Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވް ގޭސް ގެ ކޮރަޕްޝަން

މޯލްޑިވްސް ގޭސްގެ ކޮރަޕްޝަން މައްސަލަ: މާދަމާ ބާއްވާ ކޮމެޓީން ގޮތެއް ނިންމަނީ!

11 ފެބުރުއަރީ 2020 | އަންގާރަ 12:47

ގޭހުގެ ރޭޓްތަކަށްބަލާއިރު 350 ޑޮލަރުގެ ތަފާތު، އަގުބޮޑުކޮށް ގަނެފައިވަނީ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 ފެބުރުއަރީ 2020 | އަންގާރަ 12:47
މޯލްޑިވް ގޭހުގެ ލުއި ފުޅީގެ ޕްރޮމޯޝަން

މޯލްޑިވް ގޭހުގެ ލުއި ފުޅީގެ ޕްރޮމޯޝަން

އެސްޓީއޯގެ ދަށުން ހިންގަމުންދާ މޯލްޑިވް ގޭސްގެ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މައްސަލާގައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބުދަ ދުވަހު ބާއްވާ އެކޮމެޓީގެ ބައްދަލުވުމުގައި ގޮތެއް ނިންމުމަށް އެކޮމެޓީގެ މެންބަރުން މަޝްވަރާ ކުރައްވައިފި އެވެ.

އަންގާރަ ދުވަހުގެ ސްޓޭޓް އޮންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމެޓީގެ ބައްދަލުވުމުގައި މޯލްޑިވް ގޭސްގެ ކޮރަޕްޝަނުގެ މައްސަލަ އެޖެންޑާކޮށް، މަޝްވަރާ ކުރެއްވިއިރު، ހޯމަ ދުވަހު ބޭއްވި އެސްއޯއީ ކޮމެޓީގެ ބައްދަލުވުމުގައި ވެސް މިމައްސަލާގައި ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

Advertisement - newsAdvertisement

އެގޮތުން، ހޯމަ ދުވަހުގެ ބައްދަލުވުމަށް ހުށަހެޅުމެއް ހުށަހެޅިފައިވާއިރު، އެކަމަށް ވަކި ގޮތެއް ކޮމެޓީން ނިންމާފައެއް ނުވެއެވެ. ހުށަހެޅިފައިވާ ހުށަހެޅުމުގައި ވަނީ، މޯލްޑިވް ގޭސްއިން ރާއްޖެއިން ބޭރުން ގެންނަ ގޭސް އަގުބޮޑުކޮށް، އަދި އަގުތަކުގައި ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ބެލުމަށް އޮޑިޓަރ ޖެނެރަލަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި އަދި ތަހުޤީޤި ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށެވެ. އަދި ޚިޔާނާތުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުމަށްވެސް އެހުށަހެޅުމުގައި ވެއެެވެ.

އަންގާރަ ދުވަހުގެ ބައްދަލުވުމުގައި އެސްއޯއީ ކޮމެޓީގެ މުޤައްރިރު އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، 2017 ވަނަ އަހަރުން ފެށިގެން އެތެރެކޮށްފައިވާ ގޭހުގެ ޝިޕްމަންޓްތަކަށް ބަލާއިރު، ބޭރުގެ ރޭޓުތަކާއި އަޅާބަލާއިރު ގޭސް ލިބޭ ރޭޓަށްވުރެ، 2017 ގައި 110 އާއި 130 ޑޮލަރު އަގު ބޮޑުކޮށް ގަނެފައިވާ ކަމަށެވެ. އަދި 2017 ގެ މެދުތެރެއިން ފެށިންގެން 250 އާއި 350 އާ ދެމެދުގެ އަގުތަކުގައި ބޮޑުއަގުގައި ގޭސް ގަނެފައިވާ ކަމަށް ލިޔެކިޔުންތަކުން ދައްކާ ކަމަށް އިލްޔާސް ލަބީބު ވިދާޅުވިއެވެ.

އިލްޔާސް ލަބީބު ވިދާޅުވީ 2018 އަށްބަލާއިރު، 120 އާއި 150 ޑޮލަރު އަގުބޮޑުކޮށް ގަނެފައިވާކަން ލިޔުންތަކުން އެނގޭ ކަމަށެވެ. އެހެންނަވެސް މިމައްސަލަ ކޮމެޓީން ބަލަން ފެށި ހިސާބުން 2019 ވަނަ އަހަރު ކޮމެޓީން ވަނީ ގޭސް ލިބެންހުރި އަގުތައް ބެލުމަށް ފަހު، ކޮމެޓީއަށް އެންގެވުމަށް ދަންނަވާފައިވާތީ، ރަނގަޅު އަގުތަކެއް ލިބިފައިވާ ކަމަށް މޯލްޑިވް ގޭސްގެ މައި ކުންފުނި ކަމަށްވާ އެސްޓީއޯއިން ކޮމެޓީއަށް އަންގާފައިވާ ކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ.

އިލްޔާސް ލަބީބު ވިދާޅުވީ، މިހާރު ގޭސް އެތެރެކުރާ އަގުތަކުގެ ތަފުޞީލު އަންގާރަ ދުވަހު ކޮމެޓީއަށް ފޮނުވާނެ ކަމަށް އެސްޓީއޯއިން ބުނެފައިވާ ކަމަށާއި، އެހެންކަމުން ބުދަ ދުވަހުގެ ކޮމެޓީގެ ބައްދަލުވުމަށް މެންބަރުން ވަޑައިގަންނަވާއިރު އެލިޔުން ލިބިލައްވާނެ ކަމަށެވެ.

އެހެންކަމުން ލިޔުންތައް ބެލުމަށްފަހު، މިމައްސަލައަށް ގޮތެއް ނިންމުމަށް ކޮމެޓީގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

ކޮރަޕްޝަނުގެ ތުހުމަތުތަކަކާއި ގުޅިގެން، މޯލްޑިވް ގޭހުގެ މެނޭޖިިންގ ޑިރެކްޓަރު ޝަޒައިލް ޝިޔާމް ވަނީ ސަސްޕެންޑް ކޮށްފައެވެ. އެއީ މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އެވެ. މަޖިލީހުން މިމައްސަލަ ބަލަން ފެށީވެސް މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ޝަޒައިލް ސަސްޕެންޑްކޮށްފައިވަނީ، ރައީސް އޮފީހުން ހުޅުވާލާފައިވާ "ޒީރޯ ޓޮލަރަންސް ޓު ދަ ކޮރަޕްޝަން" ޕޯޓަލްއަށް ލިބިފައިވާ ޝަކުވާތަކަކާއި ގުޅިގެންނެވެ. ޝަޒާއިލްއާ ބެހޭގޮތުން ހުށައެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި، މަޤާމުގެ މަސްއޫލިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ޝަކުވާތަކާއި، މިނޫންވެސް ޝަކުވާތައް ހުށައެޅިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެފައިވެއެވެ.

ޝަޒައިލްގެ ކުރިން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑައިރެކްޓަރު މަޤާމުގައި ހުންނެވީ ޢަބްދުﷲ މައުމޫން (މާނު) އެވެ. ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް މާނުގެ މައްޗަށް ކުރެވިފައިވާއިރު، އޭނާ މިހާރު ދިރިއުޅުއްވަނީ ރާއްޖެއިން ބޭރުގަ ކަމަށް ވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް