Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު: އެމްޑީޕީން މުޅި ރާއްޖޭގައި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފަށައިފި

15 ފެބުރުއަރީ 2020 | ހޮނިހިރު 06:53

ހަރަކާތް ފެއްޓުމުގެ ގޮތުން "ރަށްވެހި ފަތިސް"ގެ ޕޯސްޓަރު ކުރައްސަވާ ދެއްވީ ރައީސް ޞާލިހު އާއި ރައީސް ނަޝީދު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 ފެބުރުއަރީ 2020 | ހޮނިހިރު 06:53
އެމްޑީޕީގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން \"ރަށްވެހި ފަތިސް\" ޕޯސްޓަރު ރައީސް ޞާލިހު އައި ރައީސް ނަޝީދު ކުރައްސަވައި ދެއްވަނީ

އެމްޑީޕީގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން \"ރަށްވެހި ފަތިސް\" ޕޯސްޓަރު ރައީސް ޞާލިހު އައި ރައީސް ނަޝީދު ކުރައްސަވައި ދެއްވަނީ

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ޙަރަކާތްތަކުގެ ތެރެއިން، މުޅި ރާއްޖޭގައި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފަށައިފިއެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ޙަރަކާތުގެ ތެރެއިން ޕޯސްޓަރު ތަތްކުރުމުގެ ޙަރަކާތް ރަސްމީކޮށް ފައްޓަވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާހީމް މުޙަމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ.

Advertisement - newsAdvertisement

ޕޯސްޓަރު ހަރުކުރުމުގެ ޙަރަކާތް ރަސްމީކޮށް ފައްޓަވާފައިވަނީ މާލޭގައި ހުންނަ އެމްޑީޕީގެ ހަރުގެ ހުންނަ ޞަރަޙަރައްދުން ނެވެ. އެގޮތުން ހެނދުނުގެ ސައި ހަރުގޭގައި ބެއްލެވުމަށްފަހު، ރައީސް ޞާލިހުއާއި ރައީސް ނަޝީދު އަދި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އަދި މާލޭގައި މިވަގުުތު ތިއްބެވި ކެންޑިޑޭޓުނާއި ޢާންމު މެންބަރުން ވަނީ މާލޭގައި ޕޯސްޓަރު ތަތްކުރުމުގެ ޙަރަކާތް ހިންގާވާފަ އެވެ.

ޕޯސްޓަރު ތަތްކުރުމުގެ ޙަރަކާތް ފައްޓަވާ ދެއްވަމުން ރައީސް ޞާލިޙާއި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ހަރުގޭގޭ ފާރުގައި އެމްޑީޕީން ކައުންސިލްތަކުގެ އިންތިޚާބުގައި ބޭނުންކުރާ (ރަށްވެހި ފަތިސް)ގެ ޕޯސްޓަރުގެ މަންޒަރު ކުރަހައި ކުލަޖައްސަވައިދެއްވާފަ އެވެ.

އޭގެފަހުން ދެ ރައީސުން ވަނީ މަޖީދީމަގުގެ ބައެއް ތަންތަނުގައި ޕޯސްޓަރު ތަތްކުރުމުގެ ޙަރާކާތުގައިވެސް ބައިވެރިވެވަޑައިގަންނަވާފަ އެވެ.

އެމްޑީޕީން ބުނަނީ، ޕޯސްޓަރު ހަރުކުރުމުގެ ޙަރަކާތް ވިލިމާލޭގަ އާއި ހުޅުމާލޭގައި ވެސް ހޮނިހިރު ދުވަހު ކުރިއަށްދާނެ ކަމަށެވެ. އަދި މިޙަރަކާތް މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްދާނެ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

މީގެ އިތުރުން އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭން ލޯންޗުކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ މި މަހުގެ 21 ވަނަ ދުވަހު ހުރިހާ ރެށެއްގައި އެއްވަގުތެއްގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޖަލްސާ ކުރިއަށް ދާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ޕާޓީގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ ވާހަކަފުޅު ހުރިހާ ރަށެއްގައިވެސް ވަގުތުން ދެއްކޭނެގޮތް ހަމަޖެހިގެންދާނެ ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

ޕޯސްޓަރުގެ އިތުރުން ކެމްޕޭން ބެނަރ އާއި، ލީފްލެޓާއި، ބުކްލެޓް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ކޮންމެ ރަށަކަށް ވަކިން ޚާއްޞަކޮށް މެނިފެސްޓޯއެއް ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މެނިފެސްޓޯގައި އެ ރަށެއްގެ މަޢުލޫމާތުތާއި އެރަށެއްގެ ހިންގާ ޕްރޮޖެކްޓްތަކާއި، ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ އިތުރަށް ކުރިން ބޭއްވި ވާރކްޝޮޕްތަކުގައި ފޯމިއުލޭޓް ކުރި ޕްރޮޖެކްޓްތައް އޭގައި އެކުލަވާލެވިފައިވާނެ ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް