Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާޤު

އިރާޤުގަ ތިބޭ އެމެރިކާ ސިފައިން މަދުކުރުމާއި ބެހޭ ގޮތުން މަޝްވަރާކޮށްފި

މަޝްވަރާ ކުރެއްވީ، އިރާޤުގައި ތިބި އެެމެރިކާ ސިފައިންގެ މަދުކުރުމާއި ބެހޭ ގޮތުން

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2020 | ބުރާސްފަތި 17:57
އިރާޤުާއި އެމެރިކާގެ ރައީސުން ޑާވޯސްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

އިރާޤުާއި އެމެރިކާގެ ރައީސުން ޑާވޯސްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

އިރާޤުގައި ޙަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރީ ފައުޖުގެ ޢަދަދު މަދުކުރަން އެމެރިކާއާއި އިރާޤުން މަޝްވަރާކޮށްފިއެވެ.

މިކަމާއި ގުޅޭ މަޝްވަރާކުރައްވާފައިވަނީ، ސްވިޓްޒަރލޭންޑުގެ ޑާވޯސްގައި މިހާރު ކުރިޔަށްދާ ވަރލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އިރާޤުގެ ރައީސް ބަރްޙާމް ޞާލިޙާއި ދެބޭފުޅުން ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުކުރެއްވުމާއި ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދެބޭފުޅުންގެ ބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެއްވީ، އިރާޤުގައި ޙަރަކާތްތެރިވަމުންދާ އެެމެރިކާ ސިފައިންގެ މަދުކުރުމާއި ބެހޭ ގޮތުންކަމަށެވެ.

އިރާޤުގެ ރައީސްގެ ވާހަކަފުޅުގައި، އިރާޤުގެ މިނިވަންކަމާއި އިސްތިޤުލާލު ހިފެހެއްޓުމަށް، އެޤައުމުގެ ސަލާމަތީ ކަންކަމުގައި އަމިއްލަ ސިފައިން ޙަރަކާތްތެރިވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިހާރު އެމެރިކާގައި ރުކުރުވާލާފައިވާ އިރާޤުގެ އަސްކަަރީ ފައުޖުތައް މަދުކޮށް، ވަކި އުޞޫލެއްގެ ދަށުން ރޭވިގެން އެކަން ކުރިޔަށްގެންދިއުމަށް އެމެރިކާގެ ރައީސް ގެ ކިބައިން އެދިވަޑައިގެންފައިވެއެވެ. އަދި މިއީ އެމެރިކާ ރައްޔިތުންގެ އެދުމެއްކަން ފާހަގަކުރައްވާ، ރައްޔިތުންގެ ގޮވާލުމަށް އިޖާބަދެއްވުމަށް އިރާޤުގެ ރައީސް އެދިވަޑައިގެންނެވިއެވެ. މީގެ ކުރިންވެސް އެމެރިކާ ސިފައިން ބޭލުމަށް އެދި އިރާޤުން އެމެރިކާ ސަރުކާރުގައި އެދިފައިވެއެވެ.

ވައިޓް ހައުސްގެ ބަޔާނުގައި މިބައްދަލުވުމާއި ބެހޭ ގޮތުން އިތުރަށް ވިދާޅުވެފައިވަނީ، އިރާޤު ސިފައިން މަދުކުރިޔަސް އަދި އެއްކޮށް އިރާޤުން ބޭލިނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި އަސްކަރީ އަދި ދިފާޢީ ދާއިރާއިން އަބަދުވެސް އެމެެރިކާގެ އަސްކަރީ ދައުރެއް އިރާޤުގައި އަޮންނާނެ ފަދަ ގޮތަކަށް ދެބޭފުޅުން އެބަސްވެ ވަޑައިގެންފައިވާކަމަށެވެ.

އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުންވަނީ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު، އިރާޤުގައި ތިބި އެމެރިކާ ސިފައިން އެޤައުމުން ބޭލުމަށް އެދި، ސަރުކާރަށް އެކަމަށް ގޮވާލާ ޤަރާރެއް ފާސްކޮށްފައެވެ. އޭރު އެ ޤަރާރު ފާސްކުރީ އިރާޤުގައި އެމެރިކާގެ އަސްކަރީން ދިން ޙަމަލާއެއްގައި އިރާނުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ޖެނެރަލް ޤާސިމް ސުލައިމަނީއާއި، އިރަޤުގެ އަސްކަރިއްޔާގެ ކޮމާންޑަރެއްކަމަށްވާ އަބޫ މަހްދީ އަލް-މުހަންދިން އަވަހާރަކޮށްލުމާއި ގުޅިގެންނެވެ.

މި ދެބޭފުޅުން އަވަހާރަކޮށްލި މައްސަލައިގައި، އީރާނާއި އެމެރިކާގެ މަޞްރަޙު ހޫނުވެ، ފަހުން އިރާނުން އިރާޤުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ 2 މަރުކަޒަކަށް ދިން ޙަމަލާތަކާއި ގުޅިގެން އިރާޤު ރައްޔިތުންވެސް ދަނީ އެކަމާިއ ކަންބޮޑުވާކަން ފާޅުކުރަމުންނެވެ. ވަކިން ޚާއްޞަކޮށް އިރަޤުގެ ހުއްދަ ނެތި އެ ދެޤައުމުން ޙަމަލާދިނުމަށް އިރާޤުގެ ބިމާއި ވައިގެ ޞަރަޙައްދު ބޭނުންކުރަމުންދާތީ ގިނަ ފަރާތްތަކަކުން ދަނީ ސަރުކާރަށް ފާޑިކިޔަމުންނެވެ. ސިޔާސީ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ބޭރުގެ ބާރުތައް އިރާޤުގައި ތިބުމަކީ ވަކިން ޚާއްޞަކޮށް އެމެރިކާފަދަ ނުފޫޒުގަދަ ޤައުމެއްގެ އަސްކަރީން އިރާޤުގައި ޙަރަކާތްތެރިވުމަކީ އޭގެ ޒާތުގައި އިރާާޤަށް އޮތް ބޮޑު ނުރައްކަލެއްކަމަށެވެ.

އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުން ފާސް ކުރި ޤަރާރު ތަންފީޒުކުރެއްވުމުގެ ބޭނުމުގައި އިރާޤުގެ ބޮޑުވަޒީރު އާދިލް ޢަބްދުލް މަޙްދީ ވަނީ އިރާޤުގައި ޙަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތައް އެޤައުމުން ބޭލުމަށް ތައްޔާރުވުމަށް އެމެރިކާ ސަރުކާރުގައި އެދިވަޑައިގެންފައެވެ. އެހެންނަމަވެސް އިރާޤުން ބޭނުންވާ ގޮތުގެ ބަދަލުގައި އެމެރިކާއިން ޢަމަލުކުރަމުންދަނީ އެމެރިކާއަށް އޭގެ މަންފާ ލިބޭގޮތަކަށް ކަމަށް މެދުއިރުމަތީގެ މަޞްރަޙު ދިރާސާ ކުރާ މުޙައްލިލުން ވިދާޅުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު