Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލު

މޫސުމީ ބަދަލުތަކާބެހޭ ބިލު: ފަސް އަހަރު ތެރޭގައި ރާއްޖެ ކާބަން ނިއުޓްރަލްވުން ހިމެނުމަށް ގޮވާލައިފި

19 ފެބުރުއަރީ 2020 | ބުދަ 08:02

އިޔާދަކުރަނިވި ހަކަތައަށްދާން ނިންމިކަމުގައި ވީނަމަވެސް، ކާބަން ނިއުޓްރަލް ވުމަށް އެއްވެސް ހުރަހެއް ނެތް: ސަލީމް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 19 ފެބުރުއަރީ 2020 | ބުދަ 08:02
ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ދިވެހި ރާއްޖެ އަލުން ކާބަން ނިއުޓްރަލް ގައުމަކަށްވުން 'މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލު'ގައި ހިމެނުމަށް ގޮވާލައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލަށް ބަހުސް ކުރައްވަމުން މިގޮތަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއެވެ.

Advertisement - newsAdvertisement

ކުރިއަށް އޮތް ފަސްއަހަރު ތެރޭގައި ދިވެހި ރާއްޖެ އަލުން ކާބަން ނިއުޓްރަލް ގައުމަކަށްވުން ބިލުގައި ހިމެނުމަށް ގޮވާލާ، މެމްބަރު ވިދާޅުވީ އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެގޮތުން ރާއްޖެއިން ޖައްވަށް ގްރީންހައުސް ގޭސް އެންމެ ގިނައިން ބޭރުކުރާ ދާއިރާތަކާއި ބޭރުކުރާ މިންވަރުތައް އެނގެން އޮތް ކަމަށް ސަލީމް ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ޖައްވަށް ގްރީންހައުސް ގޭސް އެންމެ ގިނައިން ބޭރުކުރާ ދާއިރާތަކަށް ބަލާލާއިރު އޭގެ 67 އިންސައްތަ ހިއްސާކުރަނީ ކަރަންޓު އުފެއްދުމަށް ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި އޭގެ 47 އިންސައްތަ އަކީ ރިސޯޓު ދާއިރާއިން އުފައްދާ ކަރަންޓުގެ ސަބަބުން ބޭރުވާ ގޭސް ކަމަށެވެ. މެމްބަރު ވިދާޅުވީ ހަމައެކަނި ކަރަންޓު އުފެއްދުމަށް އަމާޒުކުރި ކަމުގައި ވީނަމަވެސް، އިޔާދަކުރަނިވި ހަކަތައަށްދާން ނިންމިކަމުގައި ވީނަމަވެސް، ކާބަން ނިއުޓްރަލް ވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ރާއްޖެ އަކީ އިރުގެ ދޯދި އެންމެ ތަނަވަސްކޮށް ލިބޭ އެއް ގައުމުކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ އެއްވެސް ހުއްޓުމެއްނެތި، ހަކަތަ އުފައްދާ ޖެނެރޭޓަރުތައް ހިންގޭނެ ކަމަށެވެ. އަދި އެހެން ގައުމުތަކަށް ތެލަށް ބަރޯސާވުން ހުއްޓާލުމުން ރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ލިބޭނެ ކަމަށެވެ.

މެމްބަރު ވިދާޅުވީ ރާއްޖޭގައި އުފެދުނު ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ބަޣާވާތަކުން ވައްޓާލުމާއި ގުޅިގެން ދިވެހި ރާއްޖެއަށް ތަފާތު އެކި ރޮނގުތަކުން ގެއްލުން ލިބުނު ކަމަށެވެ. އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި އެކި ގޮތްގޮތުން ގެއްލުން ލިބުނު ކަމަށެވެ. ނަމަވެސް އޭގެތެރެއިން ފާހަގަކުރެވޭ އެންމެ ބޮޑު އެއް ގެއްލުމަކީ ތިމާވެއްޓަށް ލިބުނު ގެއްލުންކަން ސަލީމް ފާހަގަކުރެއްވިއެވެ.

މީގެ 6 ވަރަކަށް އަހަރު ކުރިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އަމިއްލަ ތަޖުރިބާ ކާރުންނާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މީހުންގެ އެހީގައި ދިވެހިރާއްޖޭގައި ކާބަން ނިއުޓްރަލް ޕްލޭނެއް ހެދުމަށް މަސައްކަތް ކުރިކަން ފާހަގަ ކުރައްވާ ސަލީމް ވިދާޅުވީ އޭރު ކާބަން ނިއުޓްރަލްވުމަށް ދިވެހިރާއްޖެ އަމާޒު ހިފިކަން، އޭރުގެ ރައިސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއުލާނު ކުރެއްވުމުން އެކަން ގަބޫލު ކުރީ ވަރަށް މަދު ބައެއް ކަމަށެވެ. އޭގެ އެތައް އަހަރެއް ފަހުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މައުލޫއަށް އެނބުރި އަންނަ އިރު ދުނިޔެ އުޅެނީ މާ ކުރީގައި ކަމަށް މެމްބަރު ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ ރާއްޖެ، އޭރު އޮތް މަގާމަށް އެނބުރި ދެވޭތޯ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2020 ވަނަ އަހަރު ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ވާނެކަން އިއުލާނު ކުރެއްވިއެވެ. ރައީސް ނަޝީދު ރާއްޖޭގައި 3 އަހަރާއި ދުވަސްކޮޅަކަށް ވެރިކަން ކުރެއްވިއިރު ތިމާވެށްޓާއި ގުޅިގެން ދުނިޔޭގެ އެކި ޕްލެޓްފޯމްތަކުގައި ވާހަކަދައްކަވާފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް