Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ކޮވިޑް-19: ޓާސްކްފޯހުން ކުރަމުންދާ މަސައްކަތުގައި ދިވެހި ރެޑް ކްރެސެންޓުން ދަނީ ބައިވެރިވަމުން

އާންމު ރައްޔިތުންނާއި ބިދޭސީންނަށް ކޮވިޑް-19ގެ މައުލޫމާތު ފޯރުކޮށްދީފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 މާރިޗު 2020 | ހޯމަ 07:50
ދިވެހި ރެޑް ކްރެސެންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ދިވެހި ރެޑް ކްރެސެންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ރާއްޖެއިން ވެސް ފެނުމާއި ގުޅިގެން ދިވެހި ރެޑް ކްރެސެންޓުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ސަރުކާރާއި އަދި ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓާސްކްފޯހާއެކު މަސައްކަތް ކުރަމުންދާ ކަމަށް އެޖަމާއަތުން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދަރުބާރުގޭގައި ގާއިމުކޮށްފައިވާ، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ރެޑް ކްރެސެންޓުން ބުނީ ދުނިޔޭގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން އެޖަމާއަތުން އެވައިރަހާބެހޭ ގޮތުން ލިބެންހުރި މައުލޫމާތު އާންމުނަށް ފޯރުކޮށްދީ، މިބަލި ފެތުރުން ހުއްޓުވުމަށްޓަކައި އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ.

މިހާރު މިވައިރަސް ރާއްޖެއަށްވެސް އައިސްފައިވާތީ، ވައިރަސް އިތުރަށް ފެތުރަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ވައިރަސް ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ކައުންސިލިން ދިނުންފަދަ މަސައްކަތްތުގައި ރެޑް ކްރެސެންޓުގެ ވޮލަންޓިއަރުންނާއި މުވައްޒަފުން ހަރަކާތްތެރިވަމުން ދާކަމަށް ވެސް އެޖަމާއަތުން ބުނެއެވެ.

ދިވެހި ރެޑް ކްރެސެންޓުން ބުނީ، އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި ސާފުތާހިރު އިތުރުކޮށް، ބަލި ފެތުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާއި، ބައްޔާ ގުޅުންހުރި އަލާމާތްތަކާއި، އެހެނިހެން މައުލޫމާތު ހިއްސާކުރުމަށް، ރެޑް ކްރެސެންޓުގެ ވޮލަންޓިއަރުން ދަނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގަމުން ކަމަށެވެ. މި ޕްރޮގްރާމްގެ ތެރެއިން ސޯޝަލް މީޑިއާގައި މައުލޫމާތު ފެތުރުމުގެ މަސައްކަތް މިވަގުތު ކުރެވެމުންދާ ކަމަށްވެސް ރެޑް ކްރެސެންޓުން ބުނެއެވެ.

ރެޑް ކްރެސެންޓުން ބުނީ، ކޮވިޑް-19ގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވޮލަންޓިއަރުން ހިންގި ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމް މިވަގުތަށް ހުއްޓާލާފައިވަނީ ބަލި ރާއްޖެއިން ފެނުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މީގެއިތުރުން ކޮވިޑް-19އަށް ޝައްކުކުރެވޭ ފަރާތްތަކާއެކު ރެޑް ކްރެސެންޓުން ކުރަމުންދާ ހަމައެކަނި މަސައްކަތަކީ ނަފްސާނީ އިޖުތިމާއީ އެހީތެރިކަން (ސައިކޯ ސޯޝަލް ސަޕޯޓް) ފޯރުކޮށްދިނުން ކަމަށެވެ. ކޮވިޑް-19 އަށް ޝައްކުކުރެވިގެން އެކަހެރި ކުރެވޭ ފަރާތްތަކަށް ޕީއެސްއެސް ފޯރުކޮށްދެމުންދަނީ ފޯނު މެދުވެރިކޮށް، ރައްކާތެރި މާހައުލެއްގައި، ޕީއެސްއެސްގެ ތަމްރީން ލިބިފައިވާ ހާއްސަ ވޮލަންޓިއަރުންގެ ޓީމަކުން ކަމަށްވެސް ދިވެހި ރެޑް ކްރެސެންޓުން ބުނެއެވެ.

ކޮވިޑް-19ގެ ޓާސްކްފޯހާ އެއްގޮތަށް ދިވެހި ރެޑް ކްރެސެންޓުން ވެސް ބުނީ، މިއީ ހާސްވެ، ކަންބޮޑުވާންވީ ވަގުތެއް ނޫން ކަމަށާއި ބޭންނުންވަނީ، ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކާއެއްގޮތަށް އަމަލުކޮށް، އެންމެންވެސް ސާފު ތާހިރުކަންމަތީ އަދި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު