Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19

ކޮވިޑް-19: ވައިރަސް ޖެހިގެން އިޓަލީއިން މަރުވީ މީހުންގެ އަދަދު ޗައިނާއަށް ވުރެ އިތުރުވެއްޖެ!

އިޓަލީވިލާތުން 3405 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 19 މާރިޗު 2020 | ބުރާސްފަތި 18:58
މަރުވީ މީހަކު ވަޅުލުމަށް ބޭއްވި ޖަނާޒާއެއްގެ ތެރެއިން

މަރުވީ މީހަކު ވަޅުލުމަށް ބޭއްވި ޖަނާޒާއެއްގެ ތެރެއިން

ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މަރުވީ މީހުންގެ އަދަދު 3،405 އަށް އަރައިފިއެވެ.

މިއީ މި ވައިރަސް ފުރަތަމަ ފެނުނު ޗައިނާއިން މަރުވެގެން ރެކޯޑް ކުރި 3،245 އަށް ވުރެ، އިތުރު އަދަދެކެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިޓަލީވިލާތުން 427 މީހަކު ވަނީ މަރުވެފައެވެ.

އިޓަލީވިލާތުން ޖުމްލަ 41،035 ކޭސްއެއް ވަނީ ރެކޯޑްކޮށްފައެވެ. އަދި އާބާދީގެ ކޮންމެ އެއް މިލިއަން މީހުންގެ ތެރެއިން 679 މީހުންނަށް ވައިރަސް ވަނީ ޖެހިފައެވެ. މިއީ މުޅި ދުނިޔެއަށް ބަލާއިރު ރެކޯޑް އަދަދެކެވެ.

މާހިރުން ގަބޫލުކުރާ ގޮތުގައި، އިޓަލީވިލާތުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު ހުރި އަދަދުތަކަށް ވުރެ ވެސް ގިނަވާނެއެވެ. މި ވަގުތު އިޓަލީވިލާތުގައި ޓެސްޓް ކުރެވެމުން ދަނީ ހަމައެކަނި ވައިރަސްގެ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް އަންނަ ފަރާތްތައް އެކަންޏެވެ.

މަރުވެފައިވާ މީހުންގެ އަދަދުތައް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއި ގުޅިގެން، އިޓަލީ ސަރުކާރުން ވަނީ މަރުވެފައިވާ މީހުން ތަންތަނަށް އުފުލުމުގެ އިންތިޒާމް އަސްކަރިއްޔާއާ ހަވާލުކޮށްފައެވެ.

އިޓަލީވިލާތުގެ ސިއްހީ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު ގިނައީ، އާބާދީގެ ނިސްބަތުން އުމުރުން ދުވަސްވީ މީހުން ގިނަވުމުންނެވެ. އިޓަލީވިލާތަކި އުމުރުން ދުވަސްވީ މީހުންގެ އާބާދީ ދެވަނައަށް އެންމެ ބޮޑު ގައުމެވެ. މަރުވީ މީހުންގެ ތެރެއިން 87 އިންސައްތައަކީ އުމުރުން 70 އަހަރުން މަތީގެ މީހުންނެވެ.

އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވުމުގެ އިތުރުން، އިޓަލީ ސިއްހީ ނިޒާމް މިފަދަ ކަމަކަށް ތައްޔާރުވެފައި ނުވާކަމަށް ވެސް މާހިރުން އަންނަނީ ބުނަމުންނެވެ. އިޓަލީވިލާތުގެ ހޮސްޕިޓާތަކުގެ އައިސީޔޫތައް ފުރި، އެ ގައުމުން ވަނީ ބޭނުންވާ ވެންޓިލޭޓަރުތަކާއި އެހެނިހެން ސިއްހީ އާލާތްތައް ހޯދުމަށް އެހެން ގައުމުތަކުގެ އެހީއަށް އެދިފައެވެ.

އޭގެ އިތުރުން، އެ ގައުމުގައި އިއުލާންކޮށްފައިވާ ލޮކްޑައުންއަށް މީހުން އިޖާބަނުދޭ ވާހަކަތަކެއް މީޑިއާގައި ވަނީ ފެތުރިފައެވެ. ޗައިނާގެ ރެޑް ކްރޮސްގެ ފަރާތަކާ ހަވާލާދީ ސްކައި ނިއުސްގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި ވަނީ، އަދިވެސް ޕަބްލިކް ޓްރާންސްޕޯޓާއި މީހުން ކެފޭތަކުގައި މީހުން ކާން ތިބޭ މަންޒަރު މިލާނުން ފެނިފައި، ހައިރާންވީ ކަމަށް ބުނެފައެވެ.

އޭނާއަކީ ވައިރަސް ކޮންޓްރޯލް ކުރުމަށް އިޓަލީވިލާތަށް އެހީތެރިވެދިނުމަށް ޗައިނާއިން އިން ދިޔަ ވަފުދުގެ މެމްބަރެކެވެ. އަދި ވޫހާންގައި ވެސް ވައިރަސް ފެތުރުން ކޮންޓްރޯލް ލޮކްޑައުން ފުރިހަމައަށް ތަންފީޒުކުރުމުން ކަމަށް އޭނާ ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެބޯލާ ޖެހިގެން ކޮންގޯއިން މީހަކު މަރުވެއްޖެ

އެބޯލާ ޖެހިގެން ކޮންގޯއިން މީހަކު މަރުވެއްޖެ

11 މެއި 2018
30 އަންހެނެއްގެ ގަޔަށް ގަސްތުގައި އެޗްއައިވީ ވައިރަސް ޖެއްސުވި ފިރެހެނަކު 24 އަހަރަށް ޖަލަށް ލައިފި

30 އަންހެނެއްގެ ގަޔަށް ގަސްތުގައި އެޗްއައިވީ ވައިރަސް ޖެއްސުވި ފިރެހެނަކު 24 އަހަރަށް ޖަލަށް ލައިފި

28 އޮކްޓޯބަރު 2017
އުތުރު ކޮރެއާ މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތައް ހަމަޖެހިގެން ތިބުމަށް ރަޝިޔާ އިން ގޮވާލައިފި

އުތުރު ކޮރެއާ މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތައް ހަމަޖެހިގެން ތިބުމަށް ރަޝިޔާ އިން ގޮވާލައިފި

09 އޮކްޓޯބަރު 2017
ތޫފާން ހާވީ:ފެންބޮޑުވުމުގައި ހާލުގައި ޖެހިގެން 2،000 މީހުން ސަލާމަތް ކޮށްފި

ތޫފާން ހާވީ:ފެންބޮޑުވުމުގައި ހާލުގައި ޖެހިގެން 2،000 މީހުން ސަލާމަތް ކޮށްފި

28 އޯގަސްޓު 2017
މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

03 ޖޫން 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު