Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރިސޯޓު ލީގު 2020

ރިސޯޓު ލީގު: ދ. ޒޯނުގެ ޗެމްޕިއަންކަން ކަނޑިންމައަށް

ކަނޑިންމަ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ނިޔާމަ 2-0 އިން ބަލިކޮށްގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 8 މާރިޗު 2020 | އާދީއްތަ 17:37
ދ. ޒޯނުގެ ޗެމްޕިއަންކަން ހޯދި ކަނޑިންމަ

ދ. ޒޯނުގެ ޗެމްޕިއަންކަން ހޯދި ކަނޑިންމަ

ރިސޯޓު ލީގު 2020 ގެ ދ. ޒޯނުގެ ޗެމްޕިއަންކަން ކަނޑިންމަ މޯލްޑިވްސް ހޯދައިފި އެވެ.

މިއަހަރުގެ ދ. ޒޯނުގެ ކުޅުން ކަނޑިންމައިގައި ކުރިއަށްދިޔައިރު، މި ޒޯނުގެ ޗެމްޕިއަންކަން ކަނޑިންމަ ހޯދީ އާދިއްތަ ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ނިޔާމަ ޕްރައިވެޓް އައިލެންޑްސް މޯލްޑިވްސް އަތުން 2-0 އިން މޮޅުވެގެންނެވެ.

މިއަހަރުގެ ޗެމްޕިއަންކަން ކަނޑިންމަ ހޯދިއިރު، އެ ރިސޯޓުން ވަނީ 2018 ވަނަ އަހަރުވެސް މި ޒޯނުގެ ޗެމްޕިއަންކަން ހޯދާފައެވެ.

އާދީއްތަ ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗުގައި ކަނޑިންމައަށް ދެ ލަނޑުވެސް ޖަހައިދިނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އާފާގު ހަމީދެވެ. މި ދެ ލަނޑާއެކު އޭނާ ވަނީ މުޅި މުބާރާތުގައި ޖުމްލަ 9 ލަނޑު ކާމިޔާބުކޮށް، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

މި ޒޯނުގެ އެންމެ މޮޅު ގޯލްކީޕަރަކީ ކަނޑިންމަގެ ރީހާން ނިޒާރެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ނިޔާމަގެ އާލިމް އަލީ އާއި ސައުދުﷲ ހުސެއިން އާއި ކަނޑިންމަގެ އަހުމަދު ނިޒާމާއި ސައުދުﷲ ހުސެއިންގެ އިތުރުން އާފާގެވެ. މީގެ ތެރެއިން އާފަގަކީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ.

މިއަހަރުގެ ދ. ޒޯނުގެ ކުޅުން ނިމުނުއިރު، މިއަހަރު މި ޒޯނުގައި 6 ރިސޯޓެއް ވަނީ ވާދަކޮށްފައެވެ. އެއީ ކަނޑިންމަ އާއި ނިޔާމަގެ އިތުރުން ސަން އަކުއާ ވިލު ރީފާއި، ސަން އަކުއާ އިރު ވެއްޔާއި، ސެއިންޓް ރީޖަސް އަދި އަންގްސާނާ ވެލާވަރެވެ.

ރިސޯޓު ލީގުގެ ފަރާތުން ކޮންމެ އަހަރަކު ވެސް ކުރިޔަށްގެންދާ މި މުބާރާތް މި އަހަރު ވެސް ކުރިޔަށްދަނީ ފަސް ޒޯނަކަށް ބަހާލައިގެން ނެވެ. އެއީ ދ. ޒޯނުގެ އިތުރުން ނޯތު މާލެ ޒޯނާއި، ބ. ޒޯނާއި، ސައުތު އަރި ޒޯން އަދި ސައުތު މާލެ ޒޯނެވެ.

އެއް މަސް ދުވަހަށް ދިގު ދެމިގެންދާ މި މުބާރާތުގައި މި އަހަރު 42 ރިސޯޓް ވާދަކުރާއިރު، 79 މެޗު ކުޅެވިގެންދާނެއެވެ.

މި މުބާރާތުގެ މި އަހަރު މީޑިއާ ޕާޓްނަރަކީ ރާއްޖެ ޓީވީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު