Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވިއަން ޑިމޮކްރެިޓިކް ޕާޓީ

ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ މަދީހާގެ ކެނޑިޑެސީ ބާތިލުކުރަން

މަދީހާ އަކީ ކަނޑުހުޅުދޫއިން ހައްޔަރު ކުރި ކާފާގެ ކޮއްކޮ

އަލީ ސަމާޚް
އަލީ ސަމާޚް | 24 ޖެނުއަރީ 2020 | ހުކުރު 06:13
މަދީހާ އަބްދުﷲ

މަދީހާ އަބްދުﷲ

ލޯކަލް ކައުންސިލް އިންތިހާބުގައި، ގއ. ކަނޑުހުޅުދޫ ކައުންސިލް މެމްބަރުކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނިންމި މަދީހާ އަބްދުﷲގެ ކެނޑިޑޭސީ ބާތިިލްކުރަން އެމްޑީޕީން ނިންމާފައިވާކަން ރާއްޖެ.އެމްވީއަށް އެނގިއްޖެއެވެ.

މަދީހާ އަކީ، ދެ އަހަރުނުވާ ތުއްތު އަންހެން ކުއްޖަކު ''ރޭޕް'' ކުރުމުގެ ތުހުމަތުކުރެވޭ އެ ކުއްޖާގެ ކާފަގެ ކޮއްކޮއެވެ. ކަނޑުހުޅުދޫގައި، ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުއްޖާގެ ކާފަގެ އިތުރުން މުނިކާފަ ވަނީ ހައްޔަރުކޮށްފައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މަދީހާގެ ކެނޑިޑެސީ ބާތިލްކުރަން އެމްޑީޕީން ނިންމާފައިމިވަނީ އެ ތުއްތު ކުއްޖާއަކާއި ބެހޭގޮތުން ރާއްޖެގެ ނޫހަކަށް ދިން އިންޓަވިއުއަކާއި ގުޅިގެންނެވެ. އެގޮތުން ''ސަން'' ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން އެ ނޫހަށް ދިން އިންޓަވިއުގައި މަދީހާ ބުނެފައިވަނީ، ކާފަ ކުޑަކުއްޖާއަށް ޖިންސީ އަނިޔާކުރިކަމަށް ބުނާ ވާހަކަތައް ފެތުރީ ކުއްޖާގެ މަންމަ ފަރާތު އާއިލާއިން ކަމަށެވެ. އަދި އެ މައްސަލަ ހޫނުކުރީ އެ އާއިލާ އާއި މީޑިއާއިން ކަމަށް މަދީހާ ބުނެފައިވެއެވެ.

އޭނާގެ ބޭބެ ދިފާއުކޮށް ވާހަކަދައްކަމުން މަދީހާ އިތުރަށް ބުނެފައިވަނީ، ތިން ފިރިހެނުން ވެގެން ކުޑަކުއްޖާ ރޭޕްކުރިނަމަ އެކުއްޖާ އެހާ "ހެޕީކޮށް" ދުވެ ނޫޅޭނެ ކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

މަދީހާގެ އެ ވާހަކަތަކާއި ގުޅިގެން އޭނާގެ ކެނޑިޑެސީ ބާތިލްކުރުމަށް ގިނަ ބަޔަކު ޓްވިޓާގައި ގޮވާލާފައިވަނިކޮށް، އެމްޑީޕީން ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުުން ހުއްޓުވުމަކީ އެ ޕާޓީގެ މައި އެއް ވިސްނުން ކަމަށެވެ.

އޭގެ އިތުރުން، އެފަދަ ކަންކަމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކާ އަދި އަމަލުކުރާ މީހުން ދެނެގަތުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީންވެސް ވަނީ ބުރާސްފަތި ދުވަހު ބައްދަލުވުމެއް ބާއްވާފައެވެ. އެމްޑީޕީގެ އިސް އޮފިޝަލަކު ރާއްޖެ.އެމްވީއަށް ވިދާޅުވީ، ފިޔަވަޅުއަޅާ ކޮމެޓީން ނިންމީ މަދީހާގެ ކެނޑިޑެސީ ބާތިލްކުރަންކަމަށެވެ. ނަމަވެސް އަދި މިހާތަނަށް ރަސްމީކޮށް އެމްޑީޕިން މިކަން ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު