Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެސްޓީއޯ

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރަކު ހޯދަނީ

"އަހަރީ އާންމު ޖަލްސާ 2019" ބޭއްވުމުގެ ތައްޔާރީތައް ދަނީ ވަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ފެބުރުއަރީ 2020 | ބުރާސްފަތި 03:06
އެސްޓީއޯގެ އޭޖީއެމްގެ ތެރެއިން

އެސްޓީއޯގެ އޭޖީއެމްގެ ތެރެއިން

2020 އިން 2021 އަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ބުނީ ކުންފުނީގެ "އަހަރީ އާންމު ޖަލްސާ 2019" ބޭއްވުމުގެ ތައްޔާރީތައް ކުރަމުންދާ ކަމަށާއި، ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި ކުންފުނީގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން، އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިޞްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރެވޭނީ އެއް ޑިރެކްޓަރެވެ. އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން ޢައްޔަނުކުރެވޭނީ 6 ޑިރެކްޓަރުންނެވެ. އެސްޓީއޯއިން ބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރާ އަދި އިންތިޚާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީ ވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަކީ ކުންފުނިން ބާރުއަޅާކަމެއް ކަމަށެވެ.

ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ ކުންފުނީގެ ހިއްސާދާރަކަށްވުމާއި، ދިވެހި ރައްޔިތަކު ކަމުގައިވުމާއި، ޢުމުރުން 30 އަހަރު ވެފައިވުމާއި، ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން ޑިގްރީ ފެންވަރުގެ ސަނަދަކާއެކު ހިންގުމުގެ ދާއިރާއިން މަދުވެގެން 5 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު 10 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމެވެ.

އަދި ހިއްސާދާރަކީ ކުންފުންޏެއްނަމަ، މަޤާމަށް ކުރިމަތިލާ ފަރާތަކީ އެ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ރިޒޮލިއުޝަނަކުން ރުހުން ދީފައިވާ ފަރާތަކަށްވުމާއި، ކުންފުނީގެ ވިޔަފާރިއާއި ވިޔަފާރީގެ ދާއިރާތަކާބެހޭގޮތުން ހޭލުންތެރި ފަރާތަކަށްވުން ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ކުންފުނީގެ ކަންކަމަށާއި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ، ކެރި ކުޅަދާނަވެގެންވާ ފަރާތަކަށްވުމުގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން 2 ކުންފުންޏަށްވުރެ އިތުރު ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރަކަށް ނުވުން ހިމެނެއެވެ.

މީގެ އިތުރުން މިނިވަން މުސްތަޤިއްލު ފަރާތަކަށްވުން ނުވަތަ ކެޕިޓަލް މަރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބަޔާންކޮށްފައިވާ ޝަރުޠުހަމަވާ ފަރާތަކަށްވުމާއި، ކުންފުންޏެއްގެ ޑިރެކްޓަރުކަމުގެ މަޤާމު އަދާކުރުމަށް ޤާނޫނަކުން ނުވަތަ ޝަރުޢީ ކޯޓަކުން މަނާކުރެވިފައިވާ ނުވަތަ ޝަރުޠު ފުރިހަމަ ނުވާ ފަރާތެއްކަމުގައި ނުވުން ހިމެނެއެވެ. މީގެ އިތުރުންވެސް އިތުރު ޝަރުޠުތަކެއް ވަނި ހިމަނާފައެވެ.

ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން، އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު، އަދި އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 19 މާޗް 2020 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން ކޮމްޕެނީ ސެކްރެޓޭރިއަޓަށް އެޑްރެސްކޮށް، ކުންފުނީގެ މައި އޮފީހަށް ނުވަތަ އީމެއިލް އެޑްރެހަށް ނުވަތަ ފެކްސް ނަންބަރަށް ފޮނުވުމަށް އެސްޓީއޯއިން އެދެއެވެ.

އިތުރަށް ކިޔާލަން

27 އޯގަސްޓު 2017

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ އޮގަސްޓް 28ގައި!

27 އޯގަސްޓު 2017
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ އޮގަސްޓް 28ގައި!
23 އޯގަސްޓު 2017

ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި

23 އޯގަސްޓު 2017
ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި
23 އޯގަސްޓު 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!

23 އޯގަސްޓު 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!
15 އޯގަސްޓު 2017

ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ

15 އޯގަސްޓު 2017
ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ
08 އޯގަސްޓު 2017

ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!

08 އޯގަސްޓު 2017
ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު