Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގާސިމްގެ މަރުގެ މައްސަލަ

ގާސިމްގެ މަރުގެ މައްސަލަ: އަދުހަމްގެ މައްޗަށް އަވަސް ނިޔާގެ ޝަރީއަތުން 17 އަހަރުގެ ޖަލުހުކުމެއް މިމަހުގެ 18 ގައި ކުރަނީ!

އަދުހަމް ވަނީ ކުށަަށްވެސް އަދި ކަން ހިނގާދިޔަގޮތުގެ ބަޔާނަށް ވެސް އިއުތިރާފް ވެފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2020 | ބުދަ 08:51
ޤާސިމްގެ މަރާއި ގުޅިގެން ދައުވާ އުފުލާފައިވާ އަދުޙަމް މުހައްމަދު

ޤާސިމްގެ މަރާއި ގުޅިގެން ދައުވާ އުފުލާފައިވާ އަދުޙަމް މުހައްމަދު

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއަށް އިބްތިދާއީ އަޑުއެހުމުގައި އިއުތިރާފް ވެފައިވާތީ، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު (21 އ)ގެ މައްޗަށް އަވަސްނިޔާގެ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއާ ގުޅިގެން އަދުހަމްގެ މައްޗަށް ކުރާ ދައުވާ އާއި، ކުށް ސާބިތު ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހުށަހަޅާ ހެއްކާއި ގަރީނާތަކާއި އަދި އަދުހަމުގެ އިއުތިރާފްގެ ބަޔާން ބުދަ ދުވަހު އިބްތިދާތީ އަޑުއެހުމުގައި ވަނީ އިއްވާފަ އެވެ.

Advertisement - newsAdvertisement

މީގެއިތުރުން ކުށް ސާބިތުވެއްޖެ ނަމަ އަންނާނީ، އުމުރަށް (25 އަހަރުގެ) ޖަލަށްލުމުގެ ހުކުމެއް ކަމަށާއި ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ވެފައިވާ އިއުތިރާފްގެ އެއްބަސްވުމެއް ވެވިފައިވާ ކަމަށާއި، މިޝަރީއަތުގައި އިއުތިރާފްގެ ބަޔާން ޝަރީއަތުން ގަބޫލުކޮށް، އެބަޔާން ދަމަހައްޓައިފިނަމަ، އަދުހަމްގެ މައްޗަށް އިއްވާ ހުކުމުގެ އަދަބު ލުއިވެ، އިއްވޭނީ 17 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ވަޅީގެ ތިލާގައި 6 އިންޗި ހުންނަ ވަޅިއަކުން ގާސިމަށް ހަމަލާދީ މަރާލި މައްސަލަ އަދުހަމްގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ވަނީ ވަރަށް ތަފްސީލްކޮށް، ބުދަ ދުވަހުގެ އަޑުއެހުމުގައި ކިޔާދެއްވާފަ އެވެ. އަދި ދައުލަތުގެ ފަރާތުން ހުށަހެޅި ކަންކަމުގައި ކަން ހިނގިގޮތާ ހިލާފަށް އެއްވެސް ކަމެއް ވޭތޯ އަދުހަމް ކައިރިން އަހައިގެން ކަށަވަރު ކޮށްދެއްވުމަށް ވެސް ދައުލަތުގެ ފަރާތުން އެދުނެވެ.

ފުރަތަމަ ކަމަކަށް އަދުހަމަ ބުނީ، އެދައުވާ ސާފު ވެއްޖެ ކަމަށާއި އެދައުވާއަށް އިއުތިރާފުވާ ކަމަށެވެ. އަދި އެ ދައުވާގައި ވަނީ ކަން ހިނގާދިޔަގޮތް ކަމަށާއި، ދައުވާގައި ބުނާ ހުރިހާ ކަމަކަށް އިއުތިރާފްވާ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު ވަނީ އަދުހަމްގެ މައްޗަށް އިއްވާފައިވާ ދައުވާއަށް އިއުތިރާފްވާއިރު، އިއުތިރާފް ވުމުގައި އެއްވެސް މަބުބޫރުކަމެއް އޮތްތޯ ކަށަވަރު ކުރައްވާފަ އެވެ. އަދުހަމް ބުނީ ދައުލަތުން އިފުލާފައިވާ ދައުވާ އިއުތިރާފް މިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށެވެ.

އަދުހަމް ބުނީ، ގާސިމް މާރާލި މައްސަލާގައި ކަންހިނގާދިޔަ ގޮތުގެ ބަޔާނާއި އިއުތިރާފްގެ ބަޔާނުގައިވެސް އެވަނީ ކަން ހިނގާފައިވާ ގޮތް ކަމަށެވެ.

ނަމަވެސް އަދުހަމަ ބުނީ އޭނާ ގާސިމަށް ހަމަލާދިނީ މަސްތުވެގެން ހުރެ، މަސްތުގެ ހާލުގަ ކަަމަމަށެވެ. އެހެންކަމުން ދައުލަތުން ވަނީ އަދުހަމް މަސްތުވުމުގައި އެއްވެސް މީހެއްގެ މަޖުބޫރުކަމެއް އޮތްތޯ ސާފުކުރަން ޖެހޭ ކަމަށެވެ. އަދުހަމް ބުނީ މަސްތުވުމުގައި ވެސް އެއްވެސް މީހެއްގެ މަޖުބޫރުކަމެއް ނެތް ކަމަށެވެ.

ނަމަވެސް އަޑުއެހުމުގައި އަދުހަމް ދީފައިވާ ބަޔާން ދައުލަތުން އިއްވިއިރު، އަދުހަމް ފޭރޭން މަސައްކަތްކުރީ ކުށްޔަށް އުޅޭ ގޭގެ ކުލި ނުދެއްކައިގެން ގެއިން ނުކުންނަން ޖެހޭ ހާލަތަށް ދިޔަކަން ފާހަކަކޮށްފަ އެވެ.

ފުލުހުންގެ ތަހުގީގުގައިވެސް އަދުހަމް ބުނެފައިވަނީ ގާސިމަށް ވަޅިން ހަމަލާދިނީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށާއި، ފޭރޭން އުޅުމުގެ ތެރޭގައި ގާސިމް ހަޅޭއްލަވާތީ އޭނާގެ އަތުގައި އޮތް ވަޅިން އެއް ފަހަރު ގާސިމްގެ ކަރަށް ދިން ހަމަލާއިން ގާސިމް މަރުވީ ކަމަށެވެ. އަދި ވަޅީގެ އެހަމަލާއިން ގާސިމް ސަލާމަތް ވުމަށް މަސައްކަތް ކުރިއިރު ގާސިމްގެ އަތްތިލަވެސް ޒަހަމް ވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ގާޒީ ވަނީ ޕްރިސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު އަދުހަމް އެއްބަސްވެފައިވާ، އިއުތިރާފްގެ ބަޔާން ޝަރީއަތަށް ބަލައިގަންނަ ކަމަށް ނިންމާފަ އެވެ.

ކުށް ސާބިތު ކުރުމަށް ދައުލަތުން ވަނީ، ގާސިމް މަރާލި ދުވަސް ކަމަށްވާ 4 ޑިސެމްބަރު 2019 ވަނަ ދުވަހު އަދުހަމްއާ މުއާމަލާތް ކުރެވުނު މީހުން ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ. އެގޮތުން ހުޅުމާލެއިން ހުޅުލެއަށްދިޔަ ޓެކްސީ ޑްރައިވަރާއި، ހުޅުމާލެ ކެފޭއަކުން ވަޅިއެއް ހޯދިއިރު، އެތާތިބި ތިން މީހަކާއި، ގާސިމް މަރާލުމަށްފަހު، ވަޅި އާއި އަދުހަމްގެ ގަމީސް ހޯދި ފުލުހުންނާއި، އަދި ގާސިމް މަރާލުމަށްފަހު، ގަމީސް ބަދަލުކުރިއިރު، އެގަމީސް ދިން މީހާއާއި ފޮރެންސިކް ތަހުލީލު ރިޕޯޓްތަކާއި ގަރީނާގެ ގޮތުގައި ހުށަހަޅާފައި ލިޔުންތައް ތައްޔާރުކުރި ފުލުހުންގެ ބަހެއް ނަގަންޖެހިއްޖެ ހާލަތެއްގައި ނަގައިދިނުމަށް ވެސް ދައުލަތުން އެދުނެވެ.

މީގެއިތުރުން ދައުލަތުން ވަނީ އަދުހަމް ފުލުހުންނަށް ދިން ބަޔާނާއި ވީޑިއޯ ފީޓޭޖްތައްވެސް ޝަރީއަތަށް ހުށަހަޅާފަ އެވެ.

ނަމަވެސް ގަޒީ ވިދާޅުވީ، މިޝަރީއަތުގެ އަޑުއެހުމުގައި ކުށަށް އަދުހަމް އިއުތިރާފްވެ، އަދި ދައުލަތުން ކަންހިނގާދިޔަގޮތް ކިޔާދިނުމުން، އެ އެހުރިހާކަމަކަށް ވެސް އަދުހަމް އެވަނީ އިއުތިރަފްވެފައި ކަމަށެވެ.

އެހެންކަމުން ދެން މިމައްސަލާގައި ބޭއްވޭނީ އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުމެއް ކަމަށާއި އެއަޑުއެހުން މިމަހުގެ 18 ވަނަ ދުވަހުގެ 11:30 ކްރިމިނަލް ކޯޓުގައި އޮންނާނެ ކަމަށެވެ.

އެ ޝަރީއަތުގެ އަޑުއެހުމުގައި އަދުހަމްގެ އިއުތިރާފްގެ ބަޔާން އޭނާ ދަމަހައްޓައި، ވާހަކަތައް ބަދަލު ނުކުރާނަމަ ހުކުމް އިއްވާނެ ކަމަށް ބެލެވެއެވެ.

ގާސިމް މަރާލާފައި މަގުމަތީ އޮތްވާ ފެނިގެން މީހަކު، ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިއަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 21:07 ހާއިރު އެވެ.

ފުލުހުން ބުނެފައިވާގޮތުން، އަދުހަމަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި ފޭރުމާއި މާރާމާރީގެ އިތުރުން ތަފާތު އެކިއެކި މައްސަލަތަކުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. އެގޮތުން ގާސިމް މަރާލި ދުވަހު ވެސް އޭނާ މަސްތުވުމަށާއި ޒަރޫރީއެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށް ފޭރުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި މާލެއިންނާއި ހުޅުމާއިން ބަޔަކާއެކު މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު