Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19: ސާރކް އެމަޖެންސީ ފަންޑް

ކޮވިޑް-19: ސާރކް އެމަޖެންސީ ފަންޑަށް ދިވެހި ރާއްޖެއިން 2 ލައްކަ ޑޮލަރު ދެނީ

2 ލައްކަ ޑޮލަރު (3،084،00 ތިން މިލިއަން އަށްޑިހަ ހަތަރު ހާސް ރުފިޔާ) ދިވެހި ރާއްޖެއިން ފަންޑަށް ދޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 މާރިޗު 2020 | ހޮނިހިރު 02:16
ސާރކް ގައުމުތަކުގެ ލީޑަރުންގެ ވީޑިއޯ ކޮންފަރެންސްގެ ތެރެއިން - ރާއްޖެއެމްވީ

ސާރކް ގައުމުތަކުގެ ލީޑަރުންގެ ވީޑިއޯ ކޮންފަރެންސްގެ ތެރެއިން - ރާއްޖެއެމްވީ

ސާރކްގެ ގައުމުތަކުން ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ހުޅުވަން ނިންމި އެމަޖެންސީ ފަންޑަށް ދިވެހި ސަރުކާރުން 2 ލައްކަ އެމެރިކާ ޑޮލަރު ދޭނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހާމަކުރައްވައިފިއެވެ.

މިއީ ކޮވިޑް-19 އާއި ދެކޮޅަށް ސާރކްގެ ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުށަހެޅުއްވި ހިޔާލުފުޅެކެވެ. އަދި މި ފަންޑަށް އިންޑިއާއިން 10 މިލިއަން ޑޮލަރު ޖަމާކުރައްވާނެކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަކީ މި ފަންޑަށް ފައިސާ ޖަމާކުރައްވާނެކަން ހާމަކުރެއްވި ސާރކްގެ ދެވަނަ ގައުމެވެ. މިކަމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވެވި ޓްވީޓްގައި ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްނެންގެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މި އިސްނެންގުވުމަށް ދިވެހިރާއްޖެއިން މަރުހަބާ ދަންނަވާ ކަމަށާއި، އެ ފަންޑަށް 2 ލައްކަ ޑޮލަރު (3،084،00 ތިން މިލިއަން އަށްޑިހަ ހަތަރު ހާސް ރުފިޔާ) ޖަމާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ސާރކް އެމަޖެންސީ ރިލީފް ފަންޑެއް ގާއިމް ކުރެއްވުމަށް މޯދީ ހުށަހެޅުއްވީ މި މަހުގެ 15 ވަނަ ދުވަހު ސާރކްގެ ގައުމުތަކުގެ އިސްވެރިން ބޭއްވި ވީޑިއޯ ކޮންފަރެންސްގައެވެ. މޯދީ ވިދާޅުވީ ފަންޑު ފުރަތަމަ އެކުލަވާލައްވާ އިރު، އިންޑިއާ އިން 10 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކުރައްވާނެ ކަމަށެވެ. މޯދީގެ މި ނިންމުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަފްގާނިސްތާނާއި ބޫޓާނުން ވެސް ވަނީ ތާއިދުކޮށް މަރުހަބާ ދަންނަވާފައެވެ.

މި ފަންޑަކީ މެންބަރު ގައުމުތަކުން ވޮލެންޓިއަރކޮށް ކޮންޓްރިބިއުޓް ކުރާ ފަންޑަކަށް ހެދިދާނެ ކަމަށާއި، ފެށުމުގެ ގޮތުން އިންޑިއާއިން 10 މިލިއަން ޑޮލަރު ފަންޑަށް ޖަމާކުރައްވާނެ ކަމަށް މޯދީ ވިދާޅުވިއެވެ. މީގެ އިތުރުން ސަރަހައްދީ ގައުމުތަކަށް ބޭނުންވާ ސިއްހީ އަދި ތަކެތީގެ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު