Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ފަންޑު ހޯދުމަށް ޕްރިމިއާ ލީގު ކުޅުންތެރިންގެ ހާއްސަ ކެމްޕޭނެއް

މި ކެމްޕޭން މެދުވެރިކޮށް ނެޝަނަލް ހެލްތު ސާވިސަސް އެހީވުމަށް ކުޅުންތެރިން މަސައްކަތް ކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 އެޕްރީލު 2020 | ބުރާސްފަތި 02:36
ލިވަޕޫލްގެ ކުޅުންތެރިން

ލިވަޕޫލްގެ ކުޅުންތެރިން

ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ދެކޮޅަށް އިނގިރޭސިވިލާތުގައި މަސައްކަތް ކުރާ ނެޝަނަލް ހެލްތު ސާވިސަސް އަށް އެހީވުމުގެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިން ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

"ކުޅުންތެރިން އެކުގައި" މި ނަމުގައި ފެށި މި ކޭމްޕޭން މެދުވެރިކޮށް ނެޝަނަލް ހެލްތު ސާވިސަސް އަށް ފަންޑު ހޯދުމަށް ޕްރިމިއާ ލީގުގެ ކުޅުންތެރިން މަސައްކަތް ކުރާނެ އެވެ. އަދި މި ކެމްޕޭން ކުރިއަށް ގެންދަނީ ނެޝަނަލް ހެލްތު ސާވިސަސް ޗެރިޓީސް ޓުގެދާ އާ ގުޅިގެންނެވެ.

އިނގިރޭސިވިލާތުން މިހާތަނަށް 60،000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ޕްރިމިއާ ލީގު ކުޅުންތެރިންގެ މި ކެމްޕޭން މެދުވެރިކޮށް، ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އެހީވުމަށް ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ޕްރިމިއާ ލީގުގެ ކްލަބުތަކުން މީގެ ކުރިން ވަނީ ނެޝަނަލް ހެލްތު ސާވިސަސް އަށް 20 މިލިއަން ޔޫރޯ ހަދިޔާ ކުރުމަށް ނިންމާފައެވެ.

އަދި ކްލަބުތަކަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް، ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރައިން ވަރަށް އަވަހަށް 30 އިންސައްތަ އުނިކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު ފްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. އެ ޔޫނިއަނުން ބުނީ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމުން، ކްލަބުތަކަށް ޖުމްލަ 500 މިލިއަން ޔޫރޯ އެއްކުރެވޭ ކަމަށެވެ. އެއާއެކު އިނގިރޭސިވިލާތުގެ ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 200 މިލިއަން ޔޫރޯ މަދުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މިއާއެކު އެކަމުގެ ސަބަބުން ބައެއް ކްލަބުތަކުން ނާޖައިޒު ފައިދާ ނަގަން މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު