Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަސަން ޝާހު

ޝާހު، އެމްޑަބްލިއުއެސްސީ އަށް ބަދަލުކުރީ އެމްޓީސީސީ ނުހިންގިގެން!

ޝާހު މަގާމުން ވަކިނުކުރެއްވީ ކޯލިޝަން އަށް ބުރޫ އަރާފާނެތީ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2020 | ހޯމަ 09:31
ހަސަން ޝާހު

ހަސަން ޝާހު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު، މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް ބަދަލުކުރީ، އޭނާ އަށް އެކުންފުނީ ނުހިންގިގެން ކަމަށް ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

ޝާހުގެ ބަދަލުގައި އެމްޓީސީސީގެ އެމްޑީ އަކަށް ހަމަޖެއްސެވީ އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވީ، އާދަމް އާޒިމް އެވެ. މި ދެ ބޭފުޅުންނަކީވެސް ސަރުކާރުގެ ކޯލިޝަންގައިި ހިމެނިވަޑައިގަންނަވާ ޖުމްހޫރި ޕާޓީއަށް ނިސްބަށްވެ ވަޑައިގަންނަވާ ބޭފުޅުންނެވެ. ޝާހުއާއި އާޒިމް، ދެ ކުންފުނީގެ އެމްޑީކަމުން ބަދަލުކޮށްފައިވަނީ ހުސްވި ހަފްތާގައެވެ. މަގާމު ބަދަލުކުރެއްވިޔަސް، ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.

އިތުބާރު ހުރި މަސްދަަރުކުން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެމުން ބުނީ، ޝާހު އެމްޑަބްލިއުއެސްސީ އަށް ބަދަލުކުރީ، އެންމެ އެކަށީގެންވާ ގޮތަށް އެމްޓީސީސީ ނުހިންގޭތީ ކަމަށެވެ. އެގޮތުން ބައެއް މަޝްރޫއުތަށް އަދިވެސް ފަށައިނުގަނެވޭ ކަމަށްވެސް އެ މަސްދަރުން މައުލޫމާތުދިނެވެ.

ނަމަވެސް ޝާހު މަގާމުން ވަކި ނުކުރެއްވީ ކޯލިޝަން އަށް އޭގެ ބުރޫއަރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވެ ވަޑައިނުގަންނަވާތީ ކަމަށް މައުލޫމާތުދިން މަސްދަރުން ބުންޏެވެ. އަދި އެމްޓީސީސީ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކެއް އުޅޭކަމަށްވެސް އެ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް މި މައްސަލަތަކުގައި ޝާހުގެ ބައިވެރިވުން އޮތް މިންވަރާއި، އެހެން އެއްވެސް ތަފްސީލެއް ހާމައެއް ނުދެއެވެ.

ސަރުކާރުގެ އިސްމަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމާއި ބަދަލުކުރުމުގެ އިތުރުން ވަކިކުރައްވަނީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން (ޕީސީބީ) ބޯޑުންނެވެ. ހަތް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ އެ ބޯޑުގެ ރައީސް ހަސަން ވަހީދު ރާއްޖެ.އެމްވީ އަށް ވިދާޅުވީ، ޝާހު ބަދަލުކުރެއްވީ، އެމްޓީސީސީ ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ، ކޮރަޕްޝަން އަކީވެސް ''ރިސްކް'' ފެކްޓަރ އެއް ކަމަށެވެ. އެކަމަކު އިތުރު މައުލޫމާތެއް އޭނާ ހާމައެއް ނުކުރައްވައެެވެ.

އެމްޓީސީސީގެ ކޮރަޕްޝަންގެ މައްސަަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދޭތޯ ބަލަން އޭސީސީގެ ބޭފުޅެއްގެ ބަހެއް ނުލިބޭތީ ވަނީ އެކަން ސާފުނުވެފައެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ގާއިމްކޮށްފައިވާ ޕޯޓަލްއަށް މިކަމުގެ ޝަކުވާއެއް ލިބިފައިނުވާކަމަށް މައުލޫމާތު ލިބެއެވެ. މިކަމުގައި ޝާހުގެ ބަހެއް ހޯދާލުމަށް ރާއްޖެއެމްވީއިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިމްރާނާއި ފާރިސް އަނބުރާ ޖަލަށް ބަދަލުކުރީ ރައީސް ޔާމީން ބިރުން: ރޮޒައިނާ

އިމްރާނާއި ފާރިސް އަނބުރާ ޖަލަށް ބަދަލުކުރީ ރައީސް ޔާމީން ބިރުން: ރޮޒައިނާ

21 އޮކްޓޯބަރު 2017
ގުޅީފަޅު ތަރައްގީ ކުރި ކުންފުނިން 37 މިލިއަން ރުފިޔާ އެމްޑަބްލިއުއެސްސީއަށް ދައްކަން ހުކުމް ކޮށްފި

ގުޅީފަޅު ތަރައްގީ ކުރި ކުންފުނިން 37 މިލިއަން ރުފިޔާ އެމްޑަބްލިއުއެސްސީއަށް ދައްކަން ހުކުމް ކޮށްފި

30 އޯގަސްޓު 2017
މަޖިލީސް ޗެމްބަރުގެ ތެރެއަށް ސެކިއުރިޓީން ވަންނަން ޖެހޭ ހާލަތަށް ކަންކަން ބަދަލުކުރީ  އިދިކޮޅު މެންބަރުން: ނިހާން

މަޖިލީސް ޗެމްބަރުގެ ތެރެއަށް ސެކިއުރިޓީން ވަންނަން ޖެހޭ ހާލަތަށް ކަންކަން ބަދަލުކުރީ އިދިކޮޅު މެންބަރުން: ނިހާން

23 އޯގަސްޓު 2017
އެމްޓީސީސީ އާއި ސޭވްދަ ބީޗް ގުޅިގެން ހިރިލަންދޫގައި ސާފުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

އެމްޓީސީސީ އާއި ސޭވްދަ ބީޗް ގުޅިގެން ހިރިލަންދޫގައި ސާފުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

20 އޯގަސްޓު 2017
ފާރިސް ދޫނިދޫ ޖަލަށް ބަދަލުކުރީ ގާނޫނާ ހިލާފަށް: މައުމޫން ހަމީދު

ފާރިސް ދޫނިދޫ ޖަލަށް ބަދަލުކުރީ ގާނޫނާ ހިލާފަށް: މައުމޫން ހަމީދު

22 ޖުލައި 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު