Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލީސް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސިއަށް އިސްލާހު ގެނެވިދާނެ ކަމާއިމެދު މެމްބަރުން ސުވާލު އުފައްދައިފި

ބައެއް މެމްބަރުން ވިދާޅުވީ މި ހާލަތުގައި ޤާނޫނު އަސާސީ އިސްލާހްކުރެވޭނެ ކަމަށް

އަލީ ސަމާޚް
އަލީ ސަމާޚް | 6 އެޕްރީލު 2020 | ހޯމަ 07:01
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ކޮވިޑް-19 ފެތުރެން ހުއްޓުވުމުގެ ގޮތުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، ގާނޫނު އަސާސީ އަށް އިސްލާހު ގެނެވިދާނެކަމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސުވާލު އުފައްދަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ކައުންސިލް މެމްބަރުންގެ ދައުރު ދިގުދެއްމުމަށް ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު އެވެ. މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނު އަސާސީއަށް އިސްލާހު ނުގެނެވޭނެކަމަށް ޤާނޫނު އަސާސީގައި ބުނެފައިވާކަމަށެވެ. އެހެންކަމުން މި ހާލަތުގައި ޤާނޫނު އަސާސީ އިސްލާހް ކުރެވިދާނެތޯ ސުވާލު އުފައްދަވާ، ރައީސް ނަޝީދު ވަނީ އެ ސުވާލު މެމްބަރުންނާއި ކުރިމަތިކޮށްފަ އެވެ.

Advertisement - newsAdvertisement

އެ ސުވާލާ ގުޅުގެން ވާހަކަދެއްކެވި ބައެއް މެމްބަރުން ދެކިވަޑައިގެންނެވިގޮތުގައި މި ހާލަތުގައި ޤާނުނު އަސާސީ އިސްލާހެއް ނުކުރެވޭނެ އެވެ. ސަބަބެއް ކަމަށް އެ މެމްބަރުން ވިދާޅުވަމުންގެންދެވީ، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ހައްޤުތަށް ހަނިކުރެވޭގޮތަށް، އާންމު ސިއްހަތުގެ ޤާނޫނުގެ ދަށުން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ހައްޤުތައް ހަނިކުރެވޭތީ އެވެ. އެހެންކަމުން މި ހާލަތުގައި ޤާނޫނު އަސާސީ އިސްލާހް ނުކުރެވޭނެކަމަށް މެމްބަރުން ވިދާޅުވި އެވެ.

އަނެއްބައި މެމްބަރުން ދެކިވަޑައިގެންނެވިގޮތުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި، މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ ދެ ހާލަތެކެވެ. އެގޮތުން އެ މެމްބަރުން ވިދާޅުވިގޮތުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވަންޖެހިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވީ ހެލްތު މިނިސްޓަރުކަމުން، މިއީ ދެ ހާލަތެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ޤާނޫނު ނަމްބަރު 7/2012 އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާއިން ހެލްތް މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. އަދި ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު