Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުލޯކަލް ކައުންސިލް އިންތިހާބު

ކުރިއަށް އޮތް އިންތިޚާބާއި މިހާރު ކައުންސިލުން ކުރާ މަސައްކަތާ ގުޅުން އެބައޮތް!

21 ޖެނުއަރީ 2020 | އަންގާރަ 07:31

މަސައްކަތް ކުރަނީ ކެމްޕޭނާއި ދިމާކޮށް ނޫންކަމަށް ބުންޏަސް، ރައްޔިތުން އެކަން ގަބޫލުކުރާނެ ކަމާއިމެދު ޝައްކު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 ޖެނުއަރީ 2020 | އަންގާރަ 07:31
މާލެ ސިޓީ

މާލެ ސިޓީ

މާލޭގެ ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތަކަށް ކުއްލިއަކަށް ކޮންމެވެސް ވަރެއްގެ ޙައްލުތަކެއް އަންނަތަން ފެންނަން ފަށައިފިއެވެ. ޕާކިން ޒޯންތަކެއް މާލޭގެ އެކި ޞަރަޙައްދުތަކުން ފެނިއްޖެއެވެ. ފޮހެވިފައިވާ މަގުމަތީގައި ހުރި ރޮނގުތަކުގައި ކުލަ ލެވިއްޖެއެވެ. ފަޅުގައި އަޅާފައިވާ ގިނަ ދުވަސްވެފައިވާ އޮޑިތައް ނެގުމުގެ މަސައްކަތް ފެށިއްޖެއެވެ. މަގުތައް ކޮންމެވެސް ވަރަކަށް ހަދަން ފެށިއްޖެއެވެ.

މިފަދަ މަންޒަރުތަކެއް ފެނުމުން ހަނދާނަށް އަންނަނީ ރައީސް މައުމޫންގެ ވެރިކަމުގައި ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އަންނަ ކަމެއްގެ ވާހަކައެވެ. ކަޑަ ޖަހާ ވާހަކައެވެ. އިންތިޚާބުތަކާއި ދިމާކޮށް ހިނގާ މިފަދަ ކަންކަމާއި، މިހާރު މާލޭގައި ހިނގާ ކަންކަމާ ގުޅުވަން ވަރަށް ފަސޭހަވެއެވެ. އެހެންނަމަވެސް އެއީ އިންތިޚާބާއި ދިމާކޮށް ކުރާ ކަމެއް ނޫންކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ހައިރާން ވާން ނުޖެހޭ ކަމަކީ އެހެން ވިދާޅުވާ ކައުންސިލަރުންނަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންނެވެ.

އަޞްލު ވާހަކަޔަށް ޖެހިލާނަމެވެ. މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުން ކިތަންމެ ނޫންކަމަށް ދައްކަން އުޅުނަސް، ހަޤީޤަތުގައި މާލެ ސިޓީ ކައުންސިލް އޮތީ ނިމިދިޔަ ދައުރުގައި ފެއިލްވެފައެވެ. ރައްޔިތުންނަށް ޚިދުމަތްކުރުމަށް އެމީހުންނަށް ބޮޑެތި ހުރަސްތަކެއް ނެތް ވާހަކައެއް ނޫނެވެ. ހުރަސްތައް ހުއްޓެވެ. އެހެންނަމަވެސް އެ ހުރަސްތަކާއެކުވެސް ކުރެވޭނެ ކަންކަންވެސް ހުއްޓެވެ. ހުރަސްތައް ގިރާ ކުރެވޭނެ ގޮތްތައްވެސް ހުއްޓެވެ. ފުވައްމުލައް ސިޓީ ކައުންސިލާއި އެމްޑީޕީގެ މެޖޯރިޓީ އޮތް އެހެން ކައުންސިލްތަކުންވެސް ރައްޔިތުންނަށް ދަތިތަކާއެކު ނަމަވެސް ޚިދުމަތްތަކެއް ފޯރުކޮށްދިނެވެ. އެކަން މާލެ ސިޓީ ކައުންސިލަށް ނުކުރެވުނީ ކީއްވެތޯއެވެ؟ އެ ހުރަސްތައް ގިރާކުރުމުގެ ޤާބިލުކަން ކައުންސިލްގައި ނެތީ ކީއްވެތޯއެވެ؟ މިއީ ވޯޓު ހޯދަން އެބޭފުޅުން އެ ހިންގަވާ ހިންގެވުމުގައި ކުރިމަތިވާނެކަން ޔަޤީން ސުވާލުތަކެވެ. އެސުވާލުތަކަށް އެބޭފުޅުން އެ ދެއްވާ ޖަވާބެއް ދެއްވަނީ ކޮން ހިތްވަރެއް ނެރެގެންބާވައޭ ހިތަށް ނާރާތޯއެވެ؟

ކުރެވެން ހުރި ކަންކަމުގައިވެސް މިދިޔަ އަހަރުވެސް ފެނުނީ ކައުންސިލަރުން އެއް ގަލަކަށް ނޭރިގެން އުޅުނުތަނެވެ. މޭޔަރާއި ޑެޕިއުޓީ މޭޔަރާއި ދެން ތިއްބެވި ކައުންސިލަރުންނަށް އެއް ގަލަކަށް ނޭރިގެން އެ މައްސަލައިގެ ތެރެއަށް މަޖިލީހުންނާއި ޕާޓީން އަންނަ ހިސާބަށް ދިޔުމުން މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ ޤާބިލުކަމާމެދު ސުވާލު އުފެދެއެވެ. ރައީސް ސާލިޙުގެ ވެރިކަމަށް އަހަރެއް ވެގެންދިޔަ އިރު، މިއީ އެމްޑީޕީގެ ވެރިކަމެއްކަން އެމްޑީޕީގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލަށް ދެއްކިފައެއް ނުވެއެވެ. އެ ޙަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ.

ޕާޓީގެ ސިޔާސަތު ކޮންމެ ގޮތަކަށް އޮތަސް، ރައްޔިތުންނަށް ބޭނުންވަނީ ޚިދުމަތެވެ. ތޮއްޖެހިފައިވާ މާލޭ ރައްޔިތުން ބޭނުންވަނީ ސަރުކާރާއި ގުޅިގެން މަސައްކަތްކުރެވޭނެ ކައުންސިލެކެވެ. ލާމަރުކަޒީ ޤާނޫނުން ލިބުނު އިތުރު ބާރުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރެވޭނެ ކައުންސިލެކެވެ. އެ ކައުންސިލަކީ މިހާރު އޮތް ކައުންސިލުކަމަށް ޤަބޫލެއް ނުކުރެވެއެވެ. މޭޔަރުކަމަށް އަންނަ ބޭފުޅަކީ މިހާރުވެސް ކައުންސިލްގައި ހުންނެވި ބޭފުޅަކަށް ވެއްޖެނަމަ، މާލޭގެ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހެދިދާނެތޯ ރައްޔިތުން ވިސްނަން ޖެހެއެވެ. ޚާއްޞަކޮށް މާލޭގެ މޭޔަރުކަމަށް އެ ޕާޓީއެއްގެ ބޭފުޅަކު އައުން ގާތް އެމްޑީޕީގެ މެންބަރުން ކުރިއަށް އޮތް އެޕާޓީގެ ޕްރައިމަރީގައި މިކަމަށް ވިސްނަން ޖެހެއެވެ. މިހާރު ކައުންސިލްގައި ތިއްބެވި ބޭފުޅުންނާއި، ކުރިން ކައުންސިލުގައި ތިއްބެވި ބޭފުޅުން މިފަހަރު މޭޔަރުކަމަށް ކުރިމަތިލައްވާއިރު، އެބޭފުޅުންގެ ޓްރެކް ރެކޯޑާމެދު ވިސްނަން ޖެހެއެވެ. ރައްޔިތުން ސަމާލު ނުވެއްޖެނަމަ ދެންވެސް މާލޭގެ ރައްޔިތުންގެ މައްސަލަތަކަށް ޙައްލެއް އަންނާނެތޯއެވެ؟

މަސައްކަތް ކުރަނީ ކެމްޕޭނާއި ދިމާކޮށް ނޫންކަމަށް ބުންޏަސް، ރައްޔިތުން އެކަން ޤަބޫލުކުރާނެ ކަމާމެދު ޝައްކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

05 ޖޫން 2017

ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

05 ޖޫން 2017
 ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!
31 މެއި 2017

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
13 އެޕްރީލު 2017

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް