުވާލުމަށް އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކެއް ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބުނެފި އެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި އެކިއެކި އިހުތިޖާޖުތަކުން ޖުމްލަ 48 މީހަކު ހައްޔަރު ކުރި ކަމަށާއި އޭގެ ތެރެއިން 47 މީހުން ދޫކޮށްލާފައިވާ ކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮށްފައިވާ ޓްވީޓަކީ ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކޮށްފައިވާ ޓުވީޓެއްކަން ހާމަކޮށް އެމްޑީޕީން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނުއަސާސީއާ ޚިލާފު ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގެ ތެރޭގައި ހައްޔަރުކުރި މީހުންގެ ޖުމްލަ ޢަދަދަކީ 110 ކަމަށެވެ. އަދި އޭގެ ތެރެއިން ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކުރި މީހުންގެ ޢަދަދު މިވަނީ 36 އަށް އަރާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނީ، އެ 36 މީހުން މިހާރުވެސް ތިބީ ބަންދުކޮށް ރަހީނުކޮށްފައި ކަމަށެވެ. އަދި އޭގެތެރެއިން ދޫނިދޫގައި 34 މީހަކު ބަންދުކޮށްފައި ތިބިއިރު ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި އެކަކު ހައްޔަރުކޮށް، ގޭބަންދުގައި ވެސް އެކަކު ހުރިކަން އެ ޕާޓީން ފާހަގަ ކޮށްފައިވެއެވެ.

ބަޔާނުގައި އިތުރަށް އެމްޑީޕީން ބުނެފައިވަނީ ފުލުހުންގެ އެކިއެކި ލިޔެކިޔުންތަކުގައި އެމުއައްސަސާގެ ބެލުމުގެ ދަށުގައިވާ މީސްމީހުންނާ ގުޅޭ ގޮތުން ޢާންމުކުރާ މައުލޫމާތު ރައްޔިތުންނަށް އޮޅޭ ގޮތަށް ހާމަ ކުރަމުންދާ ކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި، އެފަދަ ކަންކަން އެމޭރުމުން ނުކުރުމަށް ރައީސް ޔާމީނަށާއި ފުލުހުންގެ މުއައްސަސާއަށް ގޮވާލާ ކަމަށެވެ. އަދި އެކިއެކި ކުށްކުށުގައި ހައްޔަރުކޮށް ބަންދުކުރެވޭ މީހުނަށް ލިބެންޖެހޭ އެންމެ އަސާސީ ޙައްޤުތަކާއި ޚިދުމަތްތައް ވެސް ވަނީ ޢަބްދުﷲ ޔާމީންގެ ސަރުކާރުން އެ ފަރާތްތަކަށް ލިބުނަނުދީ ހިފަހައްޓާފައި ކަމަށް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން ބުނިގޮތުގައި ޣައިރުޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ރަހީނުކޮށްފައި ތިބި 36 ބޭފުޅުންގެ ތެރޭގައި ސިޔާސީ ލީޑަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސިޔާސީ މަސައްކަތްތެރީންގެ އިތުރުން، ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ސަރުކާރުގެ ވުޒާރާތަކުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން، ފުލުހުންގެ އޮފިސަރުން ވެސް ހިމެނެއެވެ. އެފަރާތްތައް މިހާރުން މިހާރަށް މިނިވަންކުރައްވައި، ޤާނޫނުގެ ތެރެއަށް ވެދެވަޑައިގަތުމަށް ރައީސް ޔާމީނަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.

"5 ފެބްރުއަރީ 2018 ވީ ހޯމަ ދުވަހު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޤާނޫނުއަސާސީއާއި ކަނޑައެޅިގެން ޚިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރައްވައި ދައުލަތުގެ މުއައްސަސާތަކުގެ ބާރު ވަނީ ކަނޑުވާލާފައެވެ. މިއަދަކީ، ޤާނޫނުއަސާސީއާ ޚިލާފަށް އިސްވެ ދެންނެވި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރިތާ 1 މަސް ދުވަސް ފުރުނު ދުވަހެވެ. އެ ޣައިރުޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ތެރޭގައި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އެއްވެސް އަސާސެއް ނެތް ގޮތުގައި އެތަކެއް ބަޔަކު ރަހީނުކޮށް އެމީހުންނަށް ޤާނޫނުއަސާސީން ލިބިފައިވާ ގިނަ ޙައްޤުތަކެއް ނިގުޅައިގެންފައެވެ. އަދި ފުލުސް އޮފީހުގެ ތަފާސް ހިސާބުތައް ހާމަކުރުމުގައި ރައްޔިތުންނަށް އޮޅޭގޮތަށް އެހިސާބުތައް ދަނީ ހާމަކުރަމުންނެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
16 މާރިޗު 2017

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
13 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި

13 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
06 ފެބުރުއަރީ 2017

ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

06 ފެބުރުއަރީ 2017
ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް