Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ސިޓީ ބަލިކޮށް ޓޮޓެންހަމް ފަސްވަނައަށް

ސިޓީ އަތުން ޓޮޓެންހަމް މޮޅުވީ 2-0 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ފެބުރުއަރީ 2020 | އާދީއްތަ 20:01
ޓޮޓެންހަމާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން

ޓޮޓެންހަމާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ މެންޗެސްޓާ ސިޓީ އަތުން 2-0 އިން މޮޅުވެ ތާވަލުގެ ފަސްވަނައަށް ޓޮޓެންހަމް ހޮޓްސްޕާސް ޖެހިލައިފި އެވެ.

މި މެޗުން ބަލިވެ ސިޓީ ތާވަލުގެ ދެވަނައިގައި އޮތީ 25 މެޗުން 51 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި އޮތް ލިވަޕޫލަށް 25 މެޗުން 73 ޕޮއިންޓު ލިބިފައިވާއިރު، ދެޓީމުގެ ދެމެދު 22 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އަދި ޓޮޓެންހަމް އަތުން ސިޓީ ބަލިވުމުން، ލީގު ތަށި ހޯދުމަށް ލިވަޕޫލަށް ދެން ބޭނުންވަނީ 18 ޕޮއިންޓެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ޑޯމިނޭޓުކޮށްގެން ކުޅުނީ ސިޓީންނެވެ. އެގޮތުން މި ހާފުގައި ލީޑު ނެގުމަށް ސިޓީއަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. އެކަމަކު ސިޓީގެ އިލްކާއި ގުންޑޮގާން ފޮނުވާލި ޕެނަލްޓީ ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފުގައި ސިޓީއަށް ގެންޖެހުންތަކާ ކުރިމަތިލާން ޖެހުނީ 60 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު އޮލެކްޒަންޑާ ޒިންޗެންކޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލި ހިސާބުންނެވެ. އެގޮތުން އޭގެ ތިން މިނެޓު ފަހުން ޓޮޓެންހަމުން ވަނީ މެޗުގައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިމިދިޔަ ޖެނުއަރީ ޓްރާންސްފާގައި އެޓީމާ އަލަށް ގުޅުނު ސްޓީވަން ބާގްވިން އެވެ. މި މެޗަކީ މީގެ ކުރިން ޕީއެސްވީ އެއިންދޯވަން އަށް ކުޅުނު ބާގްވިން ޓޮޓެންހަމަށް ކުޅެދިން ފުރަތަމަ މެޗެވެ.

މެޗުގައި ޓޮޓެންހަމުން ލީޑު ފުޅާކުރީ 71 ވަނަ މިނެޓުގައެވެ. އެންޑޮމްބެލޭ ދިން ޕާހަކުން މި ލަނޑު އެޓީމަށް ޖަހައިދިނީ ސޮން ހުއެން-މިން އެވެ.

މި މޮޅާއެކު ޓޮޓެންހަމް ތާވަލުގެ ފަސްވަނައަށް ޖެހިލީ 25 މެޗުން 37 ޕޮއިންޓާއެކު އެވެ. ތާވަލުގެ ހަވަނއަށް ވެއްޓުނު ޝެފީލްޑް ޔުނައިޓެޑަށް 25 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ބާންލީ އާއި އާސެނަލް ބައްދަލުކުރި މެޗު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބުނުކުރެވި އެވެ. މި މެޗު އެއްވަރުވުމުން އާސެނަލް އޮތީ ތާވަލުގެ ދިހަވަނައިގައި 25 މެޗުން 31 ޕޮއިންޓާއެކު އެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު