Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުނިވަރސަލް

މުސާރަ ލިބޭގޮތައް ޔުނިވަރސަލްގެ މުވައްޒަފުންނަށް 3 މަހުގެ ޗުއްޓީއެއް ދީފި

19 މާރިޗު 2020 | ބުރާސްފަތި 18:30

މިހާރު އޮތް ހާލަތު ކޮންމެ މަހަކު އެއްފަހަރު ބަލާ ހާލަތަށް ރިއާޔަތްކުރަމުންދާނެ ކަމަށް އެކުންފުނިން ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 މާރިޗު 2020 | ބުރާސްފަތި 18:30
ޔުނިވާސަލްގެ ވެރިޔާ، އެމްޔޫ މަނިކު

ޔުނިވާސަލްގެ ވެރިޔާ، އެމްޔޫ މަނިކު

މުސާރައާއި ރޯދަ އިނާޔަތް އަދި މިމަހުގެ ސަރވިސް ޗާޖް ލިބޭ ގޮތަށް ޔުނިވަރސަލްގެ ރިސޯޓް މުވައްޒަފުންނަށް 3 މަހުގެ ޕޭ ލީވް އެކުންފުނިން ދޭން ނިންމައިފިއެވެ.

ޔުނިވަރސަލްއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނި އެއްވެސް އުނިކުރުމެއް ނެތި ހުރިހާ މުވައްޒިފުންނަށް ޤާނޫނުގައި ވާގޮތުގެ މަތިން މުސާރަ ދޭނެކަމަށެވެ.

Advertisement - newsAdvertisement

އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިޤުތިޞާދަށް ދިމާވެފައިވާ ހީނަރުކަން އެންމެބޮޑު ތަހައްމަލުކުރަންޖެހޭ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުނުކަމީ އެކުންފުނިން ހިތާމަކުރާކަމަށެވެ. އަދި މިކަމާއި ގުޅިގެން ދުނިޔޭގެ ދަތުރުފަތުރު ހުއްޓި އެންމެ ބޮޑު އަސަރެއްކުރަމުންދަނީ ފަރުތަވެރިކަމުގެ ސިނާޢަތަށް ކަމަށެވެ.

އެގޮތުން، އެކުންފުނިން އަބަދުވެސް ޤަބޫލުކުރާގޮތުގައި ކުންފުނީގެ އެންމެ ބޮޑު ރައުލްސުލްމާލަކީ ކުންފުނީގައި މަސައްކަތް ކުރަމުންގެންދާ 3200 އަށްވުރެ ގިނަ މުވައްޒިފުން ކަމަށާއި، މިފަދަ ކޮންމެ ކާރިޘާއެއްގައި ކުންފުނިން ނިންމި ކޮންމެ ނިއްމުމެއް ނިންމާފައިވާނީ ދިވެހިރާއްޖޭގެ އިޤްތިސާދަށާއި، ކުންފުނީގެ ދެމިއޮތުމަށާއި، މުވައްޒިފުންގެ ވަޒީފާ ހިމާޔަތްކުރުމަށް އިސްކަންދީގެން ކަމަށެވެ.

އަދި މިވަގުތު ދުނިޔޭގެ ދަތުރު ފަތުރުތަށް ހުއްޓިފައިވުމާއި، ކުރިއަށް އޮތްދުވަސްތަކަށް އެއްވެސް ބުކިންގ ތަކެއް ނެތުމާއެކު، އޭޕްރިލް މަހުން ފެށިގެން ކުރިޔަށް އޮތް ތިންމަސްދުވަހަށް، ކުންފުނީގެ ހުރިހާ ރިސޯޓުތަކުގެ ހިންގުން ވަގުތީގޮތުން މެދުކަނޑާލުމަށް ކުންފުނީގެ ބޯޑުންވަނީ ނިއްމާފައިވާ ކަމަށެވެ.

އަދި މުވައްޒިފުންނަށް ޚާއްސަ ޕެކޭޖަކާއެކު، މުސާރަ ލިބޭގޮތަށް ތިންމަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާ ކޮންމެ މަހަކު އެއްފަހަރު ނިންމުން މުޠާލިއާކޮށް، ޙާލަތަށް އަންނަ ބަދަލުތައް ދެނެގަނެ، ވީ އެންމެ އަވަހަކަށް، ކުރީގެ ޙާލަތަށް ރުޖޫއަވުމަކީ، އެ ކުންފުނީގެ އުންމީދު ކަމަށެވެ.

އަދި ކުރިޔަށް އޮތް ރޯދަމަހުގެ އިނާޔަތާއި މިހިނގާ މާރޗު މަހުގެ މުސާރައާއި ސަރވިސް ޗާޖް އެއްވެސް އުނިކުރުމެއްނެތި ހުރިހާ މުވައްޒިފުންނަށް ޤާނޫނުގައި ވާގޮތުގެ މަތިން ދެވޭނެ ކަމަށް ބުނެފައިވެއެވެ.

އަދި ދިވެހިރާއްޖޭގެ އިޤުތިޞާދު މައިގަޑުގޮތެއްގައި ބިނާވެފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތަށް ކަމަށްވެފައި، މިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނެ ފަރާތްތަކަކީ ފަތުރުވެރިކަމަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކާއި އެފަރާތްތަކުގެ މުވައްޒިފުންނަށް ކަމަށް ބުނެފައިވެއެވެ.

ޔުނިވަރސަލްއިން ބުނީ ދުނިޔެއަށް ދިމާވަމުންމިދާ އިޤްތިޞާދީ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ދިވެހި ކުންފުންޏަކަށް އެކުންފުނި ވެފައިވާ ކަމަށާއި، ކަންއެހެން އޮތްނަމަވެސް އެ ކުންފުނިން މަސައްކަތްކުރަމުން ގެންދަނީ، ކުންފުނީގެ އެއްވެސް މުވައްޒިފަކު ވަކިނުކޮށް އަދި ހިންގުންވެސް މުޅިން ހުއްޓާނުލާ ކުރިޔަށް ގެންދެވޭނެ ގޮތްތަކެއްހޯދުމަށް ކަމަށެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް