Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޮވެލް ކޮރޯނާވައިރަސް

ކޮރޯނާވައިރަސްގެ ބަލިމަޑުކަމަކީ ގެއްލުންދެނިވި ކާރިޘާއެއްގެ ގޮތުގައި ކެރެލާއިން ކަނޑައަޅައިފި

4 ފެބުރުއަރީ 2020 | އަންގާރަ 06:37

2،155 މީހުންވަނީ ގޭގައި ކަރަންޓީންކޮށްފައި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 4 ފެބުރުއަރީ 2020 | އަންގާރަ 06:37
ސްޓޭޓުގެ ޗީފް މިނިސްޓަރ ޕިނެރާޔީ ވިޖޭޔަން ސަރުކާރުގެ ނިންމުން އިޢުލާން ކުރައްވަނީ

ސްޓޭޓުގެ ޗީފް މިނިސްޓަރ ޕިނެރާޔީ ވިޖޭޔަން ސަރުކާރުގެ ނިންމުން އިޢުލާން ކުރައްވަނީ

އިންޑިއާގެ ދެކުނު ކެރަލާ ސްޓޭޓުގައި، ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަމަކީ އެސްޓޭޓަށް ކުރިމަތިވި ކުއްލި ކާރިޘާއެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ކެރެލާ ސްޓޭޓްގެ ޞަރަޙައްދީ ސަރުކާރުން މި ގޮތައް ކަނޑައެޅިކަން ރަސްމީކޮށް އިޢުލާން ކުރެއްވީ އެސްޓޭޓުގެ ޗީފް މިނިސްޓަރ ޕިނެރާޔީ ވިޖޭޔަންއެވެ. އޭނާ ވިދާޅުވިކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ، ކުއްލި ގެއްލުންދެނިވި ކާރިޘާއެއްގެ ގޮތުގައި އެސްޓޭޓުން ކޮރޯނާވައިރަސްގެ ބަލިމަޑުކަން ކަނޑައެޅީ، އެސްޓޭޓުން ތިން މީހަކު ނޮވެލް ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވުމާއި ގުޅިގެންކަމަށެވެ.

މިކަމާއި ގުޅޭގޮތުން ކެރެލާ ސްޓޭޓުގެ ހެލްތު މިނިސްޓަރ ކޭކޭ ޝައިލާޖާ ވިދާޅުވީ ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަމަކީ "ކުއްލި ކާރިޘާއެއް"ގެ ގޮތުގައި ކަނޑައެޅީ މިބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅު އެޅުމުގެ ގޮތުންކަމަށެވެ. އަދި ސަރުކާރުން މިގޮތައް ކަނޑައެޅުމާއި ގުޅިގެން، ސަރުކާރުގެ ކަމާއި ގުޅުން ހުރިހައި އިދާރާތައް މިކަމަށް ތައްޔާރުވެ، ޗުއްޓީގައި ތިބި ޑޮކްޓަރުންނާއި ޞިއްޙީ އެހީތެރިން މިހާރު ޑިއުޓީއަށް ނިކުމެފައިވާކަމަށް އެޤައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި ތިން މީހުންނަކީވެސް، ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުން އަންނަ ޗައިނާގެ ވޫހާން ސިޓީގެ ޔުނިވަރިސިޓީއެއްގައި ތަޢުލީމު ޙާޞިލުކުރަމުންދާ ކެރެލާ ސްޓޭޓްގެ ތިން މީހުންނެވެ. މި ތިން މީހުންނަށް މިހާރު ތްރިޝޫރާއި، އަލައްޕުޒާ މެޑިކަލް ކޮލެޖުގައި ކަރަންޓީންކޮށްގެން ފަރުވާދެމުންދާކަމަށް ކެރެލާ ސަރުކާރުން ވަނީ ބުނެފައެވެ. އަދި މިކުދިންގެ ޙާލަތު މިހާރު ރަނގަޅުކަމަށް މަޢުލޫމާތު ލިބެއެވެ.

ކެރެލާ ސްޓޭޓުގެ ޑިސާސްޓަރ މެނޭޖްމެންޓް ސެންޓަރާއި ޙަވާލާދީ އިންޑިއާގެ ނިއުސް އޭޖެންސީތަކުން ރިޕޯޓުކުރާގޮތުގައި، ޗައިނާއާއި ،ކޮރޯނާވައިރަސް ފެތުރިފައިވާ ޤައުމުތަކަށް ފާއިތުވެދިޔަ ދުވަސްތަކުގައި ދަތުރު ކުރި އެސްޓޭޓްގެ މީހުން ހޯދުމަށް ސަރވައިލެންސް ޕްރޮގުރާމެއް ހިންގާ މިހާތަނަށް އައިއިރު 2،239 މީހުން ހޯދިފައިވާކަމަށެވެ. އަދި މީގެ ތެރެއިން 2،155 މީހުންގެ ގޭގައި ކަރަންޓީންކޮށްފައިވާކަމަށެވެ. އަދި އަނެއް 84 މީހުން ހޮސްޕިޓަލްތަކުގެ އައިސޮލޭޓް ވޯޑްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަކަމަށެވެ. މީގެ ތެރެއިން 82 މީހުންނަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި 3 މީހުންނާއި އެކި ގޮތްގޮތުން ދިމާވެފައިވާ މީހުންކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކަރަންޓީން ކުރި 2،239 މީހުންގެ ތެރެއިން 40 މީހުންނަކީ ޓްރިސޫރް އަވަށުގެ މީހުންކަން ހާމަކޮށްފައިވީނަމަވެސް ދެންތިބި މީހުން ނިޞްބަތްވާ އަވަށެއް ހާމަކޮށްފައެއް ނުވެއެވެ.

ރެލާ ސްޓޭޓުގެ ހެލްތު މިނިސްޓަރ ކޭކޭ ޝައިލާޖާވަނީ ވައިރަސް ފެތުރިފައިވާ ޤައުމުތަކަށް އެެއްވެސް ބޭނުމެއްގައި ޒިޔާރަތްކޮށްފައިވާ ފަރާތެއް ނަމަ އެމިނިސްޓްރީއަށް ނުވަތަ ކަމާއި ގުޅުން ހުރި އިދާރާއަކަށް އިންޑިއާއަށް އައިސް މަޑުނުވެ ރިޕޯޓްކުރަން އަންގާ އެކަން އިޢުލާންކޮށްފައެވެ. އަދި ރިޕޯޓުނުކޮށްތިބޭ ފަރާތްތަކާމެދު ވަކި އުޞޫލެއްގެ ދަށުން ފިޔަވަޅު އަޅާނެކަމަށްވެސް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ ރިޕޯޓުނުކުރުން އެއީ ވަރަށް ނުރައްކާ ކަމެއް ކަމަށެވެ. އެއީ ރިޕޯޓުނުކޮށްފިނަމަ، އިތުރު ބަޔަކު މިކަމުގެ ނުރައްކަލަށް ހުށަހެޅިގެން ދާނެތީކަމަށެވެ.

ކެރެލާ ސްޓޭޓުގެ ގިނަ ޢަދަދެއްގެ ކުދިން ވޫހާން ސިޓީގައި ތަޢުލީމު ޙާޞިލު ކުރަމުންދާތީ ކަރަންޓީން ކުރާ މުއްދަތުގެ ގޮތުގައި 28 ދުވަސް ކެރެލާ ސަރުކާރުން ވަނީ ކަނޑައާޅާފައެވެ. އަދި ކެރެލާ ސްޓޭޓުގެ 14 އަވަށެއްގައި ސަރވައިލެންސް ޕްރޮގުރާމުގެ ދަށުން މީހުން ހޯދުމަށް ސްޕެޝަލް ކޮންޓްރޯލް ރޫމުތައް ވަނީ ޤާއިމުކޮށްފައެވެ.

ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން ކަރަންޓީން ކުރެވޭ މީހުންނަށާއި އެމީހުންގެ ޢާއިލާގެ މެންބަރުންނަށް ސައިކޯ ސޯޝަލް ޕްރޮގުރާމް ހިންގުމަށް ސަރުކާރުން 178 ކައުންސިލަރުން ހަމަޖައްސާފައިވާކަމަށްވެސް ކެރެލާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. މިހާތަނަށް އައިއިރު 371 މީހަކަށް ކައުންސެލިންގެ ދީފައިވާކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2017

އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ޓްރަމްޕް ނިންމަވަނީ

02 ޑިސެމްބަރު 2017
އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ޓްރަމްޕް ނިންމަވަނީ
28 ނޮވެމްބަރު 2017

ރޮބާޓް މުގާބޭ ގެ އުފަން ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ޒިމްބާބުވޭ އިން ކަނޑައަޅައިިފި

28 ނޮވެމްބަރު 2017
 ރޮބާޓް މުގާބޭ ގެ އުފަން ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ޒިމްބާބުވޭ އިން ކަނޑައަޅައިިފި
28 ސެޕްޓެމްބަރު 2017

ޓްރަމްޕްގެ ދަނބިދަރިކަލުން ވޯޓުލާފައި ވަނީ "އަންހެނެއްގެ ގޮތުގައި": ވަޔަޑް

28 ސެޕްޓެމްބަރު 2017
ޓްރަމްޕްގެ ދަނބިދަރިކަލުން ވޯޓުލާފައި ވަނީ "އަންހެނެއްގެ ގޮތުގައި": ވަޔަޑް
15 ސެޕްޓެމްބަރު 2017

ލަންޑަންގެ ރޭލް ހަމަލާ ތަހުގީގު ކުރަމުން ދަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި: ފުލުހުން

15 ސެޕްޓެމްބަރު 2017
ލަންޑަންގެ ރޭލް ހަމަލާ ތަހުގީގު ކުރަމުން ދަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި: ފުލުހުން
18 އޯގަސްޓު 2017

އުތުރު ކޮރެއާ އަށް ހަަމަލާ ދިނުމަކީި އަދިވެސް އޮޕްޝަނެއްގެ ގޮތުގައި އޮތް ކަމެއް: އެމެރިކާ

18 އޯގަސްޓު 2017
އުތުރު ކޮރެއާ އަށް ހަަމަލާ ދިނުމަކީި އަދިވެސް އޮޕްޝަނެއްގެ ގޮތުގައި އޮތް ކަމެއް: އެމެރިކާ
11 މެއި 2017

އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި

11 މެއި 2017
އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
19 ފެބުރުއަރީ 2017

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ
18 ފެބުރުއަރީ 2017

ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން

18 ފެބުރުއަރީ 2017
ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް