Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

ޖަރުމަން ލީގު: ފްރެންކްފަޓް ބަލިކޮށް ޑޯޓްމުންޑް ދެވަނައަށް

ފްރެންކްފަޓް އަތުން ޑޯޓްމުންޑް މޮޅުވީ 4-0 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ފެބުރުއަރީ 2020 | ހޮނިހިރު 06:59
ޑޯޓްމުންދާއި ފްރެންކްފަޓް ބައްދަލުކުރި މެޗުގެ ތެރެއިން

ޑޯޓްމުންދާއި ފްރެންކްފަޓް ބައްދަލުކުރި މެޗުގެ ތެރެއިން

އެއިންޓްރެކްޓް ފްރެންކްފަޓް 4-0 އިން ބަލިކޮށް ޖަރުމަން ލީގުގެ ދެވަނައަށް ބޮރޫޝިއާ ޑޯޓްމުންޑް ޖެހިލައިފި އެވެ.

ލީގުގައި ހުކުރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން މޮޅުވެ ޑޯޓްމުންޑް ދެވަނަ އަށް ޖެހިލީ 22 މެޗުން 42 ޕޮއިންޓު ހަމަކޮށްގެންނެވެ. ތިންވަނައިގައި އޮތް އާރުބީ ލެއިޕްޒީގަށްވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވީ ނަމަވެސް، އެޓީމަށް އެއް މެޗު މަދެވެ. ޑޯޓްމަންޑަށް ދެވަނަ ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. އެހެންކަމުން ލީގުގައި ހޮނިހިރު ދުވަހު ވާޑާ ބްރޭމަންގެ މައްޗަށް ކުރިހޯދާ ދެވަނައަށް އަލުން އެރުމުގެ ފުރުސަތު ލެއިޕްޒީގަށް އެބައޮތެވެ.

ޑޯޓްމުންޑުގެ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގައި އެޓީމުން ލީޑު ނެގީ 33 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ޕިޒްޝެކް އެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޖޭޑަން ސާންޗޯ ވަނީ ޑޯޓްމުންޑަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑަކީ ސާންޗޯ އެންމެ ފަހުން ކުޅުނު 14 މެޗުގައި ކާމިޔާބުކުރި 12 ވަނަ ލަނޑެވެ.

ޑޯޓްމަންޑުގެ ތިންވަނަ ލަނޑު 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖެނުއަރީ މަހު އެޓީމާ އަލަށް ގުޅުނު ޒުވާން ފޯވަރޑް އާލިންގް ހާލަންޑު އެވެ. މިއީ ހާލަންޑު ޑޯޓްމުންޑަށް ކުޅެދިން ހަވަނަ މެޗުގައި ޖެހި ނުވަވަނަ ލަނޑެވެ. ރޭގެ މެޗުގައި ޑޯޓްމުންޑުން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަފައެލް ގުއަރޭރޯ އެވެ.

ލީގުގައި ދެން ޑޯޓްމުންޑް މެޗެއް ކުޅޭނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަހު ޑޯޓްމުންޑް ނުކުންނާނީ ވާޑާ ބްރޭމަންއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު