Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

މުވައްޒަފުން ނޯޕޭ ލީވްއަށް ނުފޮނުވާނެ ކަމަށް މެންޗެސްޓާ ސިޓީން ބުނެފި

މިއީ ޕްރިމިއާ ލީގުގެ ކްލަބަކުން އެ ކްލަބެއްގެ މުވައްޒަފުން ނޯޕޭއަށް ނުފޮނުވާނެ ކަމަށް ބުނި ފުރަތަމަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 އެޕްރީލު 2020 | އާދީއްތަ 13:11
މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމް

މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމް

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މުވައްޒަފުން ނޯޕޭ ލީވްއަށް ނުފޮނުވާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އިނގިރޭސިވިލާތުގައި ނޯޕޭއަށް ފޮނުވާލާ މުވައްޒަފުންނަށް ސަރުކާރުން ކަނޑައަޅާފައިވާ ސްކީމްގެ ދަށުން އެމީހެއްގެ މުސާރައިގެ 80 އިންސައްތަ ލިބެއެވެ.

މެންޗެސްޓާ ސިޓީގެ ސްޕޯކްސްޕާސަން ވިދާޅުވީ މި ދަނޑިވަޅުގައި އެކްލަބުގެ މުވައްޒަފުން ނޯޕޭއަށް ފޮނުވާނުލުމަށް ކްލަބުގެ ބޯޑުން ނިންމާފައިވާ ކަމަށާއި، އެ މުވައްޒަފުންގެ މުސާރާ ބަރާބަރަށް އެ ކްލަބުން ދޭނެ ކަމަށެވެ. މިއީ ޕްރިމިއާ ލީގުގެ ކްލަބަކުން އެ ކްލަބެއްގެ މުވައްޒަފުން ނޯޕޭއަށް ނުފޮނުވާނެ ކަމަށް ބުނި ފުރަތަމަ ފަހަރެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުގެ މުވައްޒަފުން ނޯޕޭއަށް ފަނޮވާލަމުން އަންނައިރު، އެކަމާ ގުޅިގެން ޕްރިމިއާ ލީގުގެ ކްލަބުތަކަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. މީގެ ކުރިން ލިވަޕޫލް، ނިއުކާސަލް ޔުނައިޓެޑް، ޓޮޓެންހަމް ހޮޓްސްޕާސް، ބޯންމަތު އަދި ނޯވިޗް ސިޓީގެ ބައެއް މުވައްޒަފުން ވަނީ ނޯޕޭއަށް ފޮނުވާލާފައެވެ.

ޕްރިމިއާ ލީގުގެ ކްލަބުތަކުގެ ކުޅުންތެރިންގެ މުސާރަ ކުޑަނުކޮށް، މުވައްޒަފުން ނޯޕޭއަށް ފޮނުވާލާ މައްސަލައިގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ޔޫރަޕްގެ އެހެން ސަރަހައްދުތަކުގެ ކްލަބުތަކުގެ ކުޅުންތެރިން އަންނަނީ މުވައްޒަފުންގެ މުސާރަ ބަރާބަރަށް ދިނުމަށްޓަކައި މުސާރާ ކުޑަކުރަމުންނެވެ. އެގޮތުން ސްޕެއިންގެ ބާސެލޯނާ އާއި އިޓަލީގެ ޔުވެންޓަސްގެ އިތުރުން ޖަރުމަންގެ ގިނަ ކްލަބުތަކެއްގެ ކުޅުންތެރިންގެ މުސާރައަށް ވަނީ ބަދަލުގެނެސްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ކްލަބްތަކަށް މާލީ ގޮތުން ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، ޕްރިމިއާ ލީގުގެ ކްލަބުތަކުގެ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމަށް މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން ޕްރިމިއާ ލީގު ވަނީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2019

މެންޗެސްޓާ ޔުނައިޓެޑްގެ މުހިއްމު ކުޅުންތެރިންތަކެއް އަނިޔާގައި

05 މާރިޗު 2019
މެންޗެސްޓާ ޔުނައިޓެޑްގެ މުހިއްމު ކުޅުންތެރިންތަކެއް އަނިޔާގައި
03 ފެބުރުއަރީ 2019

ޕްރިމިއާ ލީގް: މެންޗެސްޓާ ސިޓީ ތާވަލުގެ ތިންވަނައަށް، ޓޮޓެންހަމް ދެވަނައަށް!

03 ފެބުރުއަރީ 2019
ޕްރިމިއާ ލީގް: މެންޗެސްޓާ ސިޓީ ތާވަލުގެ ތިންވަނައަށް، ޓޮޓެންހަމް ދެވަނައަށް!
30 ސެޕްޓެމްބަރު 2018

ކަސްޓަމްސްގެ މުވައްޒަފުން އިބޫ އާއި ފައިސަލަށް މަރުޚަބާ ކިޔުމަށް ހާއްސަ ހަފުލާއެއް!

30 ސެޕްޓެމްބަރު 2018
ކަސްޓަމްސްގެ މުވައްޒަފުން އިބޫ އާއި ފައިސަލަށް މަރުޚަބާ ކިޔުމަށް ހާއްސަ ހަފުލާއެއް!
20 އޮކްޓޯބަރު 2017

އޮޒިލް އަންނަ އަހަރު މެންޗެސްޓާ އަށް ވިއްކާލަން އުޅޭކަމުގެ ވާހަކަ ދެކެވެން ފަށައިފި

20 އޮކްޓޯބަރު 2017
އޮޒިލް އަންނަ އަހަރު މެންޗެސްޓާ އަށް ވިއްކާލަން އުޅޭކަމުގެ ވާހަކަ ދެކެވެން ފަށައިފި
08 އޯގަސްޓު 2017

ރެއާލް އާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރާ ޔޫއެފާ ސުޕަކަޕް މެޗު މިރޭ

08 އޯގަސްޓު 2017
ރެއާލް އާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރާ ޔޫއެފާ ސުޕަކަޕް މެޗު މިރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު