Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންވަޔަރަމެންޓް މިނިސްޓްރީ

ރަށްގިރުމުގެ މައްސަލަ ދިމާވަނީ ކުރިން ކަން ކޮށްފައި ހުރި ގޮތުން: ޑރ. ހުސައިން

2 ފެބުރުއަރީ 2020 | އާދީއްތަ 13:11

ޖުމްލަ 30 ރަށަކަށް ޒިޔާރަތް ކޮށްފައިވޭ

އަލީ ސަމާޚް
އަލީ ސަމާޚް | 2 ފެބުރުއަރީ 2020 | އާދީއްތަ 13:11
އެންވަޔަރަމެންޓް މިނިސްޓްރީ

އެންވަޔަރަމެންޓް މިނިސްޓްރީ

ރަށް ގިރަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ރަށްރަށުގެ ބަނދަރުތައް ހަދާފައި ހުރި ގޮތުން ކަމަށާއި، ކުރިން ބަނދަރުތައް ހަދާފައި ހުރީ އެންމެ އެކަށީގެންވާ ގޮތަށް ބަލައިގެން ނޫން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރަށް ގިރާ މައްސަލާގައި އާދިއްތަ ދުވަހު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިރުވައިގެ ހަޅާގައި ގިނަ ރަށްތަކެއް ގިރާ، ބޮޑެތި ގެއްލުންތަކެއް ވަމުުންދާ ކަމުގެ ޝަކުވާ އެ މިނިސްޓްރީ އަށް ލިބެމުންދާ ކަމަށެެެވެ.

Advertisement - newsAdvertisement

ރަށްގިރާ މައްސަލައިގައި މިނިސްޓަރު ހިމެނިވަޑައިގަންނަވާ ގޮތަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ވަަފުދެއް ވަނީ މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން މީހުން ދިރިނޫޅޭ ޖުމްލަ 30 ރަށަކަށް ޒިޔާރަތް ކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ، ހުރިހާ ރަށަކަށްވެސް ގިރުމުގެ އަސަރު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު ރަށް ގިރުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.

ޑރ. ހުސައިން ރަޝީދު ވިދާޅުވީ، ފަޅު ރަށްރަށުގެ ގޮނޑުދޮށްތައްވެސް ގިރާފައިވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މީހުން ދިރިއުޅޭ، ބަނދަރު ހަދާފައި ހުރި ރަށްރަށުގައި ގިރުން ބޮޑު ކަމަށް ވިދާޅުވިއެވެ. އެއީ މޫސުމަށް އަންނަ ބަދަލަކާއި ގުޅިގެން މޫސުން ވަކި ގޮތަކަށް ދިމާވުމުން ކުރާ އަސަރު ބޮޑުވުމުން ކަމަށް ފާހަގަކުރެއްވިއެވެ.

ސަރުކާރުން ގެންދަނީ ރަށްރަށަށް ދިމާވެފައިވާ ގެއްލުންތައް ބަލަމުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި 123 ރަށަކުން ވަނީ ރަށްގިރާ ކަމުގެ ޝަކުވާ އެންވަޔަރަމެންޓް މިނިސްޓްރީ އަށް ހުށައަޅާފައެވެ. އެކަމަކު އެއީ ކޮންރަށްތަކެއް ކަމެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

މިނިސްޓަރު ވިދާޅުވީ، ތިމާވެއްޓަށް ދިމާވާ މިފަދަ ކަންތައްތަކުގައި ރަށު ފެންވަރުގައި ފިޔަވަޅު އެޅޭނެ ގޮތްތަކުގެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށެވެ.

ރ. ފައިނުގެ ގޮނޑުދޮށް ގިރާ މައްސަލައަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެރަށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެހެން ރަށްރަށްވެސް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓަރު ވިދާޅުވީ، ރަށްގިރުމުގެ މައްސަލައަށް ހައްލެއްގެ ގޮތުގައި ބާރުއަޅަނީ ހިލަ ތޮށި އެޅުމުގެ ބަދަލުގައި ''ނޭޗަރ ބޭސް ސޮލިއުޝަން'' ތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ބަނދަރުތައް ހަދާއިރު ބަލަންވީ ވެއްޓަށް އެކަމުން ލިބޭނެ ގެއްލުން ކުޑަކުރުން ކަމަށެވެ. ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮންނަ ގޮތް ބަދަލުކުރުމަށް ކުރެވޭ ކޮންމެ ކަމަކާއި ގުޅިގެން ގުދުރަތީ ވެއްޓަށް ބަދަލުތަކެއް އަންނަ ކަމަށް ވިދާޅުވިއެވެ.

އެކަމަކު ވޭތުވެދިޔަ ތަނުގައި މިހާރު ކަންބޮޑުވާ ގޮތަށް ކަންބޮޑުވުންތައް ނެތުން އެކަށީގެންވާ ކަމަށާއި، އަދި އެންމެ ރަނގަޅަށް އެކަން ކުރަންވާ ގޮތަށް ބަލައިގެން ނުކުރެވުނީމަ ކަމަށްވުން އެކަށީގެންވާ ކަމަށެވެ.

އެކަން މިހާރު ދޫކޮށްލާފައި މިހާރު ވިސްނަން ޖެހޭނީ މިހާރަށް ވުރެ ވެއްޓަށް ކުޑަ ބަދަލުތަކެއް އަންނާނެ ގޮތަކަށް، ތަރައްގީއާ ކުރިއެރުމަށް ހުރަސް ނޭޅޭ ގޮތަކަށް ކަންކަން ކުރަން ކަމަށް ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް