Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުވައްޒަފުން ވަޒީފާއިން ވަކިކުރާ މައްސަލަ

ވަޒީފާއިން ވަކިކުރާ މީހުންގެ މައްސަލަ ބަލަން އެޗްއާރްސީއެމް އިން އަންގައިފި

11 އެޕްރީލު 2020 | ހޮނިހިރު 08:05

ގިނަ ބަޔަކު ވަޒީފާއިން ވަކިކުރާ ކަމުގެ ޝަކުވާތައް ވަނީ ލިބިފައި

އަމަން ހަލީމް
އަމަން ހަލީމް | 11 އެޕްރީލު 2020 | ހޮނިހިރު 08:05
މަސައްކަތްތެރީންގެ ހައްގުގައި ކުރި މުޒާހަރާއެއްގެ ތެރެއިން

މަސައްކަތްތެރީންގެ ހައްގުގައި ކުރި މުޒާހަރާއެއްގެ ތެރެއިން

ކޮވިޑް-19 އާ ގުޅިގެން ވަޒީފާތަކުން ވަކިކުރާ މީހުންގެ މައްސަލަތައް ބަލަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް އަންގައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެޗްއާރްސީއެމް އިން ކުރަމުންގެންދާ މަސައްކަތާ ގުޅޭ މައުލޫމާތު މީޑިއާ އާ ހިއްސާކުރަމުން އެ ކޮމިޝަނުން ބުނެފައިވަނީ، އަމިއްލަ ބައެއް ބޮޑެތި ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ ކަމަށާއި، މުސާރަ ނުލިބޭ ގޮތަށް ގޭގައި މަޑުކުރުމަށް އަންގަމުންދާ ކަމަށް ކޮމިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީހުން ވަޒީފާ އިން ވަކިކުރާ ކަމަށް ލިބުނު މައުލޫމާތު ތަކާއި ގުޅިގެން، އެ ކޮމިޝަނަށް ބޭނުންވާ މައުލޫމާތު އެ ކުންފުނިތަކުން ހޯދުމަށް ފަހު އެ މައްސަލަތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީ ގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އެޗްއާރްސީއެމް އިން ވަނީ މައުލޫމާތު ދީފަ އެވެ. އަދި އެ ފަދަ މައްސަލަތައް ބެލުމަށް އެ އޮތޯރިޓީ އަށް އެ ކޮމިޝަނުން ވަނީ ދަންނަވާފަ އެވެ.

އޭގެ އިތުރުން، އެޗްއާރްސީއެމް އިން ވަނީ މި މައްސަލަތައް މިނިސްޓްރީ އޮފް ޓުއަރިޒަމް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގެ ސަމާލުކަމަށް ގެނެސްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް، ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް، ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފަ އެވެ. އެހެން ނަމަވެސް، ވަޒީފާތަކުން މުވައްޒަފުން ވަކި ނުކުރުމަށް ކަމާބެހޭ ވުޒާރާތަކުން ވަނީ އަންގާފަ އެވެ. އެގޮތުން، ޓުއަރިޒަމް މިނިސްޓްރީ އިން ވަނީ މިހެން ކަންކުރާ ރިސޯޓުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މި ދަނޑިވަޅުގައި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތި ތަކުން އަރައިގަތުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ސަރުކާރުން އިއުލާންކޮށްފައިވާ ލޯނު ސްކީމްގައި ބައިވެރިވުމުގެ މައިގަނޑު އެއް ޝަރުތަކީ ވެސް މުވައްޒަފުން ވަޒީފާ އިން ވަކި ނުކުރުމެވެ. އަދި މުވައްޒަފުން ވަކިކޮށް، މުސާރަ އުނި ކުރާ ފަރާތްތަކަށް އެހީ ފޯރުކޮށް ނުދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް