Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮރޯނާވައިރަސް (ކޮވިޑް-19)

އިޓަލީގެ ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލަނީ

8 މާރިޗު 2020 | އާދީއްތަ 13:58

އެންމެ އިސްވާން ޖެހޭނީ ކުޅުންތެރިންގެ ސިއްހަތު

އަތޫފް އާތިފް
އަތޫފް އާތިފް | 8 މާރިޗު 2020 | އާދީއްތަ 13:58
އިޓާލިއަން ލީގުގެ މެޗެއްގެ ތެރެއިން

އިޓާލިއަން ލީގުގެ މެޗެއްގެ ތެރެއިން

އިޓަލީގައި ހަލުވިކަމާއެކު މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އެ ގައުމުގައި ފުޓުބޯޅައިގެ ހަރަކާތްތައް ހުއްޓާލުމަށް އެ ގައުމުގެ ފުޓުބޯޅަ ކުޅުންތެރިންގެ ޖަމިއްޔާގެ ރައީސް ޑަމިއާނޯ ޓޮމާސީ ގޮވާލައިފިއެވެ.

އިޓަލީގައި މިބަލި ޖެހިގެން 5000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެމުންދާއިރު، މި ބައްޔާ ގުޅިގެން އިޓަލީން ވަނީ 200 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. އެހެންވެ އިޓަލީ ސަރުކާރުން ވަނީ އެ ގައުމުގެ ކުޅިވަރު ހަރަކާތްތައް އަންނަ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ގެންދެވޭނީ ސަޕޯޓަރުން ނުވައްދާ ކަމަށް އަންގާފައެވެ.

އެހެންކަމުން، މިހާރު މެދު ކަނޑާލާފައިވާ އިޓާލިއަން ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ އާދީއްތަ ދުވަހުން ފެށިގެން ކުރިޔަށްދާނެއެވެ. ނަމަވެސް އިޓަލީގެ އުތުރު ލޮމްބާޑީ އާއި، ލޮމްބާޑީ ކައިރި 14 ޕްރޮވިންސެއް ކަރަންޓީނު ކުރަން އިޓަލީގެ ސަރުކާރުން މިހާރު ވަނީ ނިންމައިފައެވެ. އެހެން ކަމުން އިޓާލިއަން ލީގުގެ މެޗުތަކަށް ވާނެ ގޮތެއް ބުނަން ނޭގެ އެވެ. ލޮމްބާޑީ އަކީ އިޓާލިއަން ލީގުގެ އިންޓަ މިލާން، އޭސީ މިލާން، އެޓްލާންޓާ އަދި ބްރެޝިއާ ނިސްބަތްވާ ސަރަހައްދެވެ.

އިޓަލީގެ ފުޓުބޯޅަ ކުޅުންތެރިންގެ ޖަމްޢިއްޔާގެ ރައީސް ޓޮމާސީ ބުނީ އެންމެ އިސްވާން ޖެހޭނީ ކުޅުންތެރިންގެ ސިއްހަތު ކަމަށާއި، އިޓާލިއަން ލީގުގެ މެޗުތައް މިހާރުން މިހާރަށް ހުއްޓާލާން ޖެހޭ ކަމަށެވެ. ޓޮމާސީގެ ވާހަކަތަކައް އިޓަލީގެ ފޯވަރޑް މާރިއޯ ބަލޮޓެލީ ވަނީ ތަޢުރީފުކޮށްފައެވެ. ބަލޮޓެލީ ބުނީ މިއީ އެންމެން ހޭލަންވީ ވަގުތު ކަމަށާއި، ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅުނު ނަމަވެސް ބަހުންނާއި، ރޭލުންނާއި މަތިންދާބޯޓުން ވެސް ދަތުރު ކުރަން ޖެހޭނެ ކަމަށާއި، އަދި ހޮޓާތަކުގައި ނިދަންވެސް ޖެހޭނެ ކަމަށެވެ. ބަލޮޓެލީ އިތުރަށް ބުނީ ސިއްހަތަކީ ޖޯކެއް ނޫން ކަމަށާއި ސިއްހަތާއި އަޅާ ބަލާއިރު ފައިސާ އަކީ އަގެއް ހުރި އެއްޗެއް ނޫން ކަމަށްވެސް ބަލޮޓެލީ ބުންޏެވެ.

ޗައިނާއިން ޑިސެންބަރު މަހު ފެނުނު ކޮރޯނާވައިރަސް މިހާރު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކައް ފެތުރިފައެވެ. އެގޮތުން ޔޫރަޕުން މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ގައުމަކީ އިޓަލީ އެވެ. އިޓަލީން މިހާތަނައް ކޮރޯނާ ވައިރަސްގެ 5000 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 200 އަށްވުރެ ގިނަ ކަމަށް އިޓަލީން ހާމަކުރެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2017

އިޓަލީގެ ކޯޗުގެ މަގާމަށް ވަރުގަދަ ކޯޗެއް ގެންނަނީ!

16 ނޮވެމްބަރު 2017
އިޓަލީގެ ކޯޗުގެ މަގާމަށް ވަރުގަދަ ކޯޗެއް ގެންނަނީ!
15 ނޮވެމްބަރު 2017

އިޓަލީގެ ކޯޗުކަމުގެ މަގާމުން ވެންޗޫރާ ވަކިކޮށްފި

15 ނޮވެމްބަރު 2017
އިޓަލީގެ ކޯޗުކަމުގެ މަގާމުން ވެންޗޫރާ ވަކިކޮށްފި
07 ނޮވެމްބަރު 2017

އިޓަލީގެ މިޑްފީލްޑަރ ޕިރްލޯ ކުޅުން ހުއްޓާލައިފި

07 ނޮވެމްބަރު 2017
އިޓަލީގެ މިޑްފީލްޑަރ ޕިރްލޯ ކުޅުން ހުއްޓާލައިފި
02 އޮކްޓޯބަރު 2017

ޓޭބަލް އޮފް ޑިމޮކްރަސީގައި ބާސާ ބައިވެރިވެ، އެޓީމުގެ ހަރަކާތްތައް ހުއްޓާލައިފި

02 އޮކްޓޯބަރު 2017
ޓޭބަލް އޮފް ޑިމޮކްރަސީގައި ބާސާ ބައިވެރިވެ، އެޓީމުގެ ހަރަކާތްތައް ހުއްޓާލައިފި
03 ސެޕްޓެމްބަރު 2017

ވޯލްޑް ކަޕް ކޮލިފައިން: އިސްކޯގެ ދެ ލަނޑުން އިޓަލީގެ މައްޗަށް ސްޕެއިން ކުރި ހޯދައިފި

03 ސެޕްޓެމްބަރު 2017
ވޯލްޑް ކަޕް ކޮލިފައިން: އިސްކޯގެ ދެ ލަނޑުން އިޓަލީގެ މައްޗަށް ސްޕެއިން ކުރި ހޯދައިފި
17 އޯގަސްޓު 2017

މަޓުއިޑީ އިޓަލީގެ ޔުވެންޓަސްއަށް.!

17 އޯގަސްޓު 2017
މަޓުއިޑީ އިޓަލީގެ ޔުވެންޓަސްއަށް.!
20 މެއި 2017

އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި

20 މެއި 2017
އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި
11 މެއި 2017

ޓީސީގެ މިޑްފީލްޑަރު ބޮންޑާ ކުޅުން ހުއްޓާލަނީ

11 މެއި 2017
ޓީސީގެ މިޑްފީލްޑަރު ބޮންޑާ ކުޅުން ހުއްޓާލަނީ
04 މެއި 2017

ޓޮޓީ ކުޅުން ހުއްޓާލަނީ!

04 މެއި 2017
ޓޮޓީ ކުޅުން ހުއްޓާލަނީ!
02 އެޕްރީލު 2017

ސުނިލް ޗެތުރީ ކުޅުން ހުއްޓާލަނީ!

02 އެޕްރީލު 2017
ސުނިލް ޗެތުރީ ކުޅުން ހުއްޓާލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް