Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީންގެ ޝަރީއަތް

ރައީސް ޔާމީންގެ ޝަރީއަތް މާދަމާ ހައިކޯޓުގައި، ޓީވީން ލައިވް ކުރަން ބަޔަކު އެދިފައެއް ވެސް ނެތް!

ޓީވީން ލައިވް ކުރަން ބަޔަކު އެދިއްޖެނަމަ، އެކަމާމެދު ގޮތެއް ނިންމާނީ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 27 ޖެނުއަރީ 2020 | ހޯމަ 09:19
ކުރީގެ ރައީސް އަބްދުﷲ ޔާމީން: ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއްގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއްގައި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމެއް އަންގާރަ ދުވަހު ހައިކޯޓުގައި ތާވަލް ކޮށްފި އެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ، ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އަންގާރަ ދުވަހުގެ 11:15 އަށް ހައިކޯޓުގައި ތާވަލް ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަމީން ވިދާޅުވީ، އަންގާރަ ދުވަހު ބޭއްވުމަށް ނިންމާފައިވާ، ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ޓީވީން ލައިވް ކުރަން މިހާތަނަށް އެއްވެސް ބަޔަކު އެދިފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، އަދި ބަޔަކު އެދިފައިވީނަމަވެސް، ޝަރީއަތުގެ އަޑުއެހުން ލައިވް ކުރުމާމެދު ގޮތެއް ނިންމާނީ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށެވެ.

މީގެއިތުރުން އަމީން ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތުގެ އަންގާރަ ދުވަހުގެ އަޑުއެހުން ޓީވީން ލައިވް ކުރަން ހޯމަ ދުވަހުގެ މެންދުރާ ހަމައަށް އައިރު ނިންމާފައި ނުވާކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުންތަކާއި، ހުކުމް ކުރުމަށް ބޭއްވި ޝަރީއަތް ކްރިމިނަލް ކޯޓުން ޓީވީން ލައިވް ކުރުމުގެ ފުރުސަތު ދީފަ އެވެ.

މިއީ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މި މައްސަލައިގެ ފުރަތަމަ އަޑު އެހުމެވެ. އަންގާރަ ދުވަހު ރައީސް ޔާމީންގެ މަނީ ލޯންޑަރިންގ މައްސަލައިގެ އަޑުއެހުމެއް ތާވަލް ކޮށްފައިވާއިރު، ކަފާލާތުގެ ދަށުން ދޫކޮށްލާ ދެއްވުމަށް ރައީސް ޔާމީންގެ ފަރާތުން ވަނީ ހައިކޯޓުގައި އެދިފައެވެ.

އެހެންކަމުން ހައިކޯޓުގައި ބޭއްވޭ އިސްތިއުނާފު އަޑުއެހުމުގައި އެކަމަށް ގޮތެއް ނިންމުމަކީ އެކަށީގެންވާ ކަމެކެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމަށް އެދިފައިވާއިރު، ކަފާލާތުގެ ދަށުން ދޫކުރުމުގެ އުޞޫލެއް ރާއްޖޭގެ ޢަދުލުގެ ނިޒާމުގެ ތެރެއިން ކަނޑައެޅިފައިނުވާ ކަމަށް މަޝްހޫރު ބައެއް ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުން ނެވެ.

މިދިއަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގ ކުށް ސާބިތުވާކަމަށް ނިންމައި، 5 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފަ އެވެ. އަދި އެފައިސާ 6 މަސް ދުވަހުގެ ތެރޭގައި އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ވެސް ކޯޓުގެ ހުކުމުގައި ވެއެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކުގައި އޮންނަ އެމަނިކުފާނުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށް، އަދި ފަހުން އެފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި 36 މަސް ދުވަސް ވަންދެން އިންވެސްޓްކޮށްފައި ފައިދާ ހޯދާފައިވާތީ، އެފައިސާ ދައުލަތަށް ނަގާ ދިނުމުގެ އަމުރަކަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.

އެނގިފައިވާ ގޮތުގައި، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައަޅުއްވާފައިވަނީ ރައީސް ޔާމީންގެ އެކައުންޓްގައި ހުރި 3.4 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައުލަތައް ނެގުމުގެ އަމުރެއް ނެރެދެއްވުމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު