Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ދެ އަހަރު ނުފުރޭ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ދިރާސާކުރި ކޮމިޓީގެ ރިޕޯޓު މަޖިލީހުން ފާސްކޮށްފި

ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2020 | ހޯމަ 11:42
ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ދެ އަހަރު ނުފުރޭ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެރިޕޯޓު މަޖިލީހުން ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެ ޖަލްސާގައި އެވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ. މިމައްސަލައަކީ ދެ އަހަރު ނުފުރޭ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކޮމިޓީގެ ސަމާލުކަމަށް އައުމުން ކޮމިޓީން ބަލަންފެށި މައްސަލަ އެކެވެ. މިމައްސަލަ ކޮމިޓީން ދިރާސާކުރިއިރު، މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް އަދި ޕްރޮސެކިޔުޓަރ ޖެނެރަލްގެ ބޭފުޅުންނާ ބައްދަލުކުރައްވާ މަޢުލޫމާތު ސާފުކުރައްވާފައިވެ އެވެ. މީގެއިތުރުން މިޙާދިސާ ހިނގި ގއ ކަނޑުހުޅުދޫގެ ކައުންސިލްގެ ރައީސް އާ ފޯނުން ގުޅައިގެން ކޮމިޓީން ވަނީ މަޢުލޫމާތު ސާފުކޮށްފައެވެ.

Advertisement - newsAdvertisement

މިމައްސަލައިގެ ކޮމިޓީ ރިޕޯޓު ހުށަހަޅުއްވަމުން ކޮމިޓީގެ މުޤައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރ ޖީހާން މަހުމޫދް ވިދާޅުވީ މިމައްސަލަ ދިރާސާކުރިއިރު، 5 ކަމެއް ކޮމިޓީއަށް ހޯދިފައިވާކަމަށެވެ.

ޖީހާން ވިދާޅުވީ ކޮމިޓީއަށް ދެން ހޯދިފައިވަނީ ރަށު ފެންވަރުގައި މަސައްކަތްކުރާ މުއައްސަސާތައް އެކުގައި ރަށުގައި ހިނގާ މިފަދަ މައްސަލައެއް ނުވަތަ އަނިޔާއަށް ހުށަހެޅިފައިވާ މިފަދަ ކުއްޖެއް ހުރިނަމަ ނުވަތަ އަނިޔާއަކަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑު ޢާއިލާއެއްގައި ކުދިންތަކެއް ތިބިކަން ފާހަގަވާއިރުވެސް މިއިން އެއްވެސް މުއައްސަސާއަކުން އެ މުއައްސަސާއަކަށް ނިޞްބަތްވާ ޤާނޫނުގައިވާ ޒިންމާތައް ސާފުވެފައި ނުވުމުގެ ސަބަބުން އަދި ޒިންމާ ނުއުފުލުމުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިން ރަށްރަށުގައި ރަނގަޅަށް ދެނެގަނެވިފައި ނުވާކަން، ކަމަށް ޖީހާން ވިދާޅުވި އެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަމަކީ ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާ ބޭސް އެއް އެކުލަވާލެވި، އޭގެ މަޤްސަދަކީ ހުރިހާ މުއައްސަސާއެއް އެކުގައި މަސައްކަތްކުރާނެ ޕްލެޓް ފޯމެއް އެކުލަވާލެވުން ކަމުގައި ވީހިނދުވެސް މިޑޭޓާ ބޭސް އަޕްޑޭޓް ނުކުރެވި ،ބޭނުންނުކުރެވުމުގެ ސަބަބުން އެއް މުއައްސަސާއިން ގެންގުޅޭ މަޢުލޫމާތު އަނެއް މުއައްސަސާއަށް އެނގެންވީ ހިނދުގައި ނޭންގުންކަމަށް ޖީހާން ވިދާޅުވި އެވެ. އެހެންވުމުން ދެ އަހަރުގެ ކުއްޖާއަށް ދިމާވި މައްސަލައަކީ ނިޒާމުގައި ހުރި ކަންކަން ފެއިލްވުމުގެ ސަބަބުން ދިމާވިކަމެއް ކަމަށް ޖީހާން ވިދާޅުވިއެވެ.

ކޮމިޓީގެ ހޯދުންތަކާއެކު، 7 ހުށަހެޅުމެއް ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިކަމަށް ޖީހާން ވިދާޅުވި އެވެ.

މީގެއިތުރުން ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ޖެންޑަރ މިނިސްޓްރީގައި އޮންނަ ނިޒާމު އަދި ފުލުހުންގެ އިދާރާގައި އޮންނަ ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ޕަރފޯމެންސް އޮޑިޓެއް ހެދުމަށްފަހު ރައްޔިތުންގެ މަޖިލީހަށް 30 ދުވަހުގެ ތެރޭގައި ފޮނުވުމަށްވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ. އަދި އެއޮޑިޓް ނުލިބޭކަމަށް ޖީހާން ވިދާޅުވިއެވެ.

30 ދުވަހުގެ މުއްދަތު ދިން އަނެއް ހުށަހެޅުމަކީ ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާ ބޭސް އަލުން އެކްޓިވޭޓްކޮށް މި ނިޒާމު ބޭނުންކުރަން ފެށުމާއި، ޤަވާއިދުން އަޕްޑޭޓްކުރަމުން ދިޔުންކަމަށް ޖީހާން ވިދާޅުވިއެވެ. މީގެއިތުރުން ހުރިހާ މުއައްސަސާއެއް އެކުގައި މަސައްކަތްކުރާނެ ނެޝަނަލް ސްޓޭންޑިން އޮޕަރޭޝަން ޕްރޮސީޖަރ އެއް އެކުލަވާލުމަކީވެސް 30 ދުވަހުގެ ތެރޭގައި ކުރުމަށް ކޮމިޓީން އެކަށައަޅާފައިވާ ކަމެއްކަމަށް ޖީހާން ވިދާޅުވި އެވެ.

ޖީހާން ވިދާޅުވީ، މިމުއްދަތުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އަލަށް ވަޑައިގެންނެވި ޖެންޑަރ މިނިސްޓަރުގެ ލަފާފުޅާ އެކުގައި މި ހުށަހެޅުންތައް ފުރިހަމަކުރުމަށްފަހު މަޖިލީހަށް ފޮނުއްވުމާއި ހިސާބުން ދެން މިމައްސަލަ ދިމާވުމަށް މެދުވެރިވި ސަބަބާ ގުޅުންހުރި އިތުރު ގޮތްތައް ހޯދިގެންދާނެކަން ޖީހާން ވަނީ ފާހަގަ ކުރައްވާފައެވެ.

ދެ އަހަރު ނުވާ ތުއްތު ކުއްޖަކަށް އޭނާގެ ޢާއިލާގެ ތެރެއިން ބަޔަކު ޖިންސީ ގޯނާކުރި މައްސަލަ މިދިޔަ ޖެނުއަރީ މަހުގެ މެދެއްހާ ތަނުގައި ފެންމަތިވުމާއި ގުޅިގެން އެތައް ބަޔެއްގެ ފާޑުކިޔުން ޖެންޑަރ މިނިސްޓްރީއަށާއި ކަމާބެހޭ ފަރާތްތަކަށް ވަނީ ޢަމާޒުވެފަ އެވެ. މިކަމާގުޅިގެން މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމިޓީން މިމައްސަލަ ދިރާސާކޮށް ރިޕޯޓެއް އެކުލަވާލާ ވަކިކަންތައްތަކެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ މީގެކުރިން މަތިކޮށްފަ އެވެ. ހޯމަ ދުވަހުގެ ޖަލްސާގައި މިވަނީ މިކަންކަން މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު