Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު14 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތް

14 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ކުޅުން ފަށައިފި

2 ފެބުރުއަރީ 2020 | އާދީއްތަ 14:21

ކްއީންސް އަދި ބެންޗް ބައްދަލުކުރި މެޗު ކްއީންސް އިން ކާމިޔާބުކުރީ 58 ޕޮއިންޓް 35 ޕޮއިންޓުން

އަތޫފް އާތިފް
އަތޫފް އާތިފް | 2 ފެބުރުއަރީ 2020 | އާދީއްތަ 14:21
ކްއީންސް އަދި ބެންޗް ބައްދަލުކުރި މެޗުގެ ތެރެއިން

ކްއީންސް އަދި ބެންޗް ބައްދަލުކުރި މެޗުގެ ތެރެއިން

ފަސް ޓީމާއިއެކު 14 ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ކުޅުން ހޮނިހިރު ދުވަހު ފަށައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގެ ހޯލުގައި ކުރިޔަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކުއީންސް ބާސްކެޓް ބޯޅަ ކްލަބާއި ބެންޗް ސްޕޮޓްސް ކްލަބްއެވެ. މި މެޗު 58 ޕޮއިންޓް 35 ޕޮއިންޓް އިން ކާމިޔާބު ކޮށްފައިވަނީ ކްއީންސް ބާސްކެޓް ކްލަބްއެވެ.

މެޗުގެ ފުރަތަމަ ކުއާޓާގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ކުއާޓާގައި ބެންޗް އެސްސީގެ ޒުވާން ކުޅުންތެރިން ވަނީ މޮޅަށް ކުޅެފައެވެ. އެގޮތުން މި ކުއާޓާ ބެންޗް އެސްސީއިން ކާމިޔާބުކުރީ 13 ޕޮއިންޓް 11 ޕޮއިންޓުންނެވެ.

ޖެހިގެން އައި ކުއާޓާގައި ކްއީންސް ބީސީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ހިފައިފައެވެ. މި ކުއާޓާގައި ކްއީންސް ބީސީއިން ވަނީ ފަހަތުން އަރައި ބޮޑު ލީޑެއް ނަގައިފައެވެ. މި ކުއާޓާ ކްއީންސް ބީސީ އިން ނިންމައިލީ 30 ޕޮއިންޓް 18 ޕޮއިންޓުންނެވެ.

މެޗުގެ ތިންވަނަ ކުއާޓާ އެއްކޮށްކަހަލަ ގޮތަކަށް ކޮންޓްރޯލް ކުރީ ކްއީންސް ބީސީއިންނެވެ. އެގޮތުން މި ކުއާޓާ ކްއީންސް ބީސީ އިން ނިންމައިލީ 50 ޕޮއިންޓް 38 ޕޮއިންޓުންނެވެ.

މެޗުގެ ފަހު ކުއާޓާގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ކުއާޓާ ނިމިގެންދިޔައީ 58 ޕޮއިންޓް 35 ޕޮއިންޓުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިގެންދިޔައީ ކްއީންސް ބީސީގެ ފާތިމަތު ރިޝްމާ އެވެ.

އަންހެން ޑިވިޝަނުގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެލީޓް ސްޕޯޓްސް ކްލަބް އާއި ލައިނެސް އެވެ.

މި މެޗު ފަސޭހަކަމާއިއެކު އެލީޓް ސްޕޯޓްސް ކްލަބްއިން ވަނީ ކާމިޔާބުކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު އެލީޓްއިން 14 ޕޮއިންޓް ސްކޯ ކޮށްފައެވެ. މި ކުއާޓާގައި ލައިނެސް އަށް ކާމިޔާބުކުރެވުނީ އެންމެ 5 ޕޮއިންޓެވެ. ދެވަނަ ކުއާޓާ ނިމުނުއިރު އެލީޓްއިން 31 ޕޮއިންޓް ސްކޯކޮށްފައިވާއިރު މި ކުއާޓާ ނިމުނުއިރު ލައިނެސް އަށް އަށް ކާމިޔާބުކުރެވުނީ 9 ޕޮއިންޓެވެ. ތިންވަނަ ކުއާޓާގައި އެލީޓްއިން 44 ޕޮއިންޓް ސްކޯކޮށްފައިވާއިރު މި ކުއާޓާ ވެސް ލައިނެސްއިން ނިންމާލީ 9 ޕޮއިންޓާއިއެކުގައެވެ. ފަހު ކުއާޓާ ނިމުނުއިރު އެލީޓްއިން ވަނީ 58 ޕޮއިންޓް ސްކޯކޮށްފައެވެ. މި ކުއާޓާ ނިމުނުއިރު ލައިނެސް އަށް ސްކޯކުރެވުނީ 12 ޕޮއިންޓެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިގެންދިޔައީ އެލީޓްގެ އައިމިނަތު ޝިއުރާ އެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ކުޅޭ ޓީމުތަކަކީ އެލީޓް ސްޕޯޓްސް ކްލަބް، ޓީއެސްއޭ، ކުއީންސް ބީސީ، ބެންޗް ބާސްކެޓް ބޯޅަ ކްލަބް އަދި ލައިނެސް ސްޕޯޓްސް އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް