Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ

ކުށްވެރިވެދާނެތީ އިލެކްޝަންސް ކޮމިޝަނަކަށް އިންތިޚާބު ބޭއްވޭކަށް ނެތް:ޢަލީ ނިޔާޒް

ގޮނޑި ގެއްލުނު ކަމުގެ އެއްވެސް ލިޔެކިޔުމެއް އިލެކްޝަންސް ކޮމިޝަނަކަށް ނުލިބޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 25 ސެޕްޓެމްބަރު 2017 | ހޯމަ 00:30
ޢަލީ ނިޔާޒް: އިލެކްޝަންސް ކޮމިޝަނަށް ފާޑު ވިދާޅުވި

ޢަލީ ނިޔާޒް: އިލެކްޝަންސް ކޮމިޝަނަށް ފާޑު ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވީނަމަވެސް އެކޮމިޝަން ކުށްވެރިވެދާނެތީ ބައި އިލެކްޝަން ބޭއްވޭނެ އެއްވެސް ގޮތެއް އެ ކޮމިޝަނަކަށް ނެތްކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ޢަލީ ނިޔާޒް މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި އާދީއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޢަލީ ނިޔާޒް ވިދާޅުވީ ރާއްޖޭގައި އުފެދިފައި އޮތް މިނިވަން މުއްސަސާއަކުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދެކަމެއް ކުރަމުން އެބަ އަންނަ ކަމަށާއި އެކޮމިޝަނަކީ އިލެކްޝަންސް ކޮމިޝަން ކަމަށެވެ.

ނިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެކޮމިޝަން އައްޔަން ކޮށްފައިވަނީ މިނިވަން އިންސާފްވެރި އިންތިޚާބްތަކެއް ބާއްވަން ކަމަށާއި އެހެންނަމަވެސް އެމީހުން ކުރާ ކަމަކީ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމަށްފަހު އެގޮނޑިތަކަށް އިންތިޚާބުވެސް ނުބޭއްވުން ކަމަށެވެ.

ޢަލީ ނިޔާޒް ވިދާޅުވީ ޤާނޫން އަސާސީއާ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އެކޮމިޝަނުން އެއްކަމެއްވެސް އެކޮމިޝަނުން ނުކުރާ ކަމަށާއި އަދި އެކަން ނުކުރާ ސަބަބާބެހޭގޮތުން ނޫސްވެރިއަކު ސުވާލުކުރިއަސް ޖަވާބެއް ނުދެވޭ ކަމަށެވެ.

ޖަވާބު ނުދެވެނީ އަލީ ނިޔާޒް ވިދާޅުވި ގޮތުގައި އެކޮމިޝަނަށް ބުނެވޭނެ އެއްޗެއް ނެތީ ކަމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅިނަމަވެސް އިންތިޚާބެއް ބާއްވައިގެން އެކޮމިޝަންގެ މެންބަރުން ކުށްވެރިވާނެ ކަމަށް ޤަބޫލު ކުރައްވަނީ ކަމަށެވެ. އަދި ގޮނޑި ގެއްލިފައިވާކަމަށް ޚުދު އެކޮމިޝަނގެ 5 މެންބަރުންވެސް ޤަބޫލް ނުކުރައްވާކަމަށް ނިޔާޒް ވިދާޅުވިއެވެ.

" މައުލޫމާތު ހިއްސާކޮށްފައި ހުރީ ފޯނުކޯލަކުން. ލިޔެކިއުމަކުން އެމީހުންނާ ހަވާލުކޮށްފައެއް ނުވޭ. ގޮނޑިތައް ގެއްލޭނެ ކަމުގެ ރަސްމީ ލިޔުމެއް ނެތް ލިބިފައެއް. މުޅިންވެސް ވާހަކަދެކެވިފައި ހުރީ ފޯނުކޯލަކުން. އަނގަބަހުން. ބަންޑާރަނައިބުގެ ފަރާތުން ލިޔުމަކުން ބޭނުންވޭ އިންތިޚާބު ބޭއްވިދާނެތޯ. އަދި ލިޔުމެއް ނުލިބޭ. އެއްވެސް ހިސާބަކުން މިކަމާ ޒިންމާވާން ޖެހޭނަމަ ވާން ޖެހެނީ އީސީ . އެހެންވެ ނެތް އިންތިޚާބެއް ބޭއްވޭކަށް. ގޮނޑިއެއް ހުހެއް ނުވޭ. އީސީގެ 5 މީހުންވެސް ޤަބޫލެއް ނުކުރޭ. އެކަމެއް" ޢަލީ ނިޔާޒް ވިދާޅުވިއެވެ.

ޢަލީ ނިޔާޒް ވިދާޅުވީ އެކޮމިޝަނުން ކުރާ ދެވަނަ ކަމަކީ ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ނުދީ ހިފެހެއްޓުން ކަމަށާއި އެފައިސާ ދޭންޖެހޭ މުއްދަތު ފަހަނައަޅާގޮސް އިލެކްޝަންސް ކޮމިޝަން ވަނީ ޤާނޫނާ ޚިލާފްވެފައިކަމަށް ޢަލީ ނިޔާޒް ވިދާޅުވިއެވެ.

"ދެވަނަ ކަމަކަށް ޕާޓީތަކުގެ ފައިސާ ދޫކުރަން ޖެހޭނެ ކަމަށް ބުނާ މުއްދަތުގައި ފައިސާ ނުދީ ހިފެހެއްޓުން.ޤާނޫންގައި ބުނާ މުއްދަތު ފަހަނައަޅައިފި. އެކަމުގައިވެސް ވަނީ ޤާނޫނާއި ޤަވާއިދު ތަކާ ޚިލާފްވެފައި. އެހެންވީމާ ހިމޭނުން ތިބުން ނޫން ގޮތެއް ނެތް." ނިޔާޒް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު