Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބާޢީ ލުތުފީ

ބާޢީ ލުތުފީ ފިލި މައްސަލާގައި ދައުވާ އުފުލައިފި

ލުތުފީގެ މައްޗަށް އުފުލާފައިވަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 މާރިޗު 2020 | ހޯމަ 15:09
ހ. ހާޖަރާގެ ޢަބްދުﷲ ލުޠުފީ

ހ. ހާޖަރާގެ ޢަބްދުﷲ ލުޠުފީ

ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ ޢަބްދުﷲ ލުޠުފީ ފިލި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ލުޠުފީގެ މައްޗަށް 25 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަގޮތަށް ފިލި މައްސަލާގައި މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ވަނީ ހުށައަޅާފައެވެ.

އެކަމާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް(ޕީޖީ) އޮފީހުން ބުނީ، ޤާނޫނުލްއުޤޫބާތުގެ 537 ވަނަ މާއްދާގެ ދަށުން ލުތުފީގެ މައްޗަށް ދައުވާ އުފުލައި ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

ދައުވާގެ ތަފްސީލް ބަޔާންކޮށް ޕީޖީ އޮފީހުން އިތުރަށް ބުނީ، މި މައްސަލައިގައި ލުތުފީގެ މައްޗަށް ދައުވާކޮށްފައިވަނީ ހައިކޯޓުން އޭނާގެ މައްޗަށް ކޮށްފައިވާ ޙުކުމް ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްގެ ބެލުމުގެ ދަށުން ތަންފީޛު ކުރަމުންދަނިކޮށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ހުއްދައާއެކު، އެއް އަހަރު ދުވަހަށް ދޫކޮށްފައިވާ ޓެމްޕްރަރީ ޓްރެވަލް ޑޮކިއުމެންޓެއްގެ ދަށުން އަމިއްލަ ޚަރަދުގައި ބޭސް ފަރުވާ ކުރުމަށްޓަކައި، 16 ޖަނަވަރީ 2010 ވަނަ ދުވަހު އިންޑިއާ ދިއުމަށްފަހު، 1 މެއި 2019 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ އިދާރާތަކަށް އެންގުމަކާނުލައި ދިވެހިރާއްޖެއަށް އެނބުރި ނައިސް ފިލައިގެން އުޅެފައިވާ މައްސަލާގައި ކަމަށެވެ.

1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން ރާއްޖެ ހިފަަން އައި ހ. ހާޖަރާގެ ޢަބްދުﷲ ލުޠުފީ އަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު، އޭނާއަކީ 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފައި ހުއްޓާ ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށް ގޮސް އެތައް ދުވަހެއް ވަންދެން ފިލައިގެން އުޅުނު މީހެކެވެ. އޭނާ ރާއްޖެ ގެނައީ ލަންކާގައި ދިން ޓެރަރިސްޓް ޙަމަލާތަކުގައި، މުޅި ލަންކާ، އެޤައުމުގެ ސިފައިން ބަލާފަސްކުރުމުގެ ތެރެއިން، އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ރާއްޖެ އެމްބަސީއާ ޙަވާލުވުމުން ނެވެ. އަދި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެ ގެނެސް، ޙުކުމުގެ ބާކީ ބައި ތަންފީޒުކުރުމަށް މާފުށީ ޖަލަށް ފޮނުވާފައެވެ.

1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ލުޠުފީ އިސްވެ ހުރެ ބޭރުގެ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ދިން ރަހުމް ކުޑަ ޢުދުވާނީ ޙަމަލާގައި 19 ދިވެއްސަކު ޝަހީދު ކޮށްލިއެވެ.

އެ ޙަމަލާއާ ގުޅިގެން ލުޠުފީ މަރަން ޙުކުމްކުރި އެވެ. ނަމަވެސް އޭރުގެ ސަރުކާރުން އޭނާގެ އަދަބު ލުއިކޮށްދީ އުމުރު ދުވަހުގެ ޖަލު ޙުކުމަކަށް ބަދަލުކުރިއެވެ. ލުޠުފީ ފިލައިގެން ދިޔައީ، ރައީސް ނަޝީދުގެ ސަރުކާރުގައި ބޭސް ފަރުވާއަށް ޤައުމުން ބޭރަށް ފޮނުވާލުމުންނެވެ. އޭގެފަހުން ވެރިކަމަށް އަރާވަޑައިގެންނެވި މުޙައްމަދު ވަހީދު ހަސަންމަނިކާއު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް ލުޠުފީ ހޯދާ ރާއްޖެ ގެނެވިފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު