Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ބަޔާންގެ ޑިފެންޑަރު ޖެރޯމް ބޯޓެން ޖޫރިމަނާކޮށްފި

ބޯޓެން ޖޫރިމަނާކުރީ މިއުނިކް ދޫކޮށް ބަވޭރިއާއަށް ދިޔުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 އެޕްރީލު 2020 | ހުކުރު 15:27
ބަޔާން މިއުނިކްގެ ޑިފެންޑަރު ޖެރޯމް ބޯޓެން

ބަޔާން މިއުނިކްގެ ޑިފެންޑަރު ޖެރޯމް ބޯޓެން

ޖަރުމަންގެ މިއުނިކް ދޫކޮށް ބަވޭރިއާއަށް ދިޔުމުން ބަޔާން މިއުނިކްގެ ޑިފެންޑަރު ޖެރޯމް ބޯޓެން ޖޫރިމަނާކުރަން އެ ކްލަބުން ނިންމައިފި އެވެ.

އުމުރުން 31 އަހަރުގެ ބޯޓެން މިއުނިކް ދޫކޮށް ބަވޭރިއާއަށް ދިޔައީ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ބަލުވުމުންނެވެ. ބަވޭރިއާއަކީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޖަރުމަނުން އެންމެ ފުރަތަމަ ލޮކްޑައުން ކުރި އެއް ސަރަހައްދެވެ.

ބޯޓެން ބުނީ ކްލަބަށް ނާންގައި މިއުނިކް ދޫކޮށް ދިޔުމަކީ ކުށެއް ކަމަށާއި، އެކަމަކު އެ ދަނޑިވަޅުގައި ދަރިފުޅު ބަލިވުމުން އިތުރު ކަމަކާ ނުވިސްނުނު ކަމަށެވެ. އަދި ދިން އަދަބަށް ފުރިހަމައަށް އިޚްތިރާމުކުރާ ކަމަށާއި، ނަމަވެސް އަމިއްލަ ދަރިފުޅު ކައިރިއަށް ދިޔުމާ ގުޅިގެން އަދަބު ދިނުމަކީ ހިތާމަކުރާ ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ. ބޯޓެން އިތުރަށް ބުނީ އޭނާގެ ދަރިފުޅުގެ ހާލު ރަނގަޅު ނޫން ކަމަށާއި، ދެންވެސް ދަރިފުޅަށް ކަމެއް ދިމާވާ ހާލަތެއްގައި ދަރިފުޅު ކައިރިއަށް ދާނެ ކަމަށެވެ.

ބަޔާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޯޓެން ޖޫރިމަނާކުރީ ސަރުކާރުން ކަނޑައަޅާފައިވާ ގަވާއިދުތަކަށް ބޯލެނބުމަށް ކަމަށެވެ. ބޯޓެން ޖޫރިމަނާކުރި އަދަދެއް ބަޔާނުން ހާމަކޮށްފައި ނުވި ނަމަވެސް، އެ ކްލަބުން ބުނީ ބޯޓެންގެ ޖޫރިމަނާ ފައިސާ މިއުނިކްގެ ހޮސްޕިޓަލަކަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.

ޖަރުމަންގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، ޖަރުމަން ލީގުގެ މެޗުތައް އޭޕްރީލް މަހުގެ ނިޔަލަށް ފަސްކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2017

ބަޔާންގެ މެނޭޖްމަންޓުން އެއްބާރުލުމެއް ނުލިބުނު: އަންޗެލޯޓީ

05 ޑިސެމްބަރު 2017
ބަޔާންގެ މެނޭޖްމަންޓުން އެއްބާރުލުމެއް ނުލިބުނު: އަންޗެލޯޓީ
06 ނޮވެމްބަރު 2017

ސްޓޯކްގެ ކުރީގެ ޑިފެންޑަރު ޓަކްސީރާ 25 އަހަރުގައި މަރުވެއްޖެ

06 ނޮވެމްބަރު 2017
ސްޓޯކްގެ ކުރީގެ ޑިފެންޑަރު ޓަކްސީރާ 25 އަހަރުގައި މަރުވެއްޖެ
07 އޮކްޓޯބަރު 2017

މި ސީޒަނުގެ ނިޔަލަށް ބަޔާންގެ ކޯޗުކަމާ ރަސްމީކޮށް ހެއިންކޭޒް ހަވާލުވެއްޖެ

07 އޮކްޓޯބަރު 2017
މި ސީޒަނުގެ ނިޔަލަށް ބަޔާންގެ ކޯޗުކަމާ ރަސްމީކޮށް ހެއިންކޭޒް ހަވާލުވެއްޖެ
05 އޮކްޓޯބަރު 2017

ހެއިންކޭސް އެނބުރި ބަޔާންގެ ކޯޗަކަށް

05 އޮކްޓޯބަރު 2017
ހެއިންކޭސް އެނބުރި ބަޔާންގެ ކޯޗަކަށް
30 އޯގަސްޓު 2017

ގްރީން ސްޓްރީޓްގެ ކެޕްޓަން ފަރޭ ސަސްޕެންޑުކޮށް، ޖޫރިމަނާކޮށްފި

30 އޯގަސްޓު 2017
ގްރީން ސްޓްރީޓްގެ ކެޕްޓަން ފަރޭ ސަސްޕެންޑުކޮށް، ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު