Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުތެލުގެ އަގު ދަށަށް ދިއުން

ތެލަށް އޮތް ޑިމާންޑު ކުޑަވެ، ތެޔޮ ފީފާއެއްގެ އަގު 30 ޑޮލަރަށް!

17 މާރިޗު 2020 | އަންގާރަ 11:54

އެމެރިކާގެ ކުންފުނިތަކުން ވަނީ ތެޔޮ ނަގާ މިންވަރު މަދުކޮށްފައި

އަމަން ހަލީމް
އަމަން ހަލީމް | 17 މާރިޗު 2020 | އަންގާރަ 11:54
ތެޔޮ ރިފައިނަރީއެއް

ތެޔޮ ރިފައިނަރީއެއް

ކޯވިޑް-19 އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލަށް އޮތް ޑިމާންޑު ކުޑަވެ، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 30 ޑޮލަރަށް ވެއްޓިއްޖެއެވެ.

ތެލުގެ އަގު ދައްވުމާއި ގުޅިގެން، ދުނިޔޭގައި މި ވަގުތު ތެޔޮ އުފައްދާ އެމެރިކާގެ ގިނަ ކުންފުނިތަކުން ވަނީ ތެޔޮ ނެގުމަށް ޑްރިލްކުރުން ހުއްޓާލަން ނިންމާފައެވެ. މިއީ 2016 ވަނަ އަހަރަށް ފަހު، ތެލުގެ އަގު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ ޑިމާންޑް ދަށްވާން މެދުވެރިވީ ސަބަބުތަކުގެ ތެރޭގައި، ޗައިނާގެ ގިނަ ކާރުހާނާތަކެއް ބަންދުކުރަން ޖެހުމާއި، މަތިންދާބޯޓުތަކާއި ކްރޫޒްލައިނަރތަކުގެ ދަތުރުތައް ހުއްޓާލަން ޖެހުން ހިމެނެއެވެ. ޗައިނާއަކި ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ތެޔޮ ބޭނުންކުރާ ގައުމެވެ. ޗައިނާއިން ދުވާލެއްގެ މައްޗަށް 13.5 މިލިއަން ފީފާގެ ތެޔޮ އަންދައެވެ.

އޭގެ އިތުރުން، ސައުދީއާއި ރަޝިއާއާ ދެމެދު މިހާރު ކުރިއަށްދާ އަގުގެ ހަނގުރާމައިގެ ނޭދެވޭ އަސަރު ވެސް ތެލުގެ ބާޒާރަށް އަންނަނީ ކުރަމުންނެވެ. ދުނިޔޭގެ އިގްތިސާދު ރިސެޝަންއަށް ދާ ދަނޑިވަޅެއްގައި ސައުދީ އަދި ރަޝިއާއިން ވަނީ ސަޕްލައި އިތުރުކޮށް، މާކެޓް ފްލަޑް ކުރުމަށް ވިސްނަމުންނެވެ.

ސައުދީން ވަނީ އެ ގައުމުން ދުވާލެއްގެ މައްޗަށް ސަޕްލައިކުރާ ތެޔޮ ފީފާގެ އަދަދު 2.6 މިލިއަން ފީފާ އިތުރުކުރަން ނިންމާފައިވާ ކަން ނިމިދިޔަ ހަފުތާގެ ތެރޭގައި އިއުލާންކޮށްފައެވެ. ރަޝިއާއިން ވަނީ ދުވާލެއްގެ މައްޗަށް އިތުރަށް ތިން ލައްކައާއި ފަސް ލައްކައާ ދެމެދުގެ އަދަދަކަށް ތެޔޮ ފީފާ އުފައްދާ ރޭޓް އިތުރުކުރަން ނިންމާފައެވެ.

މާހިރުން ބުނާގޮތުން ނަމަ، މިކަމާއި ގުޅިގެން އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޑިމާންޑަށް ވުރެ އިތުރަށް ބާޒާރަށް ނެރިފައިވާ ތެޔޮ ފީފާގެ އަދަދު 800 މިލިއަނާއި 1.3 ބިލިއަން ޑޮލަރުގެ އަދަދަކަށް އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި މިއީ މީގެ ކުރިން ދުވަހަކު ވެސް ދިމާވެފައި ނުވާ ހާލަތެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

02 ޖޫން 2018

ކަނބަލުންގެ ލޯނު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަން ފަށާނެ: އިކޮނޮމިކް މިނިސްޓްރީ

02 ޖޫން 2018
ކަނބަލުންގެ ލޯނު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަން ފަށާނެ: އިކޮނޮމިކް މިނިސްޓްރީ
24 މެއި 2018

އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ބޮޑުކޮށްފި

24 މެއި 2018
އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ބޮޑުކޮށްފި
06 މެއި 2018

އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ބޮޑުކޮށްފި

06 މެއި 2018
އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ބޮޑުކޮށްފި
29 ޖެނުއަރީ 2018

226 މިލިއަން ރުފިޔާގެ ތެޔޮ ޓޭންކަރެއް އެސްޓީއޯއަށް ގެނެސްފި

29 ޖެނުއަރީ 2018
226 މިލިއަން ރުފިޔާގެ ތެޔޮ ޓޭންކަރެއް އެސްޓީއޯއަށް ގެނެސްފި
22 ޖެނުއަރީ 2018

ޓޫރިޒަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުނި މެނޭޖްކުރާނެ ރަނގަޅު ނިޒާމެއް ނެތުން: އެމް.ޔޫ މަނިކު

22 ޖެނުއަރީ 2018
ޓޫރިޒަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުނި މެނޭޖްކުރާނެ ރަނގަޅު ނިޒާމެއް ނެތުން: އެމް.ޔޫ މަނިކު
16 ޖެނުއަރީ 2018

ތެޔޮ ފީފާއެއްގެ އަގު 70 ޑޮލަރަށް އަރައިފި

16 ޖެނުއަރީ 2018
ތެޔޮ ފީފާއެއްގެ އަގު 70 ޑޮލަރަށް އަރައިފި
16 އޮކްޓޯބަރު 2017

ތެޔޮ ފީފާއެއްގެ އަގު 10 ޑޮލަރަށް ވެއްޓޭނެ!

16 އޮކްޓޯބަރު 2017
ތެޔޮ ފީފާއެއްގެ އަގު 10 ޑޮލަރަށް ވެއްޓޭނެ!
10 ޖޫން 2017

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!

10 ޖޫން 2017
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
10 އެޕްރީލު 2017

ފެނަކަ އަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި

10 އެޕްރީލު 2017
ފެނަކަ އަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް